އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
06 މާޗް 2019 - 12:06
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ދަތުރުތައް ރައީސް ރޭ ވަނީ ފައްޓަވައިފަ އެވެ. ގުރައިދޫ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދިލް ސަލީމްގެ ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ރޭ ބައިވެރިވެވަޑައިގަތެވެ.
މި ހަފުތާ ބަންދުގައި ކެމްޕޭނަށް އައްޑު އަށް ވަޑައިގަތުމަށް ވެސް ތާވަލްކޮށްފައިވެ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ދަތުރުތައް ރައީސް ކުރައްވަނީ ދައުލަތުގެ ޚަރަދުގައިތޯ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ޚަރަދުގައި ކެމްޕޭން ކުރެއްވުން ގޯސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކޯލިޝަނުން ގަބޫލުކޮށް ފާޑުކިއުން އަމާޒުކުރި އެވެ.
On my way to Male Atoll Guraidhoo with President @ibusolih to join the rally of MDP Candidate @MadhilSaleem #Agenda19#Majlis19Thilafathah pic.twitter.com/aW36MIe0QP
— Abdulla Shahid 🎈 (@abdulla_shahid) March 5, 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަބްދުﷲ ޝާހިދު ރޭ ގުރައިދު އަށް ވަޑައިގަންނަވަނީ. --ފޮޓޯ/ޓުވިޓާ
ހޫދު ވިދާޅުވި ގޮތުގައި ކެމްޕޭން ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރިއަށް ގެންދާނީ އިންތިޒާމްކުރާ ފަރާތުންނެވެ. ގުރައިދު އަށް ރައީސް ރޭ ވަޑައިގަތް ދަތުރުފުޅުގައި، ރައީސާއި އެމަނިކުފާނާ އެކު ވަޑައިގަތް ސަރުކާރުގެ އިސް ބޭފުޅުންގެ ހުރިހާ ކަމެއް ހަމަޖެއްސީ ވެސް އެމްޑީޕީން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައީސްގެ ކެމްޕޭން ދަތުރުތަކަށް ދައުލަތުން ޚަރަދެއް ނުކުރާނެ،" ހޫދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕޭން ޖަލްސާއަކަށް ރައީސް ވަޑައިގަންނަވާ ނަމަ، ހުރިހާ ޚަރަދެއް ކުރިއަށް ގެންދާނީ އެ ޕާޓީން ކަމަށް އެމްޑީޕީން ވެސް ވަނީ ބުނެފަ އެވެ. މަޖިލީސް އިންތިޚާބުގެ ކެމްޕޭންގައި ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކަކަށް އެމްޑީޕީން ވާދަކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
09 March 2019
މުހިންމީ ޚަރަދެއްވެސް ނޫން. މުހިންމީ އަޚްލާޤް އަދި ތެދުވެރިކަން. ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ "އަތޮޅާއި ރަށުގެ ބާރުވެރިކަން ރައްޔިތުންނަށް" ކަމަށް ވިދާޅުވެފައި ފަހަތުން މިބޯއި އާއި އެބޯއި ގެ ކެމްޕޭނުގައި ސީދާގޮތުން ބައިވެރިވެ ވަކި ބަޔަކަށް ކެންޕޭން ކޮއްދިނުން ދޭހަކޮއްދެނީ "އަޚްލާޤް" އެކަންޏެއް ނޫން "މިނިވަންކަން" ވެސް... މާތް ﷲ މިޤައުމު ސަލާމަތް ކުރައްވާށި. އާމީން.
ގޯނިބެ ކުޑައަލީ
06 March 2019
މީ ރައްޔިތުންގެ ހާދިމުންނަކީ، އެމޮޑީޕީ ކުރިއަށް އިބޫ ކުރިއަށް!!!!
ޢަފްލާ
06 March 2019
ޢިބޫ ވެރިކަމައް އެރިފަހުން ގޮތްނޭނގޭ 100 މަރު ވީނުވީއެއްނޭނގޭ 11 މަރު އަޅެ މިއިބޫއައް ދިލާވަޅެއް ލިބުނީ ނޫންތ
ތެދުވެރިޔާ
06 March 2019
އިންޑިޔާ ސިފައިން ބާލާ. މީއަހަރުމެންގެވެސް ޤައުމު. ބޭރުގެ ސިފައިންނަކަ މިތާކު ނުތިބެވޭނެ.
ބަލާބަލަ
06 March 2019
ޕާޓީ ގެ ކަންކަމުގައި މަނިކުފާނު ހޭދަކުރާ ވަގުތޯ. ތިޔައީ ދިވެހިރާއްޖޭރައީސް އިގޭތޯ. މިގައުމުގައި ބައިވަރު މައްސަލަ އެކަންކަމަށް އެޓެންޑު ވުމަށް ހޮވާފަތިހުރީ. ޢައްނިކަފުގައި އުޅޭކަށް ނޫން އިގޭތޯ.
ބީނޫ
06 March 2019
އަނގައިން ތިހެން ބުނުންފިޔަވާ އިތުރު ގަރީނާއެއް ނެތް...ކަލޭމެންނަކީ ހުސް މަކަރު ހަދައިގެން ރައްޔިތުން ވާވައްދައިގެން އުޅޭބައެއް.
މުޙައްމަދު އިބްރާހީމް
06 March 2019
އެމް.ޑީ.ޕީ އިން ބުނެފިނަމަ ހުރިހާ ޙަރަދެއްކުރާނީ ދައުލަތުގެ ބަޖެޓުން ޝައްކެއްވެސް ނެތް، ޢަދުލުއިންސާފު ޤާއިމް ކުރާ އެންމެ މަތީ ބާރަކީ ކެނެރީގެ. މީހުން ހީކުރަނީ ސްޕްރީމް ކޯޓް ކަމަށް.
ހަސަން ނުވަވަނަ
06 March 2019
ވަރަށް ވާހަކަ ރީތިވާނެ މިމީހުންގެ
ނުވިސްނޭމީހާ
06 March 2019
ސެކިއުރިޓީ އަށް ކުރައްވާ ޙަރަދޯ
ދޭބަލަ
06 March 2019
ރައީސް ކުރައްވާ ކެމްޕޭން ދަތުރުތަކަށް ދައުލަތުން ހަރަދެއް ނުކުރާނެ ނޫންތޭ އަމިއްލަ ކުންފުންނަކަށް 5 މިލިއަން ރުފިޔާ ދޭން ޖެހޭ ތަނަކަށް 70 މިލިއަން ރުފިޔާއޭ ދިނީ ޖޫރީމަނާ އޭ ބުނުމަށް ފަހު އެކަމަކު ސަރުކާރުގެ މާލިއްޔަތާއި ބެހޭ ގާނޫނަކު ނޯންނާނެ ސަރުކާރަށް ކުރާ ބިލް ތަކުން ސަރުކާރު ޖޫރީ މަނާ ކުރެވޭނެ ކަމަށް އެއީ ވެސް ސީދާ ފައިސާ ގަނޑެއް ކެމްޕެއިނަށް ބަނޑުފުޅު އަޅާލަން ވެގެން ކުރި ވައްކަމެއްގެ ގޮތުގައޭ މަމެން ބަލާނީ ތަމެން މަހަށް ދޭބަލަ ދެން...
ގޮތްކުޑޭ
06 March 2019
ކޯލިޝަނެކޭ ކިޔައިން ވެރިކަމަށް އައީ. މިހާރު ހަމައެކަނި އެންޑީޕީއަށް ކެމްޕޭނު ކޮށްދޭން ފެށީމާ މެޖޯރިޓީ ލިބިއްޖެ ނަމަ ކަންތައް ދާނީ ގޯހުން ގޯހަށްކަން އެބަ އެނގޭ. ވެރިކަމުގެ ހިތާބު ދިން ދުވަހު ޔާގު ވެސް ބުނި ނަށީދުވެސް މީނާވެސް ބުނި މީ އެންމެންގެ ރައީސޭ!!!