އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ވިދާޅުވި. --ފޮޓޯ/ސޯޝަލް މީޑިއާ
06 މާޗް 2019 - 22:39
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅިގެން ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެމްޑީޕީ އަކީ ކެމްޕޭން ކުރަން ދަންނަ އަދި އިންތިޚާބުތައް ކާމިޔާބު ކުރަން ވެސް އެނގޭ ޕާޓީއެއް ކަމަށެވެ. މަޖިލިސް އިންތިޚާބުގެ 86 ދާއިރާ އަށް 'އެޖެންޑާ 19' ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕޭން ތަރުތީބުވެ އިންތިޒާމުވެ ކުރިއަށް ދާނެ ގޮތް އެމަނިކުފާނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެ ކެމްޕޭންގައި އަމަލީ ގޮތުން ފުރިހަމަ އަށް ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލް މީޑިއާ
އިންތިހާބެއް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއް އިންތިޚާބާއި އަނެއް އިންތިޚާބު ވެސް ތަފާތުވާނެ ކަމަށެވެ. އެމްޑީޕީން ނުކުތީ، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރަން ޖެހޭ މަސައްކަތް ތަފާތު ކަން އެނގި ތިބެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ކާމިޔާބު ކުރަން ކުރަންވީ ކަންތައްތައް. އެހެން ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން މި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ދެ އިންތިޚާބުގައި ވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އަދި އޮތީ ނެގޭ ގޮތް ނުވެފައި،" އަމީނިއްޔާ ސްކޫލްގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"އެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން މި ނުކުންނަނީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ތައްޔާރުވެގެން."
އެކަމަށް ކުރަން ޖެހޭ އެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި، އެއް ޓީމެއްގެ ގޮތުގައި، އެއް އަމާޒަކަށް މަސައްކަތް ކުރުމެވެ.
ކޯލިޝަނަކުން އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާ އެކުގައި ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ވައުދުތައް ފުއްދަން ޖެހޭ ކަމަށެވެ. އެ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރު މުހިއްމު ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ މި ވައުދުތައް ގަބޫލުކުރާ، ތާއީދުކުރާ މެމްބަރުން،" ރައީސް ވިދާޅުވި އެވެ.
އެއާ އެކު، ރައްޔިތުންގެ މަޖިލިހުގެ ބާރުތަކުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.
އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
އެމަަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހަކީ ސަރުކާރު ހުއްޓުމަކަށް ވެސް ގެނެވިދާނެ ބާރެކެވެ. އެގޮތަށް ސަރުކާރު ހުއްޓުވައިފި ނަމަ، ވައުދުތައް ފުއްދޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މިސާލެއް ދައްކަވަމުން ވިދާޅުވީ ކުރީގެ ސަރުކާރުން ފްލެޓް ދިން ގޮތް ބަލައި މި ސަރުކާރަށް ހައްލު ހޯދިދާނެ ކަމަށެވެ. އެކަމަކު އޭގެ އެންމެ މުހިއްމު ކަމަކީ، އެފަދަ ކަންކަން ހިންގި މީހުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް މަޖިލީސް ތެރެއިން ހޯދުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިހުމާލުވީ މީހުން ޖަވާބުދާރީ ކުރެވޭނެ ގާނޫނެއް ފާސްކުރަން ވިއަސް އެކަމަށް ތާއީދު ކުރާނެ މެމްބަރުންތަކެއް މަޖިލީހުގައި ތިއްބަވަން ޖެހެ އެވެ. ވަޒީފާ އިން ވަކިކޮށްފައިވާ 500 މީހުންގެ މައްސަލަތައް ބަލައި ވަޒީފާ ދެވުނަސް މުހިއްމީ ނުހައްގުން އެ މީހުން ވަކިކުރި މީހުންނާ މެދު ފިޔަވަޅު އެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެމްޑީޕީގެ މެމްބަރުންނަކީ ހޮވިއްޖެ ނަމަ މި ކަންކަމަށް މަޖިލިހުގައި ތާއީދުކުރާނެ މެމްބަރުން ކަން އަޅުގަނޑަށް ވަރަށް ސާފު،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅު ނިންމަވައިލައްވަމުން މިރޭ ވިދާޅުވީ، "އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރެއް" ކަމަށާއި "އަޅުގަނޑަކީ ތިޔަބޭފުޅުންގެ ކެމްޕެއިން ގައި ބައިވެރިވެ ހުރި މީހެއް" ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަން
07 March 2019
ރިޔާސީ އިންތިޚާބުގައި ވޯޓް ނެގުމުގެ ކުރިން 70 ހާސް ވޯޓް ވަނީ ކަށަވަރުވެފައިވާ ކަމަށް މާރިޔާ އިއުލާންކުރި. ރައްޔިތުންގެ ސިއްރު ވޯޓެއްގެ އަދަދެއް ކުރީ ބައިގައި ހޯދި ގޮތެއް އޮންނަންވާނެ. އެކަމު މިހާރު ވެރިކަމަށް އެރި މީހުންގެ އެއްވެސް ނުކިއްސަރު ކަމެއް ބަލާނެ ބައެއްނުވާނެ.
މުހައްމަދު އިޔާޒު ރަޝީދު
07 March 2019
ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު ކުރިއަށް ހިގާނެކަންތަށް އެގެންފަށަނީބާ... ތިޔަމަގާމަކީ އަޅުގަނޑުމެން ރައްޔަތުން ވަރަށް އިހްތިރާމު ކުރާ މަގާމެއް މަގާމަށް ވަޑައިގަންނަވާ ބޭފުޅުން މަގާމުގެ ހުރުމަތަށް އަހައްމިއްޔަތުކަން ދެއްވުމަކީ ވަރަށް ވެސް ބޭނުންތެރިކަމެއް...
މުހަންމަދު ކަލޯ
07 March 2019
މިހާރުވެސް ކޮމިޝަންތަކުގެ ބިލްތައް ފާސް ނުކުރެވިގެން އުޅެނީ ބަޔަކު ބޭނުން ނުވާތީ ކަމަސް ވަނީ. ސުވާލަކީ އެއީ ކޮންބައެއް ކީއްވެބާއޭ؟
ނިކަމެތި
07 March 2019
އެމްޑީޕީ އަށް ވީތީ ރުހުމުގެ ލޮލަށް އައިބު ނުފެންނަ އުސޫލު އަހަރުމެން ވެއްޖެ ދޫކޮށްލަން. ޕާޓީއިން ކޮންމެ ދާއިރާއަކަށްވެސް ކުރިމަތިލީ އެންމެ ލާރިއޮތްމީހާ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭން ޕްރައިމަރީ ކާމިޔާބުކޮށްފަ ހުރީ. އަދި ނުވިތާކަށް ޕާޓީގެ ބޮޑުންނަށްވެސް މިމީސްމީހުންގެ ޖަގަހަޔަށް ނޫނީ އިވެންޓުތަކަށް ނޫނީ ދެވޭކަމަކަށް ނުވޭ. އަދި އޭގެ އިތުރަށް މީގެތެރޭން ހޮވުނު އެތައްބައެއްގެ ހިއްސާ އޮތް ކުންފުނިތައް ހިޔާނާތުގަ ބައިވެރިވެފަ. މަވެސް މީ އެމްޑީޕީ މީހެއް. މީތި އޯކޭއެއް ނޫން.
ޢަފްލާ
07 March 2019
އިބޫގެ ވެރިކަމުގަ ގޮތް ނޭނގޭ ކިތައްމަރު 100 ދުވަސް ތެރެ މާރާ މާރީއޢި ވައްކަން އިންތިހާއައް ގިނަ ބަރަބޯ އޮތީ ވެލުގަ ނުވެސް ކަނޑާ
ވަތުބަތާނަ
07 March 2019
ޞާލިޙު އެހުއްޓޫ މަޖުބޫރު ކަމެއްގެ ތެރޭގަ!
ހަތްދިހަފަހެއް
07 March 2019
ޕަޕެޓު ރައީސް ސާބަސްފުޅު
އިބިރިހިންބެއްޔާ
07 March 2019
ކޮބާ ދިވެހި ރައްޔިތުންގެ ރައީސު؟ ރައީސު ޔާމީނު ހިންގެވި "މަގޭ ޕާޓީ މަގޭ ރައްޓެހިން" ޕޮލިސީއާއި ދިމާލަށް ދާހެން ހާދަ ހީވެޔޭ. ރައްޔިތުން ސިޔާސީ ބޭފުޅުންނަށްކުރާ އިތުބާރުގެ އެންމެ ފަހު ހުޅުކޮޅު ނިއްވާ ނުލުމަށް އަދަބުވެިކަމާއެކު ދަންނަވަން.
ވިލްސް
07 March 2019
މީއީ އަސްލު ސާލިހުގެ އަމިއްލަ ވިސްނުމެއް ނޫންހެން ހީވަނީ. ސާލިހު އެއީ ނަމެއްގައ ހުރި ބޭފުޅެއް. މިއީ ހައްތާވެސް ކެނެރީގޭ ނަޝީދުގެ ފިކުރު. ނަޝީދުގެ ކިބައިން މޑޕ ސަލާމަތްކުރަން އެބަޖެހޭ. މީނަ މިއީ މޑޕ ގެ ހަލާކު.
ބަލަ
07 March 2019
ނަމެއްގައި އަރުވަންޖެހުނީ މީހުން ނަޝީދާ ނުރުހޭވަރު ފެނިފަ. ރިބްރޭންޑްކޮށްފަ ނިކުތީ ނަޝީދުކަން ނޭގޭ މީހުން އެއޮތީ ނަޝީދު ހޮވާފަ. ދެން އަތްޖަހަންވީ އަސްލު ނަޝީދު އަރަންދެން.
ކޮބާ..ކޮބާ
07 March 2019
ރ. ސޯލިހް..ރާއްޖެތެރޭގެ ބޭސް ފަރުވާގެ ޙާލަތު ބައްލަވައި ދެއްވާ///އޭރުން މެޖޯރިޓީ ލިބިވަޑައި ގަންނަވާނެ.