ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މެމްބަރުންތަކަކާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 މާޗް 2019 - 23:18
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ޖުމްހޫރީ ޕާޓީގެ 27 ކެންޑިޑޭޓަކަށް ތާއީދު ކުރާކަން މިރޭ އިއުލާންކޮށްފި އެވެ.
ޕީޕީއެމް-ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންގެ އިތުރުން އެމްޑީއޭ އާއި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރާކަން ދެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންތަކަކަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން ތާއީދު ކުރާއިރު، ޖޭޕީގެ 43 ކެންޑިޑޭޓަކު އިންތިޚާބަށް ނުކުންނަވަ އެވެ.
އިދިކޮޅު ދެ ޕާޓީން ތާއީދު ކުރި ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންގެ ތެރޭގައި މަޖިލިހުގެ ރައީސް، މާމިގލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވާ، ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި ކުރީގެ ޔޫތު މިނިސްޓަރު އަދި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިރުތިޝާމް އާދަމާއި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަޖިލިހުގައި މިހާރު ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
- ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު ހުސެއިން ޝަހުދީ
- ކަނޑިތީމު ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު މުހައްމަދު ހުސެއިން
- އުނގޫފާރު ދާއިރާ އަށް ވާދަކުރައްވާ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
- މަތިވެރި ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު ހުސެއިން މުހައްމަދު
- ކެޔޮދޫ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު މޫސާ ނިޒާރު
- ބިލެއްދޫ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު އަހުމަދު މުބީން
- ފުވައްމުލަކު އުތުރު ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު އަލީ ޝާހް
- ކެންދޫ ދާއިރާގެ ވާދަކުރައްވާ މިހާރުގެ މެމްބަރު އަލީ ހުސެއިން
- ވިލުފުށީ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު ރިޔާޒް ރަޝީދު
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލިސްޓު އާންމު ކުރި ގޮތާ މެދު ބައެއް މީހުންގެ ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށެވެ. އެކަމަކު، މިވަގުތަކީ އެހެން ހުރިހާ ކަމަކަށްވުރެ، ބޮޑަށް ގައުމު އިސްކުރަން ޖެހޭ ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެން އެކީގައި މަސައްކަތްކޮށްގެން ނޫނީ ގައުމު ސަލާމަތް ނުކުރެވޭ ހިސާބަށް ގައުމުގެ ކަންތައްތައް މި ވަގުތު ވަނީ ގޮސްފައި. އެހެންވެ ގައުމު ސަލާމަތް ކުރުމަށްޓަކައި ޔާމީނަށް ތާއީދު ކުރާ ވަރަށް ގިނަ ބަޔަކު މަޖިލިހުގެ މެޖޯރިޓީ ހޯދަން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
- ނޮޅިވަރަމް ދާއިރާ އަށް އިސްމާއިލް ނަސީރު
- ވައިކަރަދޫ ދާއިރާ އަށް އަބްދުﷲ ޝަރީފް
- ކުޅުދުއްފުށި އުތުރު ދާއިރާ އަށް އިސްމާއިލް ނަސީރު
- އިސްދޫ ދާއިރާ އަށް އަލީ ހަމީދު
- ގަމު ދާއިރާ އަށް އާދަމް އާސިފް
- ތިނަދޫ އުތުރު ދާއިރާ އަށް އަބްދުﷲ އިބްރާހިމް
- ގެމަނަފުށީ ދާއިރާ އަށް އަލީ އާދިލް
- ހިތަދޫ މެދު ދާއިރާ އަށް ހުސެއިން ސޯލިހް
- އައްޑޫ މީދޫ ދާއިރާ އަށް މުހައްމަދު ފަރުހާދު
- ހެންވޭރު އުތުރު ދާއިރާ އަށް އަލްހާން ފަހުމީ
- މައްޗަންގޮޅި ދެކުނު ދާއިރާ އަށް އިބްރާހިމް މަމްނޫން
- ހެންވޭރު ހުޅަނގު ދާއިރާ އަށް އައިޝަތު ނާޒިމާ
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ލިސްޓަށް ޔާމީނަށް ތާއީދު ކުރާ އެންމެން ތަބާވާން ޖެހެ އެވެ. އަދި ހިތްހަމަޖެހޭ ގޮތަކަށް ކަމެއް ނިމިފައި އޮތްނަމަ، ގައުމަށްޓަކައި އެ ހިތްހަމަނުޖެހުން ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސްގައި ތިއްބެވި މެމްބަރުންގެ ކިބައިން އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.
އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ލިސްޓަކީ ގާސިމާއި ޔާމީނާ ދެމެދު މަޝްވަރާކޮށްގެން ނެރުނު ލިސްޓެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ވެސް މި ލިސްޓް ނެރޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަލާހް ވިދާޅުވި އެވެ.
ޕީޕީއެމް/ކޮންގްރެސް ޕާޓީން ވަނީ މީދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި ކެނދިކުޅުދޫ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީއޭގެ މިހާރުގެ މެމްބަރު އަހުމަދު އާމިރަށަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.
ޕީޕީއެމް އާއި ޖޭޕީން ގުޅިގެން ވާދަކުރާނެ ކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާން ކުރި ނަމަވެސް ޖޭޕީން އަދި އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާބެއްޔާ
09 March 2019
ސަރުކާރު ވައްޓާލެވޭނީ ގާސިމްގެ އަތެއްނެތި ނުވާނެ ކަން އެގޭތީ! ގާސިމްގެ ބޮލަށް ޗިޕްޖެހޭތޯ އެއުޅެނީ!
ހަސަނުމް
09 March 2019
ތި ގޮޑިކޮޅުވެސް ގެއްލުނީ ކަންނޭގެ. އާންމު މެމްބަރުން މި ޖެހެނީ ގުބޯ ހެދިފަ ވަކި ބައެއްގެ މަންފާ އަށް އެއަށް ލާށެ ބުނީމަ އެއަށްލާން މިއަށް ލާށޭ ބުނީމަ މިއަށް ލާން. އެގޮތް އެންމެ ރަގަޅެއްނޫން. ކޮންމެ ވޯޓަކީވެސް އެމީހެއްގެ އަމިއްލަ އިޚްތިޔާރުގަ ލެވޭ ވޯޓެއް.
ތިލަދުން މަތިމަސް
08 March 2019
އަސްލު މަންޒަރު މިފެންނަނީ. ނަމުގައި ޖުމްހޫރީ ޕާޓީ، ކަމުގައި ޔާމީންގެ މެމްބަރުން. އެމްޑީޕީން ހުރިހާދާއިރާއަކަށް ވާދަކުރަން ނިންމީވެސް މިކުޅިގަނޑު ކުޅޭނެކަން އެގޭތީ. ޔާމީންގެ އައުވާނުން ގާސިމްގެހިޔަނީގައި ކޯލިޝަން ތެރެއަށްވަދެ ހިންގަންރާވާފައިވާ ޖަރީމާތައް އެމްޑީޕީއަށް ވިސްނޭ. ޕީޕީއެމުން ތަކުރާރުކޮށް ބުނަމުންދަނީ ވައްކަން ކުރީ ޔާމީން އެކަންޏެއް ނޫނޭ. ޔާމީން ކައިރީގަތިބި މީހުންވެސް ބައިވެރިވޭ. މިހުރިހާމީހުނަށްމިފަހަރު ރައްޔިތުން ނޫނެކޭ ބުނަންޖެހޭ.
އާޒިމާ
08 March 2019
ރައްޔިތުންގެ ތާއީދުނެތް ބަޔަކު މަރަށް ތެޅެނީ ގައުމޭ ގައުމޭ ވަހުދަތޭ ދީނޭ ކިޔައިގެން ބަލަ ދިވެހިން ހޭއަރައިފިކަން އަދިވެސް ނޭންގޭތަ؟ ލަޑަޔާ ވާނީ ލަޑާ
ސަލީމް
08 March 2019
ޥަރަށް މަތިވެރި ނިންމުމެއް. މަޖިލިސް އޮންނަންވާނީ ބެލެންސްކޮށް.
ގުރައިސީ
08 March 2019
ޕޜޓީގެ ނިންމުމަށް މަށަށް ތައީދެއް ނުކުރެވޭނެ ޖޭޕީއަށް މަތައީދެއް ނުދެވޭނެ
މަންޑޭލާ
08 March 2019
ނަޝީދުގެ ކަމަކީ ދިވެހިން ނިކަމެތި ކުރުން.
ޝޮކްތެރަޕީ
08 March 2019
އެމްޑީޕީގެ މަގްސަދަކީ އެހެން ކަމެ. މި ޤައުމުގެ ހަމަޖެހުމާ މިނިވަންކަމަ. އެމްޑީޕީއަ ވޯޓްނުދީ.
ކާމިޔާބީ އަށް އެދެން
08 March 2019
ހަމަ ބަރާބަރު! 3 ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ވެރިކަމަށް އާދެވުނުހައިރުން މަޖުލިސް އިންތިޚާބުގައި އަމިއްލަ އަމިއްލައަށް ގޮތް ނިންމާ ނުވިތާކަށް ކޯލިޝަންގައި ތިބި އެހެންޕާޓީތަކާ ދިމާކޮށް ހަދަންފެށުމުން ޖޭޕީ ތިޔަ ހެދިގޮތް ވަރަށް ރަގަޅު! އިރާދަކުރެއްވިއްޔާ ޕްރޯ އިންޑިޔާ ޕާޓީ ބަލިވާނެ!
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
08 March 2019
މިފަޅާއެރީ ކުރީގެރައީސް ޔާމީން އެފުލުފުލުގައި 3ފަހަރު އެޑުމިޓުމިވީ ސަބަބުބާ؟ މިއޮތީ ރޭވުމެއްގެދަށުން ޑީލުހަދާފަބާ؟ އަދުރޭ މައިތިރިނުވެވިގެން އެއުޅެނީ ހަމަމިކަމާހުރެބާ؟ މިމީސްމީހުން ބަލިވީމަ ކަރެކްޝަނުން ކުއްލިފަރުވާދޭލެއް ހާދައަވަހެވެ! ނިކަމެތިން ވާނެގޮތެއްވާން ތިބެނެޖެހެނީ ޖަލުގައެވެ. މިއީ ކިހިނެތްހިނގާކަމެއްބާ؟