މަރަދޫގައި އެމްޑީޕީން މިރޭ "އެޖެންޑާ 19" ގެ ނަމުގައި ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.
08 މާޗް 2019 - 23:52
އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިހަށް އައްޑޫގެ ދާއިރާތައް ތަމްސީލު ކުރަން އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އިދިކޮޅު ޕީޕީއެމްގެ އައްޑޫގެ ހުރިހާ ސަޕޯޓަރުން ވެސް ވޯޓު ދިނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީން ސ. މަރަދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އައްޑޫގެ ހަތް ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ އައްޑޫ ސަޕޯޓަރުން ވެސް ވޯޓު ދޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ނަޝީދު ވިދާޅުވި ގޮތުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުންނަށް އައްޑޫ މީހުން ވޯޓު ދޭން ޖެހޭ ސަބަބެއް ވެސް ނެތެވެ. އެގޮތުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިިރު، ތަރައްގީ އާއި ކުރިއެރުން ގެނެސް ދިނުމުގެ ވިސްނުމުގައި އައްޑޫގައި ހިންގާފައިވާ އެއްވެސް މަޝްރޫއެއް ފެންނަން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
Raeesuljumhooriyyaa @ibusolih aai
— MDP Secretariat (@MDPSecretariat) March 8, 2019
Raees @MohamedNasheed baiverive vadaigannavaa #AdduCity #Agenda19 Jalsa Maradhoo gai kuriah dhanee#Majlis19Thilafathah pic.twitter.com/CQbDZJ4Ijn
"އެހެންވީމާ ވަކިން ހާއްސަކޮށް އެމްޑީޕީގެ މި ހަތް ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އިހުލާސްތެރިކަމާ އެދެން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އައްޑޫ ރައްޔިތުން ގާތުގައި އަހާލަން ބޭނުން ވިސްނަވާށޭ މިދިޔަ ފަސް އަހަރު ހަގީގަތުގައި މި ސިޓީ އަށް ރައީސް ޔާމީން ކޮށްދެއްވި [ކަމަކީ ކޮބައިތޯ؟]. އަޅުގަނޑަށް ވެސް އެބަ ފެނޭ ފޭދޫގައި ބިން ހިއްކާފައި އޮތް ތަން. އެހެން ނަމަވެސް މި ސިޓީ ތަރައްގީކޮށް ކުރިއެރުވުމުގެ ވިސްނުމާ އެކު ހިންގާފައިވާ އެއްވެސް ކަމެއް ފެންނާކަށް ނެތް."
Hithadhoo Dhekunu Dhaairaage Candidate Ibrahim Nazil
— MDP Secretariat (@MDPSecretariat) March 8, 2019
Raeesuljumhooriyyaa @ibusolih aai
Raees @MohamedNasheed baiverive vadaigannavaa #AdduCity #Agenda19 Jalsa Maradhoo ga#Majlis19Thilafathah pic.twitter.com/sDPW1C1L6b
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ވައުދުތައް ވެ، އެ ވައުދުތައް ފުއްދާ ޕާޓީ އެކެވެ. އެހެންވެ، މި އާންމު އިންތިޚާބުގައި ވޯޓު ދިނުން ހައްގީ ތަރައްގީގެ ތަސައްވުރުގައި މަސައްކަތް ކުރާ ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Hithadhoo Medhu Dhaairaage Candidate Ahmed Rasheed
— MDP Secretariat (@MDPSecretariat) March 8, 2019
Raeesuljumhooriyyaa @ibusolih aai
Raees @MohamedNasheed baiverive vadaigannavaa #AdduCity #Agenda19 Jalsa Maradhoo ga#Majlis19Thilafathah pic.twitter.com/9CCqApb8c1
"މި ޕާޓީތަކުގެ ވައުދުތަކަކީ ރަނުން ރަނަށް އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދާނެ ވައުދުތަކެއް. އެއީ ހިސާބު ޖަހާފައި އަންދާޒާ ކޮށްފައި ވެފައިވާ ވައުދުތަކެއް،" ނަޝީދު ވިދާޅުވި އެވެ.
"އެ ވައުދުތައް ފުއްދުމަށްޓަކައި މަޖިލިސް ނަވާރަ ވެގެން ދާނީ އެންމެ މުހިއްމު ވަސީލަތަށް."
މި އިންތިޚާބުގައި އައްޑޫގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ މިހާރު ވެސް ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވާ މުހައްމަދު އަސްލަމާއި މަރަދޫފޭދޫ ދާއިރާ މިހާރު ވެސް ތަމްސީލު ކުރައްވާ ރޮޒައިނާ އާދަމާއި ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ އަދި ކުރިން ވެސް އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިލްޔާސް ލަބީބާއި މަރަދޫ ދާއިރާ މިހާރު ވެސް ތަމްސީލު ކުރައްވާ އިބްރާހީމް ޝަރީފް (މަވޯޓާ) އާއި ހިތަދޫ ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އިބްރާމް ނާޒިލް އާއި ހިތަދޫ މެދު ދާއިރާ އަށް ނުކުންނަވާ އަހުމަދު ރަޝީދު (ޗެކްމާކް އަަހުމަދު) އަދި ފޭދޫ ދާއިރާ އަށް ވާދަކުރައްވާ މުހައްމަދު ނިހާދެވެ.
މި ކެންޑިޑޭޓުން ވެސް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓް ޔެލޯ
11 March 2019
ތި ކޮމެންޓުތަކުން ނެތޭ ބުނެދެވިފަ ރ ޔާމީނަށް 5 އަހަރުތެރޭ ކޮށްދެވުނު އެއް ކަމެއްގެ ވާހަކަވެސް .. މާމޮޅުކަމަކަށް ކޮންވެންޝަން ސެންޓަރު ފުނޑު ކޮށްފަ އެތާހަދާ ހޮސްޕިޓަލެއް ވާހަކަ .. އިހްލާސް ތެރިކަން އޮތްނަމަ ބޮޑުއައްޑޫގަ ހޮސްޕިޓަލަށް ހާއްސައިމާރާތެއް އަޅާ އެކަން ކުރާނީ .. ރ ސަޝީދގެ 3 އަހަރުން ރަގަޅުފެންވަރަށް ގިނަމަގުތަަކާ ނަދަމާ އަދި ސާފުބޯފެން ގެއަށް ލިބޭނެގޮތް ހެއްދެވި .. މާމަކާފަގެ ޖީބު ބަލާލުމުން އެކަނިވެސްފުދެ .. ރ ނަޝީދަކީ ގައުމުގެ އަޑު ..
ކަބަށި
10 March 2019
ގައުމުގެ ބައިތުލްމާލުން ވައްކަންކުރިމީހުން ސަލާމަތްކޮށް އެމީހުންގެ އަތުން އެފައިސާތައް ހޯދުމަށް ކުރެވޭ ޝަރީއަތްތައް ހުއްޓުވާ އިތުރަށް ވައްކަންކުރުމަށް އެފުރުސަތު ދޭން ބޭނުންވާ ރައްޔިތުން މިގައުމުގަ ވަރަށް މަދުވާނެ ނަމަވެސް އެގޮތް އޯކޭ މީހުންވެސް އުޅޭ
އާއިޝަ
10 March 2019
އެމްޑީޕީ ގެ ގެ އައްޑޫ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް، ޕީ އެން ސީ އާއި ޖޭޕީ އަށް ވޯޓް ދެއްވާ އެއިރުން މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ
ހަބީބު
10 March 2019
ތަރައްގީ އާއި ކުރިއެރުން ގެނެސް ދިނުމުގެ ވިސްނުމުގައި އައްޑޫގައި ހިންގާފައިވާ އެއްވެސް މަޝްރޫއެއް ފެންނަން ނެތޭ ވިދާޅުވާއިރު އައްޑޫ ކޮންވެންޝަން ސެންޓަރު، 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވީ ކާކުތޯ؟
ދިހި
11 March 2019
ކޮންވެންޝަން ސެންޓަރު އެއީ ޔާމީނު ކޮންތާކުން ވައްޓާލި އެއްޗެއްތަ .. އެތަން ނެތްނަމަ އޭނަ ތިހޮސްޕިޓަލް ނުހެދީސް .. އެހެންވީމަ އެމްޑީޕީއަށް ވޯޓު ދޭންޖެހެނީ ..
ވަހީދު
10 March 2019
ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރު އެކެއްގެ އަތްމައްޗަށް ދިޔައިމަ ވީގޮތް ވަރަށް ސާފު. އަނެއް ކޮޅުން ޝަރީއަތް ކުރުމުގެ ބާރު ވެސް އަތުލަން ތިއުޅުއްވަނީ.
ވަތުބަތާނަ
10 March 2019
ނަޝީދުބުނާހާބަޔަކަށް ވޯޓްދޭންވީ މިގައުމު އިންޑިޔާއަށް ވިއްކާލައި ދެވަނަ އަށެއް ފެބުރުއަރީ ގެނެސް ގައުމު ރޯކޮށްލަންތަ؟ ޔާމީނުގެ މީހުންނަކީވެސް ވަކި ސަހަލުބައެއް ނޫން ރޯމާ ދުވާލު ގައު ތޮށިގަނޑަކަށް ހަދާލީ. މި ކަމުގައި އެމްޑިޕީގެ މަޖުލިސް މެމްބަރުންވެސް ބައިވެރިވި، ޔައުނީ އެ ފައިސާ ބޭނުންނުކުރޭތަ؟
ޅިޔަނާ
10 March 2019
މަޖިލީހަށް ކުރިމަތިލީ ދެމަފިރިންނަށް ވެސް ވޯޓު ދޭނެ ކަމެއް ނެއް. ދެމަފިރިން އެއްކޮށް މަސައްކަތްވެސް ނުކުރެވޭ ކިތަންމެ އޮފީހެއް އެބަ ހުރި
ހަގީގަތް
09 March 2019
ކޮންކަމަކާތޯ އެމްޑީޕީ ކެޑިޑޭޓުންނަށް ވޯޓުދޭންވީ އައްޑޫގައި އިންޑިއާސިފައިން ބޭތިއްބީމަތޯ ވެރިކަން ވެއްޓިގެންގޮސް އައްޑޫގައިއަލިފާންޖަހާ ސަރުކާރުގެތަންތަން އެންދީމާތޯ ދިވެހިންގެ އެއާރޕޯރޓް އިންޑިއާގެ ޖީއެމް އާރަށްދީގެން ދިވެހިންއިދަޖެއްސީމަތޯ އެވަރުނުވެގެން އަނެއްކާވެސް އިންޑިއާއަތްދަށުކުރީމާތޯ ދެންކޮންކަމަކާތޯ އެމްޑީޕީއަށް ވޯޓުދޭންވީ ސަބަބުސާފުކޮށްދީބަލަ
މީކާކު
09 March 2019
އެޖެންޑާ 19 ގަ ކޮންޓިފައި ކުރެވޭނެ އެއްވެސް ވަޢުދެއްނެތް. އައްޑޫ މީހުން އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓް ނުދޭންވީ ސަބަބަކީ އައްޑޫ އަތޮޅު ޖަޒީރާކަން ކަޑުވާލާ ސިޓީ ކިޔާތީ. ރާއްޖެ އަކު ސިޓީ އެއްނުހުންނާނެ. ހުންނާނީ ޖަޒީރާތައް އަތޮޅުތައް. ހިތައްއަރަނީ ރާއްޖޭގެ ޖަޒީރާވަންތަކަން ކަޑުވާލަން ނަޝީދު އާއި އެމްޑީޕީން މަސައްކަތްކުރަނީ ރާއްޖޭމީހުންނަކީ ނުކުޅެދޭބައެއްކަމާ ތިމައްނާބޭނުންގޮތަކަށް ރާއްޖޭމީހުން ހަދާނެކަން ފައްޅިތަކުގެ ދޮންމީހުންނައްދައްކަންތަ.
ރައްޔިތު ބެއްޔާ
09 March 2019
ރަގަޅު ވާހަކަ އެއް ! އެއީ ހަމައެއް ލަމައެއް ގޮތެއް ފޮތެއް ހިންގާނެ ބަޔަކު ޒިންމާ ނަގާނެ މީހަކު ހުރި ޕާޓީ އެއް ނޫން ! ރާއްޖޭ ގައި އޮތް ހަމަ އެކަނި އޮތް ހިޔާލީ ޕާޓީ !