ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) އާއި ނައިބު ރައީސް ފައިސަލް ނަސީމާއި (ކ) ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 މާޗް 2019 - 10:34
އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީފި ނަމަ، ވެރިކަމުގެ ނިޒާމު ގަޑުބަޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު މުސްތަފާގެ ކެމްޕެއިން ލޯންޗު ކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމްކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ ކުރިއަރައި ތަރައްގީވެގެން ދާނީ ހެޔޮ ގޮތުގައި ވެރިކަން ކުރީމަ އެވެ. އެމްޑީޕީގެ ލޯގޯ އަށް އިޝާރާތް ކުރައްވައި، "ތިލަފަތަށް" ވޯޓު ދިނުމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށާއި އެ ނޫން ގޮތަކަށް އަމަލުކުރާ ނަމަ، ވެރިކަމުގެ ނިޒާމު ގަޑުބަޑުވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ކުލަ އާއި ލޯގޯ ބައެއް ކެންޑިޑޭޓުން ނަކަލުކޮށް، އެކިއެކި ބަދަލުތައް ގެނެސްގެން ބޭނުން ކުރަމުންދާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި "ބައެއްގެ ނަގުލެއް" ސަންފާ އޮނަކަށް ލާފައި ބޭއްވިޔަސް ތެދެއް ނުވާނެ އެވެ.
އެމްޑީޕީއަކީ "ނުގުޑާ ފަދަ އަޒުމެއްގައި" ތިބި ބައެއް ކަމަށާއި އެ ޕާޓީގެ މެމްބަރުން ގުޑުވައިނުލެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެން ކެންޑިޑޭޓުންނަށް ފާޑުކިއުއްވަމުން ނަޝީދު ވިދާޅުވީ މަޖިލިހަށް ހޮވިގެން ކެންޑިޑޭޓުން ކޮށްދެވޭނެ ކަމެއް ރައްޔިތުން އަހަން ޖެހޭނެ ކަމަށެވެ. އެމްޑީޕީން ނުކުމެ ތިބީ އެޖެންޑާ 19 ފުރިހަމަކޮށް ރާއްޖެ ބަދަލުކުރަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުބުނަން މިއުޅެނީ ތިމަރަފުށީގައި ބަށި ކޯޓެއް އަޅާފައި، ފުޓްސަލް ދަނޑެއް އަޅާފައި ދެ ތަނުގައި ދެ ބޮކި ދިއްލާފައި. ނޫޅޭން މިއިން އެއްވެސް ކަމެއް ކުރާކަށް. އުންމީދު ކުރަން ތިމަރަފުއްޓާއި ވޭމަންޑޫ ރައްޔިތުންނަށް ތަންދޮރު އެނގޭނެ ކަމަށް. ނުވެސް ކުރުވާތީ އެއިން ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް އެނބުރި ރާއްޖެ ވަޑައިގެންނެވުނީ މުސްތަފާގެ ވަރަށް ބުރަ މަސައްކަތާއި ތިމަރަފުށީ ރައްޔިތުންގެ ވެސް މަސައްކަތުންނެވެ. އަދި އެމަނިކުފާނު ސަލާމަތް ކުރަން ކުރެއްވި މަސައްކަތުގެ އަގު ދުވަހަކު ވެސް ނުދެއްކެވޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖިލީސް ކުދިން
13 March 2019
މަނިކުފާނު އެ ގަޑުބަޑު ނުކުރެއްވިގެން ނޫންތޯ ތި އުޅުއްވަނީ؟! މަނިކުފާނު ނޫންތޯ ބަރުލަމާނީ ނިޒާމެއް ގެންނަވަން ފައި ވިއްދަވައިގެން ތި ހުންނެވީ؟ އަޅުގަނޑުމެން އެއޮތީ ބަސް ބުނެ، ރިޔާސީ ނިޒާމެއް ގެނެސްފައި. ބޮޑު ވަޒީރުކަން ހޯއްދަވައި، ރައީސްގެ ބާރު ކަނޑުވާލަން ނޫންތޯ ތިޔަ އުޅުއްވަނީ؟ އެހެންވީމަ ވޯޓާމެދު ވިސްނަމު އެބަ!
ގަނޑު ބަނޑު
13 March 2019
މީނަމީ ދެން ކާކު؟ މާބޮޑަށް ކަންކަން އެނގޭކަމަށް ހެދިގެން އުޅެނީ. ވެރިކަން ލިބުނީމަ އެކަން ވެސް ކުރާކަށް ނޭނގުނު މީހެއް. ޔަހޫދީންގެ އެޖެންޓެއް.
ޖަންގަލި ސަރުކާރު
13 March 2019
މިގައުމުގަ އެމްޑީޕީ މީހުން ފިޔަވާ އެހެން މީހަކު ދިރި އުޅޭނެ ކަމެއްވެސް ނެތް. އެހެން ހުރިހާ އެންމެން އަވަހަށް ރައްކާވެ ފިލާ. ކޮންމެހެން އަހަރެމެން ޕާޓީއަށް ޖެއްސުން ކުރަން ތިބޭނެކަމެއް ނެތް. މީ ހަމަ އެކަނި އެމްޑީޕީ މީޙުންގެ ގައުމެއް
ޚިޔުންތެރިން
13 March 2019
ޜައީސް ނެޝީދަކީ މޮޔަގޮވާ ކުއްޖެެއް
ާއަނެއްކާ
13 March 2019
ހެޔޮ! އިމްތިޔާޒް ފަހުމީ އަކަށް 3 ވަނަ ދައުރެއް ނުދޭނަން.
ރައްޔިތު ބެއްޔާ
12 March 2019
ސާފު މެޖޯރިޓީ ސަރުކާރަށް ލިބުމަކީ ރައްޔިތުން ނަށް ނުހަނު ގިނަ ގުނަ ފައިދާ ކުރާނެ ކަމެއް ! ސަރުކާރުގެ ވައުދު ތަށް ފުއްދުމަށް ދެވޭ އިތުރު އިނާޔަތެއް ! މާޒީން އެކަން ރައްޔިތުން ނަށް އެގެންވާނެ ! ރައީސް ޔާމީންގެ ވެރި ކަމުގައި ވެސް ނިޒާމު ގަޑުބަޑު ކޮށްލީ މަޖިލިހުން ! ހޯދުނު ގޮތަކަށް ހޯދާއިގެން ނަމަވެސް ގައުމަށް ޙިދުމަތް ކުރި ތަރަށްޤީ ކުރި ނަމަވެސް ހިގާއި ދިޔަ ނޭންގާނީ ކަން ކަމުގެ ސަބަބުން ރައްޔިތުން އިތުރު ދައުރެއް ނުދެއްވީ ! ވަރަށް ދެރަ
ވިލްސް
12 March 2019
ފާޑުފާޑުގެ އިންޒާރު ދޭނެ ކަމެއްނެތް. ގަޑުބަޑު ކުރިއްޔާ ކުރާނެމީހަކީ ތީ.
ނަޖުމާ
12 March 2019
"އަޅުގަނޑުމެން ނުބުނަން މިއުޅެނީ ތިމަރަފުށީގައި ބަށި ކޯޓެއް އަޅާފައި، ފުޓްސަލް ދަނޑެއް އަޅާފައި ދެ ތަނުގައި ދެ ބޮކި ދިއްލާފައި. ނޫޅޭން މިއިން އެއްވެސް ކަމެއް ކުރާކަށް. އުންމީދު ކުރަން ތިމަރަފުއްޓާއި ވޭމަންޑޫ ރައްޔިތުންނަށް ތަންދޮރު އެނގޭނެ ކަމަށް. ނުވެސް ކުރުވާތީ އެއިން ކަމެއް،" ތިމަރަފުށީ އާ ވޭމަންޑޫއަށް ކަމެއް ނުކޮށްދީ އައްޑުއަށް ބިލިޔަނުން ޚަރަދުކުރަން ވައުދުވުން..ކޮބާ އިންސާފު؟
ކޮބާ..ކޮބާ
12 March 2019
މިރާއްޖެ އަށް ފައިސާގަ ނުޖެހި، އަނިޔާވެރި ނުވެ، ވެރިކަން ކުރި ނަމަ... ނަމަ،،،ނަމަ ޔާމީން ވަރެއް ނެތޭ.. ވެސް ބުނެވިދާނެ ވަރަޢް ކަންތައް ކޮށްފަ އެބަހުރި..އެމްޑީޕީ އަކީ ފިކުރެއް..އަމަލީ ބައި ނެތީ... އެންމެންނަށް ވޯޓް ބެހިގެން ދާނެ ކަމަށް ފެނޭ..
އަލީ ރާޖާ
12 March 2019
ވާހަކަ އަނެއް ކޮޅަށް ތަރުޖަމާ ކުރަމާ. މަޖްލީހުގެ އަޢްލަބިއްޔަތު ލިބިއްޖެ ނަމަ، ރާއްޖޭގެ ރައްޔިތުން ވޯޓުން ކަނޑައަޅާފައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަަދަލުކޮށް، ވެރިން ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑަކަށް ހަދާލާނެ. އެއިރު ގާނޫނު އަސާސީ މިއޮތީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރަން ހަދާފަ. އެހިސާބުން އަނެއްކާ އާ ގާނުނު އަސާސީއެއް ހަދަން ޖެހޭނީ. މިއަށް ނޫންތޯ ގަނޑުބަޑު ކިޔަނީ.