އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 މާޗް 2019 - 13:50
އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު ފާހަގައެއް ނުޖެހުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި އިރު، އެ އިސްލާހުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލް ވާނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން، މީގެ ކުރިން ވޯޓު ކަރުދާސްތަކުގައި ކުރެހި ނަމަވެސް އެ ވޯޓު ކަރުދާހެއް ބާތިލެއް ނުވާނެ އެވެ.
އެކަމަކު، މިހާރު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކެންޑިޑޭޓު ނަމުގައި ރަނގަޅު ފާހަގަ ޖެހުމަށް ފަހު، އެހެން ކެންޑިޑޭޓުންގެ ދިމާލުގައި ނުބައި ފާހަގަ ނުވަތަ ރަސްގެ ޖެހިޔަސް ވޯޓު ބާތިލްވާނެ އެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ރައީސް ތަސްދީގު ކުރެއްވި އިސްލާހު ތަންފީޒު ކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާހު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓް ވަނީ ޝާއިއުކޮށްފަ އެވެ. އެހެންކަމުން، އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި، އިސްލާހަށް އަމަލުކުރުން އީސީގެ މައްޗަށް ލާޒިމް ވާނެ އެވެ.
ގިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް ގުނުމަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
އަކްރަމް ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިޚާބަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް، އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، އިސްލާހު ގެނައުމުން އާންމުން ހޭލުންތެރިކުރުވަން ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން ވަރަށް ޒަމާން ވަންދެން އިންތިޒާރު ކުރި ބަދަލެއް މިއީ. އެކަމަކު، އިސްލާހު މި އައީ އިންތިޚާބެއް ކުޑަތަންވެފައި ވަނިކޮށްވީމަ ދަތިވަނީ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް އިސީ އިން އުންމީދު ކުރާ ކަމަށެވެ.
މަޖިލިސް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތަކެއް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ހިންގަމުންނެވެ.
ސ. ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު މަޖިލިހަށް ހުށަހެޅުއްވި އިސްލާހު މީގެ ކުރިން އެތައް ފަހަރަކު މަޖިލިހުގައި ވަނީ ފެއިލްވެފަ އެވެ. ޝާހިދުގެ އިސްލާހު ފާސްކުރީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާ ވެސް އެކުގަ އެވެ.
ގާނޫނަށް އިސްލާހު ގެންނަން ނިންމި ސަބަބެއްގެ ގޮތުގައި ޝާހިދު ވިދާޅުވީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓު ދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރެހުމުން ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދދދދ
13 March 2019
ކަލޭމެން އެދޭހާ ގޮތަކަށް ކަން ކުރަން ޖެހޭތަ؟ އަހަރެން ވޯޓުލާން ޖެހޭ ދާއިރާއަށް ކަމުދާ އެކަތިވެސް ކުރިމަތިލާފައެއް ނެތް. މަ ޖަހާނީ ހުރިހާ ތަކު ނުބައި ފާހަގަ. ވޯޓު ކަރުދާސްކޮޅު ކަލޭމެނަށް ދޫކޮށްލާކަށް ނެތިން. ދެން ކަލޭމެން ކުރާނީ ކީއް. ބުނެބަލަ ނިކަން.
ނިޒާމު
14 March 2019
ރާއްޖޭގެ ވޯޓުލުމުގެ ނިޒާމު ބަދަލު ކޮށްލަންވީ ކަމުނުދާ މީހުނަށް ނުބައިފާހަގަ ޖަހާ ނިޒާމަކަށް. ދެން އެންމެ މަދުން ނުބައި ފާހަގަ ލިބުނު މީހާ ހޮވާނީ. ކެނޑިޑޭޓަކަށް ދާއިރާ އަކުން %50 އަށް ވުރެ ގިނައިން ނުބައި ފާހަގަ ލިބުނީމަ ނުހޮވޭ ގޮތަށް.
ބޮޑު ބަންޑާރަ
12 March 2019
ވޯޓަކީ މަގޭ ހައްޤައް . ކެނޑިޑޭޓަކީ މަގޭ ހައްޤެއްނޫން. ވޯޓް ބާތިލުވިޔަކަސް މަށަށް ކަމުނުދާމީހަކަށް މަގޭ ވޯޓެއް ނުދޭނަށް. ކެންޑިޑޓަކަށްވުރެ މަގޭ ޤައުމު މަށަށް ބޭނުން. ވޯޓު ނުލާމީހުނެގް ލިސްޓަކު ނުހިމެނޭނަށް. ކަމުނުދާ ބަޔަކު ތިބީވިއްޔާ އެންމެންގެ ނަމުގައި ޖަހާނީ ނުބައިފާހަގަ. ރަނގަޅު ބަޔަކު ތިބިނަމަ އެއް ނަން ޚިޔާރު ކުރާނަށް. މަގޭ ވާޖިބަކީ ޤައުމަށް އިޚްލާޞްތެރިވުން. ތެދުވެރިޔަކު މަޖިލީހަށް ދެއްކުން. ވ. ސަލާމް
ދޮންނޭ
12 March 2019
މިކަމުން އިލެކްޝަން ކޮމިޝަނަށް ވާނެ ދައްޗަކީ ކޮބައިކަން މަށަކަށް ނުވިސްނުނު. މަ ކަހަލަ މޮޔައަކަށް ވިސްނޭނެހެން ތިބުނާ ދައްޗަކީ ކޮބައިކަން ސާފުކޮށްދޭނެހާ ގާބިލުކަން އެބަ ހުރިތަ؟
ދޮގެއްތަ؟
12 March 2019
މީހުން ހޭލުންތެރިި ކުރުމުގެ ކުރިން އަމިއްލައަށް ހޭލުންތެރިވެ ވޯޓު ކަރުދާސްތަކުން ވައްކަން ނުކުރާނެކަން ދަނެގަނޭ.
ޒަބި
12 March 2019
ވޯޓު ގުނާ ބަޔަކަށްނު ޖަހާ ފާހަގައިން އުދަގުވާނީ ސައްހަ ވޯޓެއްތޯ ބާޠިލް ވޯޓެއްތޯ ނިންމުމުގަ
ސަމީރު ފަހާ
12 March 2019
ޚކެމެރާ ބަހައްޓަންވީނުން އީސީ މީ މިނިޗަންކަން ބޭނުންއެއް×ެއް ހަދާލަން ލިބޭ ވަގުތު އެއީ މިކަމައްވެސް ނުފޫޒު ބާނަންވީތޯ
ޢަހްމަދު
12 March 2019
މަޖިލީހުން ހަމަ ގާނޫނެއް ފާސްކުރާއިރަށް އެތަސްދީގު ކުރާކަށް ނުޖެހޭ. މިހަކު އޮޅިގެން ކުރިން ޖެހި ފާހަކަ ކަނޑާލައިފަ އެހެން މީހަކާ ދިމާލުގަ ފާހަ ޖެހިޔަސް ތިއޮތް ގޮތުން ކުރަހައިގެން ވޯޓް ބާތިލުވާނެ. ނުކިޔަވާ މީކަށްވެސް މިވަރު ގައިމު އިނގޭނެ. އިންތިހާބުގެ އޮފިޝަލުންނަށް ހުރިހާ ނުހުރުއްޕާނެއް ޕުރެޝަރެއް އަންނާނި. މިފަހަރު ފޮށިކައިރީގަ ނުހުންނަން. ތިކަހަލަ ކަންނަން ހުންނާތީ އޮފިޝަލަކަށް ވާން ބޭނުން ނުވަނި.
އޭބީ
12 March 2019
ވޯޓްގުނާ މޭޒުމަތީގައި ގަލަން ފަންސުރުފަދަ ތަކެތި ގެންގުޅުން ދެންވާނީ ވަރަށް ނުރައްކާތެރި ކަމަކަށެވެ. އެއްކަލަ ލިޔެވޭ އަނގޮޓި ހަނދާން އެބަހުރިހެއްޔެވެ؟ ވޯޓް ގުނާ އޮފިޝަލުންނަށް ވޯޓެއް ބާޠިލްކޮށްލުމަކީ މިހާރި މިވީ ގޮތުން ދާދިފަސޭހަކަމަކަށް ވީއެވެ.
މަރޭމިތުރު
12 March 2019
ނުބައިކޮށް ނުލާނަން މަމިދޭ ވޯޓެއް! ނުބައިފާހަގަޖަހާ ބާތިލު ނުކޮށްލާނަން! ............. އަޅުގަނޑުގެ ވޯޓު ބާތިލިވިޔަނުދޭނަން. ބޭކާރު އެއްވެސް ލިއުމެއް އަދި ނުބައިފާހަގަ ނުޖަހާނަން.
ހިންދޫމިތުރު
13 March 2019
އެއްކަލަ އިންޑިޔާ ބްރޯ ކޮންވޯޓެއްގެ ވާހަކަ މި ދައްކަނީ. މޯޑީއަށް ލާ ވޯޓުތަ؟