ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން މިދިޔަ އާދިއްތަ ދުވަހު 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ހިމެނޭ މީހުން އަތުލައިގަތުމަށް ފުލުހުން އެ ދުވަހު ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު
12 މާޗް 2019 - 15:07
ހެލްމެޓް އަޅައިގެން ތިބެ، މާލޭގައި މީހަކަށް ވަޅިން ބިރު ދައްކައި 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ބީއެޗްއެމް ޓްރޭޑާސްގެ އެ ފައިސާތައް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގޮސް ހުއްޓަކައި ފޭރިގަތީ އިންޑިއާގެ މީހެއްގެ އަތުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ބަންދުގައި މިހާރު ތިބީ 18 އަހަރުން ދަށުގެ ދެ ކުދިން އެކަނި ކަމަށެވެ. ބޮޑު ދެ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ ދެ މީހުން ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 23 އަހަރުގެ ދެމީހުންނާއި 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. އެ މީހުންނާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުން ފޭރުނު ފައިސާ ހޯދުނު ކަމެއް އަދިއެއް ނޭނގެ އެވެ.
ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ އެ ހާދިސާ އަކީ ސިނަމާލެ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހެލްމެޓް އަޅަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖެއްސި ފަހުން ހިނގި ފުރަތަމަ ހާދިސާ އެވެ. ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފޭރޭމީހުންގެ އަމާޒަކީ ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ދާ މީހުންކަން ހިނގާފައިވާ ގިނަ ހާދިސާތަކުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއްޔު
14 March 2019
މީ ވޯޓު ދުވަސްކޮޅު. 18 އަހަރުން ދަށުގެ ކުދިންނަކަށް ވޯޓެއް ނުލެވޭނެ. ވާގޮތް އެބަ އިނގޭތަ؟
ނިމުނީ
13 March 2019
އެނިމުނީ އެކަން.މިހާރު އެބޮދަތި މީހުން އެ ދޫކުރީ މަސަލަ ނިމުނީ.
ހިގާމީހެއް
13 March 2019
މިކަމަކީ ކުރިމަތީގައި އޮތް އިންތިހާބުގައި އަންނި ބޭނުންވާ ގޮތައް ކަންކަން ކުރުމައް މެޖޯރިޓީ ހޯދުމައް ކުރާ ކަމެއް...ވޯޓް ލެވޭ އިމުރުގެ އެއްވެސް މީހަކު މީހަކު މަރާލިއަސް އެމްޑީޕީ އެމީހެއްގެ ދިފާއުގައި ނިކުންނާނެ ވޯޓް ދޭން ބުނެފިނަމަ
އޮޅުވާނުލާ
13 March 2019
ކޯޓު އަމުރަކާނުލައި ހައްޔަރުކުރީމަ ދޫކޮށްލީކަމަށް ކޯޓުން ބުނީ ފަހުން އެމީހުން ބަންދުކުރަން ކޯޓުންވަނީ އަމުރުވެސް ދޫކޮށްފައި.. ހަގީގަތްްްއޮޅުވާލައި ނަފްރަތު އުފެއްދުން ފުލުހުންގެ ބޭނުމަކީ.. މިއޮތީ ވާގައުމެއް
އޮޅުވައެއް ނުލެވޭނެ
14 March 2019
ރާއްޖޭގެ ކޯޓުތައް ހިންގާ އުސޫލާއި ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން މާ މޮޅީ، ޖިނާއީ އިޖުރާތުގެ ޤާނޫނަކީ ދިވެހިރާއްޖެއަށް ބޭނުންވާ އެއްޗެއްނޫން. وَٱللَّهُ أَعْلَمُ
ސަތަރި
13 March 2019
ޔެލޯ ޕާޓީއާ ގުޅުން ހުރިވަރު ހާމަވެއްޖެ
ކާފަބޭ
13 March 2019
ޙަޤީޤީމައްސަލައަކީ ހަމަޖުޑިޝަރީބާ؟؟؟ނޫނީ ނުފޫޒްގަދަބަޔަކު މިނެޓްވޯކުގައުޅެނީބާ؟؟؟ޤުރްބާން ކުރެވޭ ކަންބަޅިބަކަރިއަކަށް ޖުޑިޝަރީމިވަނީކީއްވެބާ
ވާނުވާ...
12 March 2019
މީ ބަޔަކު ކުރުވާ ވިޔަފާރިއެކޭ...ދޭބަލަ މިހާރުވެސް ފުލެޓް ތެރޭ މަޑުކޮއްލަން..މިވާހަކަ ތެދުވާނެ...ވ އޯޕަން ކޮން އެޔޮއް ޑްރަގްސް ޑީލް ކޮއް ނަގަނީ! ވަންނަ ގޭޓު ތަކުގަ ކެމެރާ، އެތެރޭގަ ކެމެރާ ކުރިމަތީގަ ޕޮލިސް ސްޓޭސަން...ދެން ބުނެބަލަ ބާރުއޮތީ ގޭންގުތަކުގައެއް ނޫންތަ؟
ބަނީ
12 March 2019
18 އަހަރު ނުފުރޭ ދެ ސޮރު ވެސް ދޫކޮށްލާ. ކާއޯ ސޭމްޕޫ ފުޅި ނަގާ މީހުން ހިފާ ޖަލަށް ލާ.
ރައްޔިތު ބެއްޔާ
12 March 2019
އެމްޑީޕީ ވެރިކަމުގައި އަބަދުވެސް ފުލުހުންގެ މަސަކަތަށް ލިބޭ އަގަކީ ދޫ ކޮށްލާފި ! ނޫނޭ ވާ ސަޅި@
ޙިޔާލު1
12 March 2019
ޕޮލިިޓިކަލް ވިލްއެއް ނެތް މިކަން ހައްލުކުރަން އެއްވެސް މެންބަރަކުވެސް ނޭދޭ މިކަން ރަނގަޅުކުރެވޭނީ ޙުދުމުޙުތާރުވެރިއެއް އައި ދުވަހަކުން ތޯއްޗެއް...
މުހުތާރު
12 March 2019
އެއްމެ ފަހުން ހުރީ ހުދުމުހުތާރު ވެރިއެއް. އެކަމަކު ހަމަ މިހެން ދިޔައީ. އޭރު ގިނަފަހަރު ހައްޔަރެއްވެސް ނުކުރޭ.