މީގެ ކުރީ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓު ލިބުނުކަމުގެ ލިޔުން ހޯދަން ހައުސިން މިނިސްޓްރީއަށް އެއްވެފައި---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
12 މާޗް 2019 - 15:50
އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ކުންފުނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.
ގަރާރަކުން ރައީސް އެ ކުންފުނި އުފެއްދެވީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ކުންފުންޏެއް އުފެއްދުމަކީ މުހިއްމުކަމެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގާ މަސައްކަތްތަކެއް ވެސް ދެން ކުރިއަށްގެންދާނީ މި ކޯޕަރޭޝަނުގެ ދަށުންނެވެ.
ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި ހިންގާނެ މަޝްރޫއުތަކާއި މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މި ކުންފުނީގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން އުފައްދާ މި ކުންފުނިން މަސައްކަތް ކުރާނީ މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ "ހައުސިންގް ނީޑްސް އެސެސްމަންޓް" އަށް ބަލައިގެންނެވެ. އަދި އަދުލުވެރި، އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އެ އޮފީހުން ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިހާނު
13 March 2019
ކޮރަޕްޓް ވެފަ ހުރި ތަންތަން އުވާލާފަ މުޅިން އާތަންތަން ހުޅުވާ! އެތަންތަން ބަހައްްޓައިގެން ހަމަ އެއްކަމެއްކުރަން އިތުރު ތަންތަން ހުޅުވުމަކީ އިސްރާފު ކުރުން! ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރެއްވުމަށް މިއަދުގެ ސަރުކާރަށް ގޮވާލަން! ރައީސް ޞޯލިޙް ކޮރަޕްޝަނާއި، ވައްކަން ނައްތާލަން ގެންގުޅުއްވާ ސިޔާސަތަށް ސާބަސް ދަންނަވަން!
އައްޔާ
13 March 2019
ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމަށް ހުރަސްއެޅުން. ރަށްރަށުން ރައްޔިތުންނަށް ގޯތި ނުދެވޭނެ ގޮތްހަދާ ރަށްރަށުގެ ބިންތަށް މާލޭ ސަރުކާރުން ކުންފުޏެއް ހަދައިގެން ކޮންޓޮރޯލް ކުރުން. ދިރިއުޅެން ބޭނުންނަމަ މާލޭ ކުންފުނިން ކުކުޅު ކޮށިހެން އަޅާނެ ތަނެއްގައި އާޅާ ތަންތަން މިލިޔަން ރުފިޔާއަށް ގަންނަން މަޖުބޫރުވާ ގޮތަށް ހެދުން. ރައްޔިތުން ދަރަނިވެރިވެ ދިވެހިންގެ ދިރިއުޅުން ހަޑިމުޑުދާރު ދިރިއުޅުމަކަށް ބަދަލުވެގެން ދިއުން. ގޯތިގެދޮރުގެ ހައްޤު ނިގުޅާއިގަތުން
އިބިރިހިންބެއްޔާ
13 March 2019
ޕާޓީކުދިންނަށް ދޭން ސިޔާސީ ވަޒީފާ އިތުރުކުރަން ކުރައްވާ މަސައްކަތް. ހައުސިން މިނިސްޓްރީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން. މިވަރުންވެސް ނުފުދެނީ ތޯ؟
އެތެރެކޮއި
12 March 2019
އެޗްޑީސީ ހަދައިގެން ގަތްގަނޑު މުޅިރާއްޖެއަށް ފަތުރާލަންތޯ؟ ވެށިފެހިމާލެ އޭކިޔާފަ ރަށްރަށުން ގޯތި ދިނުން ހުއްޓާލާ ދިގުދަންމާލާފަ މާލެއަށް ތޮއްޖައްސަން މަސައްކަތްކުރީ. ދެން މާލެއަށް ހިޖުރަކޮށް ހާސްކަމުގެ ތެރެށްވެއްޓި އާއިލާތަށް ރެފިއުޖީންނަށް ބަދަލުވެ، މާލޭގެ ކުލި އިންތިހާއަށް ބޮޑުވެގެން ދިޔައީ. ދެން އެޗްޑީސީން މާލެއާއި ހުޅުމާލޭގައި ފުލެޓް އަޅާ ކުޑަ އެޕާޓްމެންޓެއް މިލިއަނުން ވިއްކަންފެށީ. މިހާރު ލޭންޑުޔޫޒު ޕުލޭނޭ ކިޔާ ރާއްޖެ ތެރެއާއި ދިމާމިކުރަނީ
މިނިމިނި
12 March 2019
ކުންފުނިން ކުރާނީ ވިޔަފާރި. ކުންފުންޏެއްގެ މަޤުސަދަކަށްވާނީ ވިޔަފާރިކޮށް ވީހާބޮޑު ފައިދާއެއް ކުންފުންޏަށް ހޯދުން. ދެން އޮންނާނީ ކުންފުނިން ހިންގާ ޕުރޮޖެކްޓްތަކުން ވަކިބަޔަކު ފައިދާނެގުން. ޜައްޔިތުންނަށް އޮންނާނީ ގެއްލުމާއި ހަވާލުވުމާއި. ބޮޑު އަގު ދައްކަންޖެހުން. ކުންފުނިން ނުބަލާނެ ރައްޔިތުމީހަށް މި ވިއްކަނީ ރައްޔިތުމީހާ ބޭނުންވާގޮތަށް ޑިޒައިން ކުރާއެއްޗެއްތޯ. ކޮންމެވެސް މަޖުބޫރީ ހާލަތެއްގައި ރައްޔިތުމީހާ ބޮލުގައި އަޅުވާލާފަ ފައިދާ ވީމާ ނިމުނީ
އައްލާބެއްޔާ
13 March 2019
އެސްޓީއޯ ހިންގާހެން ގެއްލުމުގަތަ؟ ހިންގަންވީދެން! ސަރުކާރޭ ކިޔާފަ! ތިޔަ އުޅެނީ 21 ވަނަގަރުނުގަތަ؟
1234567
12 March 2019
ރެގިއުލޭޓް ކުރުނ, ސިޔާސަތު ކަޑައެޅުން.
ހަސަންބެ
12 March 2019
ތިވަރަށް ސިޔާސީ ވަޒީފާ އުފައްދައިގެން ކިހިނެއްތޯ ހާލަތު ރަގަޅު ކުރާނީ. ކޮބައިތޯ ހައުސިން މިނިސްޓްރީގެ ޒިންމާއަކީ؟
ޢަނީ
12 March 2019
ހައުސިންގް މިނިސްޓްރީއެއް އެބަ އޮތްތަ މިހާރު؟ މުޅި ތަން އަސްލަމު ހިސޯރު ކޮށްފި
ނަރުގިސްމާ
12 March 2019
ބުނަންތަ ވާހަކައެއް! ތިޔަ އުޅެނީ ހައުސިންގ މިނިސްޓަރ އިސްތިއުފާ ނުދީގެން އޭނަޔަށް ޖެއްސުން ކުރަން. ނިކަން ބުނެބަލަ! ހައުސިންގ މިނިސްޓްރީން ކުރާނީ ކޮން ކަމެއްދެން؟ ބަނދަރު މަގުހެދުން ލޭންޑް ޔޫސް ޕްލޭން ގޯތި ދޫކުރާނެ ގޮތް ގެ ހެދުމުގެ ހުއްދަ މިހުރިހާ ކަމެއް ޕްލޭނިންގ މިނިސްޓްރީއަށް! ހިގަމުންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓާ އަންނަން ހުރި ޕްރޮޖެކްޓުތައް އަލަށް އުފެއްދި ކުންފުންޏަށް ދެން ހައުސިންގ އިން އެތައް ސްޓާފުންނެއް ލައިގެން ކޮން ކަމެއް ކުރާނީ؟
އައްލާބެއްޔާ
12 March 2019
މިހާރު ހައުސިންގައި އެހެރީ މާލޭ މީހެއް! ތިޔަހެން ރަށްރަށުގައި އުޅެމުން ދަފްތަރުގައިޖެހި ހުޅުމާލެއިން ފުލެޓް ހޯދުމަށް ދެން ހުށަހެޅިޔަސް ނުލިބޭނެ! ދެން ލަލަލާ!
ސުދާ
12 March 2019
ކުންފުނި ހަދައގެން ހިޔާވާނަަމަ މިހާރު ވެއްޖައިސް