އެޖެންޑާ 19 އާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ދިނުމަށް ގާކޮށި ސަރަހައްދުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 މާޗް 2019 - 11:13
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ނުލިބި "އަތްފައި ބަނދެވުނީމަ" ވައުދުތައް ފުއްދަން ގިނަ ދުވަސް ނަގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "އެޖެންޑާ 19" ގެ ޕެނަލް ޑިސްކަޝަންގައި ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އޮތް ގޮތުން ރިޔާސީ އިންތިހާބެއް އެކަނި ކާމިޔާބުކޮށްގެން ރާއްޖޭގެ ވެރިކަމެއް ނުހިންގޭނެ ކަމަށެވެ. އެހެންވެ، އެމްޑީޕީން ބޭނުންވާ 19 ގާނޫނީ އޮނިގަނޑު ގެނައުމަށް އެ ޕާޓީގެ އަޣުލަބިއްޔަތު މަޖިލިހުގައި މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ހުދުމުހުތާރު ގޮތަކަށް ކަންކަން ކުރެއްވުމުން، ރައީސަކީ "ބޮޑު ސަރުކާރެއް" ކަމަށް ބައެއް މީހުންގެ ހިތަށް އަރާ ކަމަށެވެ. އެކަމަކު، މަޖިލިހުގެ އަޣުލަބިއްޔަތު ނުލިބި ކުރިއަށް ދެވެން ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ކ-2) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ވޯޓާ ގާތްވީމާ ވޯޓު ހޯދަން. އެކަމަކާ އަޅުގަނޑު އިންކާރެއް ނުކުރަން. އަޅުގަނޑުމެން ގެންގުޅޭ ނިޒާމަކީ ވޯޓު ހޯދައިގެން ކަންކަން ކުރާ ނިޒާމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލިހަށް ހުށަހެޅުމަށް ތައްޔާރު ކުރި 'އެޖެންޑާ 19' ގެ ކަރުދާސްތަކުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމާއި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމާއި ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމާއި ޝަރުއީ ނިޒާމު އިސްލާހު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
"ވޯޓު އަޅުގަނޑުމެންނަށް ލިބުނީމާ، މިއާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ،" އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ ކަރުދާހަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ގާކޮށި ސަރަހައްދުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައެއް އާންމުން ބައިވެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެން މި ދަންނަވަނީ މި ކަންކަން ކުރުމުގެ ގާބިލްކަން އެބައޮތް. އަޒުމް ވެސް އެބައޮތް. އިހްލާސްތެރިކަން ވެސް އެބައޮތް. ރާއްޖެ އަކީ މި ކަން ކުރުމަށް ތަނަވަސް ގައުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް އެ ބޭފުޅުންނަށް ފުރިހަމަ ކުރެއްވޭނެ ކަމަށެވެ. ސަރުކާރުގައި ތިއްބެވީ ގާބިލް ބޭފުޅުންތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ފ. ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާ އަކަށް ވާދަކުރެ އެވެ. އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު، ސިޔާސީ ގިނަ ޕާޓީތަކުން ވެސް އިންތިހާބަށް ވަނީ ނުކުމެފަ އެވެ. އަދި އަމިއްލަ ގޮތުން ވެސް ގިނަ ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތާ
17 March 2019
ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރިއިރު ތިޔަވާހަކަ ދުކެއްކެވީ ކީއްވެ؟ ރައްޔިތުން މޮޔަހައްދައިގެން ވޯޓުހޯދައިގެން ރައްޔިތުންގެ ފައިސާ ދޮވެލަން މަސައްކަތް ނުކުރޭ.
ރައްޔިތުމީހުން
17 March 2019
ޑިމޮކްރަސީގެ 3 ބާރު ވަކިވާން މިވަނީ އެހެން މީހުން ވެރިކަން ކުރަންޔާ އެކަނި ދޯ؟؟
ނެގުނުކަތީބު
17 March 2019
ޑިމޮކްރަސީގެ އައްޕަ ޑިކްޓޭޓަރުގެ ތިޔަރީ ގެންގުޅުއްވާތީ ހިނިއަންނަނީއޭ! ޑިމޮކްރަސީއަކީ އެކަކުގެ އަތުގައި ހުރިހާއެއްޗެއް އޮތުންހޭ؟ އެންމެން ގޮވައިގެން މަސަލަސް ކޮށްގެން އުިޅެން ނޭންގުމަކީ ކޮންކަމެއްހޭ؟
އީމަން
17 March 2019
ދެފުށް ދެގޮތް ކެނެރީގެ ނަޝީދު
ހަސަނުބެ
17 March 2019
ނަސީދުގެ ސަބަބުން ރައީސްގެ މަސައްކަތަށް ހިޔަނިއެޅި އެންމެފަހުން ރައީސްވެސް ނަސީދުގެ ބަހުރުވަ ބޭނުންކުރަން ފަށައިފި. ނަސީދު އިސްކޮށް ހުރެގެން ރައީސް ސޯލިހަށް ރަގަޅު ވެރިކަމެއް ކުރުމަށް ދަތިވާކަހަލަ.
އެމްއެމްއައި
17 March 2019
އަހަރެންވެސް އަހަރެންގެ ލޮބުވެތި ދިވެހި އަޚުންނާއި އުޚުތުންނަށް ކުރާ އަދޭހަކީވެސް، ލިއްލާހިއަށްޓަކައި ކުރާ ވަސިއްޔަތަކީވެސް، މިކަލޭގެ ބަހަށް ނުހެއްލޭށޭ، އެއްހޮރަށް ހާސްފަހަރު ކަށި ޖަހަތްޕޭ، ދެން ޖެހިޔަ ނުދޭށޭ. މީނާއަށް އިތުބާރު ކުރަން ހެޔޮ ނުވާނެ. ﷲ އަށްޓަކައި ދެފައި ހިފައި ރޮއެ އާދޭސްކުރާ ހާލު މިބުނަނީ.
އީއެމްއައި
17 March 2019
ދެން ކަލޭމެން ތިބެގަ ޔާމީނު ކިޔާ ކަލޭގެ ބަހަށް ހެއްލި ވައްކަމަށް ވޯޓު ދޭން؟ އޭރުން ދީން ހިމާޔާތްވާނެ އުތަ؟ ﷲ ޓަކާ ހަމަ؟ އާދޭސް މަވެސް ކުރަން ވައްކަމާ ދުރުވޭ. އެއީ ބޮޑު ފާފައެއް.
އަދިވެސް
17 March 2019
ބަރުލަމާނީ ބޮޑު ވަޒީރުކަން ހޯދަން ވައުދު ބޭނުންވެގެންތޯ ތިއުޅުއްވަނީ؟
އެފައިސާ މިފައިސާ
17 March 2019
ސޭޓު ދޯ އުޅެނީ ވިލާ މޯލްޑިވްސްއަށް މިތަން ހަދާ މުޅި ގައުމަށް ހަންފަތުރަން. ކަލޭމެން އޯކޭ ހަމަ؟ އަންނި ނޫޅޭ ވަޒީރުކަން ނުލިބިގެން. އެކަމު އަހަރުމެން އަދި އެކަންވެސް ކުރާނަން. އިންޝާﷲ.
ވެރިން
17 March 2019
ޢަތް ފަޔެއް ނޫން ކަލޭގެ އަނގއ ވެސް ބަންނަށް ވީ އޭރުން ހުރިހާކަމެއް ވެސް ދާނީ ރަންގަޅަށް.
ދޮންފަރަންޖީ
16 March 2019
ހުރިހާ އެއްޗެއް ހިބަކޮށްދިނަށް ކަމެއް ކުރަންނޭގޭ މީހަކަށް އެއްކަމެއްވެސް ނުކުރެވޭނެ. މީހުންގެ ޕަޕެޓުންނަށް އެނގޭނީ އެމީހުންގެ ވެރިން އަންގާ ގޮތަށް ކަންކުރަން. ދޮންފަރަންޖީންގެ އޭޖުންޓަށް ކިހިނެއް ދިވެހިންނަށް ބޭނުންވާ ކަންތައް ކުރަން އެނގޭނީ.
ޝޮކްތެރަޕީ
16 March 2019
މިޤައުމު މިނިވަންކަމްމަތީ ބާއްވަން ބޭނުންނަމަ. އެމްޑީޕީއަ ނޫނެކޭ ބުނޭ.
ޑި ޕްރޮޕެގެންޑާ.
17 March 2019
މިނިވަން ވުމަކީ މުސްލިމުންނަށް ނަމާދު ކުރުން މަނާކޮށް، ރޯދަ ހިފިޔަ ނުދީ އެމީހުން ކޮންސެންޓްރޭޝަން ކޭމްޕް ތަކަށް ލައިގެން އުޅޭ އޭތިސްޓް ޗައިނާގެ އިގްތިސާދީ އަޅުވެތިކަމުގައި މިތަން އޮތުންތޯ؟ ހަމަ އަހާލީ.