ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެސްޑީއެފްސީ ބޭންކު ހުޅުވާދެއްވާ ވާހަކަދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
18 މާޗް 2019 - 10:55
ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ލޯނަކީ ގައުމުގެ ތިންބައިކުޅަ ދެ ބައި މީހުންނަށް އެހީވެދޭނެ ލޯނެއް ކަމަށާއި އެ ލޯނުގެ ބައެއް އަންހެނުންނާއި ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އިފްތިތާހު ކުރައްވައި ރައީސް ވިދާޅުވީ، މިފަދަ މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ބޭންކެއް ތައާރަފްކުރުމުން ރައްޔިތުން ބާރުވެރިވެ، ގައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި ރައްޔިތުން އަތްމަތި ތަނަވަސްކޮށްދީގެން ގައުމުގެ އިގުތިސާދު ވަރުގަދަ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރި މާހައުލުގައި ގާތްގަނޑަކަށް 93 ޕަސެންޓް ވިޔަފާރިއަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށެވެ. އެހެންވެ ގައުމީ އިގްތިސާދުގެ މައިބަދައަކީ ވެސް އެސްއެމްއީތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބޮޑެތި ވިޔަފާރިތަކުގެ ރައުސްމާލް އެތައް ބިލިއަނަކުން ގުނާލިޔަސް ވަޒީފާގެ ފުރުސަތުތައް އެންމެ ގިނައިން އުފައްދައިދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް ރައީސް ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް-- ފޮޓޯ: ރައީސް އޮފީސް
"އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވި އެތައް ޒުވާނުންނެއް މިއަދު ވެސް ތިބީ، ދާނެ ދިމާލެއް ނޭނގި، ހަޔާތުގެ ހަތަރުއަނގޮޅިއަކަށް ހުއްޓިފައި. ގެވެހި އެތައް އަންހެނުންނެއް ތިބީ، އެ މީހުންގެ މަސައްކަތްތެރިކަމުގެ ހުނަރުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ވެސް އާމްދަނީ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި،" ރައީސް ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކުގެ ހިދުމަތާ އެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެ ކަމަށާއި ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ގައުމީ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މި ބޭންކުގެ ތެރެއިން ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ބޮޑު އެހީއެއް ދެވޭނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ އޮނިގަނޑު، މާ ކުރިންސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާ ގޮތަށް ކަމަށާއި އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބޭންކާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މިހާރަށް ވުރެ ގިނަވެ، މިހާރަށް ވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން ދާނެ ކަމަށާއި ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްގީއާ ކުރިއެރުން ހޯދުން ދަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެސްއެމްއީ ލޯނު ދޫކުރަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި ހަރުމުދާ ލޯނެވެ.
މީގެ ތެރެއިން ވިޔަފާރި އެހީގެ ލޯނު ފިޔަވައި ދެން ހުރި ހުރިހާ ދާއިރާތަކަށް ވެސް، ލޯނު ދޫކުރާނީ 6 ޕަސެންޓާއި 9 ޕަސެންޓާ ދެމެދުގެ އިންޓްރެސްޓެއްގަ އެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ލޯނުތަކުގެ އިންޓްރެސްޓް މިއަށްވުރެ ވެސް ދަށްކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
18 March 2019
ޔަމިން ކުރިކަންތަ. ނަމްބަދަލު ކޮއްގެން މީހުންނަ އަދުންއަޅަނީ.
ޢަނިލް ރަބަރޭ
18 March 2019
ފިރިހެނުންނަށް ޚާއްޞަ ކޯޓާއެއްވެސް އޮންނަންޖެހޭނެ... ޓެކްސް ޕޭޔަރުންގެ ލާރިން ލާރިދޭނަމަ ގެވެށި އަނިޔާ ލިބޭ ފިރިހެނުންނާ އެކަނިވެރި ބަފައިން ނުލާހިކު ހާލުގައި ދަރިންބަލާކަމާ މިކަންކަމަށްވެސް ރިޔާޢަތް ކުރެވެން ޖެހޭނެ...
މުގުރާން
18 March 2019
ހަމައެކަނި އިންތިޚާބަށް ,މަނިކުފާނު އަތަށް ތިގޮވަނީ??
ރަދީފުގެ ކުމާރު
18 March 2019
ކުޑަކުދިންގެ ހައްގުތައް ކޮބާ ތިބޭންކުގާ.
ސޮފްޓްވެއަރ ގާއީ
18 March 2019
ސައިންސް އެންޑް ޓެކްނޮލޮގޖީ ދާއިރާއަށް ވެސް ޕްރިއޮރިޓައިޒް ކުރުމަށް ގޮވާލަން
ބޮން
18 March 2019
މިއީ ޕްރައިވެޓްލިމިޓެޑް ކުންފުންޏެއް. އަނެއްކާ މިނިސްޓަރ އާ ރައީސް ހިއްސާވާ ކުންފުންޏެއްތޯ.
ކަންނާޑީ
18 March 2019
ލޯނު ޑިޒައިންކޮށްފަ އޮތީ ލޯނުނަގައިގެން ކަމެއްކުރެވޭ ގޮތަކަށްނޫން. ލޯނު ދޫކުރަނީ އަންހެންވެރިންނާއި ޒުވާނުންނަށް ކަމަށްވާނަމަ، ލޯނު ނަގަން މޯގޭޖު ކުރަންޖެހެނީ ގޯތިގެދޮރު ކަމަށްވާނަމަ. އެމީހުންގެ މޯގޭޖް ކުރާނެ ގޯތިގެދޮރެއް ދިވެހި ރާއްޖެއަކުނެއް. ދޫކުރާ ލޯނުން ދަނޑުވެރިކަން ކުރަންޖެހެނީ އާބަން ސަރަހައްދުގައި މެޝިނަރީ ބޭނުންކޮށްގެން ކަމުގައިވާނަމަ މިއުޅެނީ އާބަން އޭރިޔާގައި ސާކަލެއްވެސް ޕާކުނުކުރެވިގެން. ތަންކޮޅެއް ބޮޑަށް ތަފްސީލު އެބަބޭނުންވޭ.
ޖައްސަބަލަ
18 March 2019
އެސްއެމްއީ ބޭންކް އިން ފުރަތަމަ ވެސް 500 މިލިއަން ރުފިޔާގެ ލޯން އެއް ނަގަންވީއޭ އެމްޓީސީސީން ދެން އެލޯން ގެ ދަށުން ހުޅުމާލެ އެކެއްގެ އިރުން އޮތް ބޮޑު ފަޅު ސްޓްރީމް ލައިންކޮށްލާ އެފަޅު ހިއްކާލަންވީ މާލޭގެ ފަޅު ގެ ތިން ގުނަ ފުޅާ މިން ހުންނަވަރަށް ދެން އެއަށް ފަހުގައި ގުޅިފަޅު ހިއްކާލަންވީއޭ ދެން ތިލަފުށި ހިއްކާލަންވީއޭ ދެން ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކާލަންވީއޭ ދެން ގާފަރު ފަޅު އެއްކޮށް ހިއްކާލާ ގާފަރު މީހުން ހުޅުމާލެ އަށް އަޅާލަންވީއޭ
ގެޓަގުލް
18 March 2019
ރޯނުއެދުރުގެ ބިންހިއްކާ ޚިޔާލު
ހަބީބު.
18 March 2019
ކަޑަކަޑަ މުޅިންކަޑަ ވަކިބަޔަކައް އަމާޒުކޮއްފަ ތިވަނީ އަހަރެންނައް ހުޅުމާލެއިން ފުލެޓެއް ގަންނަން އެއްފަހަރާ ފައިސާދައްކާ ހަލާސްކުރެވޭ ގޮތައް ތީގެން ލޯނުލިބޭކައްނެތް ކަޑަކަޑަ ވަރައްކަޑަ ޖަމަލުފޮޑީގެ މިސްރާބު މީގެންސިފަވަނީ
އެސްއެމްއީ
18 March 2019
ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް ލޯން އޭ އެއަށް ކިޔަނީ. ދިރިއުޅެން ފްލެޓެއް ގަތުމަކީ އެންޓަޕްރައިޒް ނޫނީ ވިޔަފާރިކުރުން ތެރޭ ހިމެނޭ ކަމެއް ނޫން. ފްލެޓްތައް ކުއްޔައްދީގެން ވިޔަފާރި ކުރަން މީހުންނަށް ފްލެޓް ހޯދަދިނުމަކީ ސަރުކާރަށް ކޮންމެހެން އެހާ މުހިންމުކަމެއް ނޫން މިވަގުތަކަށް.
މަހޭ
18 March 2019
ފުލެޓްގަތުން އެއީ އެސްއެމްއީ ކަމެއް ނޫން. ފުލެޓްގަންނަ ކަހަލަ ލޯނު ލިބޭ ހަތަރު ބޭންކު އެބަހުރި.
އަބެޓަރ
18 March 2019
އެސްއެމްއީ ބޭންކް އިން ލޯން ދޫކުރާއިރު ފުރަތަމަ 10 އަހަރު ލޯން ދޫކުރަންވީ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށޭ އެގޮތުން މިހާރުން މިހާރަށް ގުޅި ފަޅު ހިއްކާލާ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކުޑަ ތިލަ ފަޅު ހިއްކާލާ އެތަނުން ގޯތި ދޭންވީއޭ ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ކޮންމެ ދިވެއްސަކަކަށް އޭނާގެ އުމުރުން 90 އަހަރު ނުވާނަމަ ކެއަރ އިނަފް ފޯރ ދަ ލިވިންގް މޭކް އަ ލިޓިލް ސްޕޭސް މޭކް އިޓް