އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު ގެންދިޔުމުން އޭނާގެ ސަޕޯޓަރުން އިއްޔެ ހަވީރު މުޒާހަރާ ކުރަނީ
19 މާޗް 2019 - 11:41
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކުރެވޭތީ، އެ ޕާޓީން އޭނާ އަށް ކުރި ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އެ ނިންމުމާ ދެކޮޅަށް އެ ރަށުގައި އިއްޔެ މުޒާހަރާ ކޮށްފި އެވެ.
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭތީ އޭނާ އަށް އެމްޑީޕީން ކުރި ތާއީދު ގެންދިޔައީ އިއްޔެ އެވެ. އެ ޕާޓީން ބުނީ މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު، އޭނާގެ ނަން ނުނަގާ ނަމަ ވާދަކުރާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
އެކަމުގެ ދިފާއުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ނަން ނެގުމުގެ ވިސްނުމެއް ނެތް އޭނާގެ ނެތެވެ.
މުޣުނީގެ ސަޕޯޓަރުން މުޒާހަރާއަށް ތައްޔާރުވުމަށް ލިޔުންތައް ތައްޔާރުކުރަނީ
އެމްޑީޕީގެ މި އަމަލު ކުށްވެރިކޮށް، ތިނަދޫގައި ތިބި މުޣްނީގެ ސަޕޯޓަރުން އިއްޔެ ހަވީރު މުޒާހަރާ ކުރީ އެއީ ބޭއިންސާފުވެރި ނިންމުމެއް ކަމަށް ބުނަމުންނެވެ. އަދި އެމްޑީޕީން އެގޮތަށް އަމަލު ކުރީ އޭނާއާ ޒާތީވެ، އިންތިޚާބުން އޭނާ ފެއިލްކޮށްލުމަށް ކަމަށް ބައެއް މީހުން ބުންޏެވެ.
"އެމްޑީޕީގެ ލީޑާޝިޕުން މުޣުނީ ފަހަތަށް ޖައްސާލި ނަމަވެސް އަހަރެމެން މިތިބީ އޭނާއާ އެކުގައި. އިރާދަކުރެއްވިއްޔާ މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.
އެމްޑީޕީ ތިނަދޫ ހަރުގެ ކުރިމަތީގައި ކުރި އެ މުޒާހަރާގައި، މަހިބަދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެގުމުން އެކަމަށް ވެސް ފާޑުކިޔާފައި ވެ އެވެ.
"މިއީ މަހިބަދޫއެއް ނޫން. މިއީ ހަވަރު ތިނަދޫ. ބޭނުން އެއްޗެއް ނުހެދޭނެ،" މުޣުނީގެ ސަޕޯޓަރަކު ހިފަހައްޓައިގެން ހުރި ބޯޑެއްގައި ލިޔެފައި ވެ އެވެ.
އެމްޑީޕީގެ މި އަމަލު ކުށްވެރިކޮށް، އެ ޕާޓީގެ ތިނަދޫ އުތުރު ދާއިރާ އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީހަކު ކުރި ޓްވީޓަކާ ގުޅިގެން، އެއްވެސް ހެއްކެއް ގަރީނާއެއް އަދި ދާއިރާގެ ބަހެއް ނެތި އެ ފަދަ ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އަދި އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓީއަކަށް ވާއިރު، ހައްދުން ބޭރުވެ، ޕާޓީގެ ލީޑާޝިޕްގެ ވަކި ބަޔަކަށް މި ފަދަ ކަމެއް ނިންމޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބަޔާނުގައި ވެ އެވެ.
އަދި މުޣުނީ އަށް ތާއީދު ނުކުރަން ނިންމި ނިންމުން އަލުން އިއާދަކޮށް، ޕާޓީގެ ދާއިރާގެ ހުރިހާ ވަސީލަތްތަކާއި ގުނަވަންތައް ބޭނުންކޮށްގެން އިންތިޚާބު އޭނާއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް އެ ދާއިރާގެ އިސްވެރިން ވަނީ އިގުރާރުވެފަ އެވެ.
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ.
މުޣުނީ ވިދާޅުވީ އޭނާގެ މައްޗަށް އެ ފަދަ ތުހުމަތެއް ކުރުމުން އެކަން ބެލޭނެ ގުނަވަންތައް ޕާޓީގައި އެބަހުރި ކަމަށާއި އެކަމަކު އެއްވެސް ސުވާލެއް ކުރުމެއް ނެތި އޭނާގެ މައްޗަށް ފިޔަވަޅު އެޅުމުން ހިތާމަކުރައްވާ ކަމަށެވެ.
އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު ގެންދިޔުމުން އޭނާގެ ސަޕޯޓަރުން އިއްޔެ ހަވީރު މުޒާހަރާ ކުރަނީ
"މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީ އަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" މީގެ 11 އަހަރު ކުރިން ކައިވެނި ބައްލަވައިގެން އުޅުއްވި އަންހެނުންނާ ބެހޭ ގޮތުން ކުރި ޓްވީޓަކާ ގުޅޭ ގޮތުން އެޅި ފިޔަވާ ދޭތެރޭ އޭނާ ވިދާޅުވި އެވެ.
މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމްބެ
19 March 2019
މާލޭ މީހުން ރާއްޖެތެރޭ މީހުން ހަވަރު މީހުން ކިޔާނެ ކަމެއް ނެތް، ސަރުކާރުގެ މިހާ ޅަފަތުގައި ތިހާ ގިނަ ބަޔަކު ދެކޮޅަށް ނުކުތުމަކީ ފަހުން އޭގެ ގެއްލުން ބޮޑުވާނެ ކަމެއް.
އައިމިނާ
19 March 2019
ރައިސްނަޝީދުގެ އެޖެންޑާއަކީ އިބޫއަށް ތާއީދުކުރާއެއްމެންގެ ނަންއަނބުރާނެގުން. މަހިބަދޫދާއިރާގަވެސްވީއެގޮތަށް. ރައީސްއިބޫ ގުބޯހައްދާފަބަހައްޓަން.
މަހުޖަނު
19 March 2019
އެންމެ ޑިމޮކުރަސީ ޕާޓީ. އަމާޒު ލާހޫރޭ
ހުއްބުލްވަތަން އަސްލު
19 March 2019
ހައްގުތައް ހޯދައިދިނުމަށް އަޑުއުފުލާ ޕާޓީން މީހަކު ބުނިބުނުމަށް ބޮޑު ނިންމުމެއް ނިންމީތީ ހަމަ ހައިރާންވަން. މިއޮށް ހުރިހާދުވަހަކު މި ކިޔަނީ ކުށެއް ކުރިކަން ސާބިތުނުވަނީސް އެ މީހަކީ ކުށެއް ނުކުރާ ފަދަ މީހެކޭ. ނަމަވެސް ބަހާ އަމަލު ދިމާ ނުވުމީ ކިހާ ދެރަވަރު ކަމެއްތޯ! ވިސްނުންހުރި.
މުދައްރިސް
19 March 2019
ޕާޓީއެއްގެ ނިންމުމަށް (މާނަވީ ޝަޚްސެއްގެ) މަރުހަބާ ނުއެއް ދަންނަވާނެ. އަދި އަމުދުން ޕާޓީއެއް ނުވަތަ ސިޔާސީ ޖަމާއަތެެއްގެ އިސް ލީޑަރަކު. އެންމެ ދަށް ވެގެން ވެސް މަރުހަބާ ކިޔާނީ. މައުމޫނު ވީމަ ވިދާޅު ވާނީ. Ma
ގެވެށިއަނިޔާގެ ދަށްފަރާތް
19 March 2019
އެބުނާހެން އަހާލުމެއް ކަހާލުމެއްނެތި ފިޔަވަޅުއެޅުމަކީ ގޯހެއް. މިކަމުގައި މުއުނީ ގެބަހެއްހޯދައި ކަނއއޮތްގޮތް ހޯދުމަތްފަހޔ ގޮތެއނިއްމިނަމަ ހަމަ ރަގަޅުވީސް. މިހާރުމިވީގޮތުން ހީވަނީ ދަނޑިވަޅަކަށް އެކިޔާގޮތުން ސްޓަންޓެއް ހެން. ވޯޓާއި ކައިރިވާވަރަކަށް މިކަހަލަ ގޭމުޖައްސާނެ. ހަވަރަކަސް މާލެއަކަސް އަދި އެހެންރަށަކަސް ރައްޔިތުން ގެ ހައްގުހޮމާޔަށް ކުރެވޭނީ ހުރިހައި ގޮތަކަުން ބެލީމަ ވަކި ގެވެށިއަނިޔާ އެކަންޏެއްނޫން
ސިއްތިފުޅ
19 March 2019
ބޭނުން އެއްޗެ ހަދާފަ އޮންނާނީ. މީ މާލެ
ރާއްޖެތެރެ 7- ކުޅަދު
19 March 2019
ކާކަށްބިރުދައްކަންތަ މިހަވަރޭމެން މިއުޅެނީ.. ހަމަތިބެންޖެހޭނީ ޒައިޒުގަ..
ޝެއިޚް އަބްދުﷲ
19 March 2019
މާލޭގައި ގިނަ ވާނީ ރަށްރަށުން ގޮސް ވަޒަންވެރިވި މީހުން، ތިމާމެންނަކީ ވަކި ގޮތަކުން މާތް މީހުން ކަމަށް ބުނެ ބޮޑާ ނުވުމަށް އިސްލާމްދީނުގައި އަންގަވާފައި ވަނީ، އެއީ ޖާހިއްޔަތުގެ ގޮތެއް. ޖާހިލު ނުވުމަށް އެދެން
އައިމިނާ
19 March 2019
ގެވެށިއަނިޔާއާއި އެއްކޮޅުވެގެން ނޫނޭ މި ވާހަކަދައްކަނީ. އިންސާފުންބޭރުވީމަ. ބޭއިންސާފުންކަންތައްކުރާތީ. ގައިމު މަޖީލީހަށްކުރިމަތިލައިގެން ހޮވިފައިތިބި އެއްމެންވެސް ހޮވިފައިތިބީ އެ މީހެއްގެ ކުށުގެރެކޯޑު ސާފުތޯބަލާފަ. އެވަރު ބަޔަކަށް ނޭގުނީމަ މައްސަލައަކީ. ސޯޝަލްމީޑިއާއިން އެއްޗެއްފެންނައިރަށް އޭގެ ދެކޮޅުނުބަލާ ގޮތްނިންމާތީ. މައްސަލައަކީ. ގައިމުތަސައްރަފްފުދިފައިވާ ބޮޑު ޕާޓީއެއްވިއްޔަ.
އިސްތަފާ
19 March 2019
ހަވަރު ތިނަދޫގެ ނަމުގައި ހަވަރު އޮތުމުން ބިރުގަނެ މަދުބައެއްގެ ބޮލަށް ސަވާރުވެ އެބައެއްގެ ރުހުން ލިބިގެން ހަވަރު ކަނޑާލި މީހެއްގެ ދަވައިގައި ޖެހުމަކީ ގޯހެއް. އައްނި ގެންދަނީ ވަކި އެޖެންޑާއެއް ކުރިއަށްނެރި ޕްރޮމޯޓް ކުރަމުން ކުއްވެރިން ގާޒީން ގޯސްކުރާހެން ހުވަފަތްވި އަންހެނަކު އެތަށްދުވަސް ތަކަކަށްފަހު ކުއްލިއަކަށް ޖެއްސި ސްޓަންޓްގައި ޖެހުނު ކަމަށް ދައްކާ އަންނި މި ކުރި ޖަރީމާވެސް ބަޔަކަށް ރަންގަޅުވާނެ، ޕާޓީއަށް އޮތް ޢާއިލީ ތާއީދު އަނބުރާގެނެއްސިނ
ދީމާހު
19 March 2019
ލައްކަ މީހުން ދޯ.