އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: ފްލެޓާ ގުޅޭ ގޮތުން ކުރާ ފޯން ކޯލްތަކުގެ މައްސަލަ އޭސީސީގެ ސަމާލު ކަަމަށް އޮތީ އައިސްފައި.
20 މާޗް 2019 - 12:08
އެމްޑީޕީގެ ސަރުކާރުގައި ހުޅުވާލި ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ކުރި ފޯނު ކޯލްތަކުގެ މައްސަލަ ސަމާލު ކަަމަށް އައިސްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ވެށިފަހި މާލެ ފްލެޓްތަކާ ގުޅޭ ފޯނު ކޯލްތަކެއްގެ މައްސަލަ އެ ކޮމިޝަނުގެ ސަމާލު ކަމަށް އައީ މީޑިއާތަކުން ކަމަށެވެ. ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރުމަށް ފަހު، އެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އޮފީހުގެ ނަމުގައި ގުޅި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ދަތި ހާލުގައި ދިރިއުޅޭ 4،000 މީހުންގެ ލިސްޓެއް އެ އޮފީހުގައި އެބައޮތެވެ. އެ ޕާޓީގެ ވިސްނުމަކީ އެ އެންމެންނަށް ހުޅުމާލެ އިން ބޯހިޔާވަހިކަން ހޯދައި ދިނުން ކަމަށް ވެސް ބައެއް މީހުން ގާތު ވަނީ ބުނެފަ އެވެ.
ވެށިފަހި ޕްރޮގްރާމް އަލުން ކުރިއަށް ގެންދަން ނިންމި ކަމަށް އިއުލާންކުރި އިރު، އެ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ.
އިންތިޚާބާ ގުޅުވައި ވަކި ކަމެއް ނުވަތަ ފައިދާއެއް ހޯދައި ދޭން ބުނުމަކީ ނުވަތަ ހޯދައިދޭން އުޅުމަކީ ވެސް އިންތިޚާބުގެ ގާނޫނުގައިވާ ގޮތުން ރިޝްވަތު ދިނުން ނުވަތަ ދޭން އުޅުން ކަމުގައި ބެލެވޭނެ އެވެ.
އިންތިޚާބުގެ ވޯޓު ކައިރިވެފައި ވަނިކޮށް ފްލެޓް ދޭނެ ކަމަށް ބުނުމަކީ ރިޝްވަތުގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރުމުން، އެމްޑީޕީން ވަނީ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ފްލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން ގުޅާފައެއް ނުވާނެ އެވެ. އެކަމަކު ވެށިފަހި މާލެ ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާތީ ދައުވަތު ދޭން ގުޅި ކަމަށް އެމްޑީޕީން ބުންޏެވެ.
ވެށިފަހި މާލެ ޕްރޮގްރާމް ހިމެނެނީ، އެމްޑީޕީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީން ހުށަހަޅާ އެޖެންޑާ 19 ގެ ވައުދުގެ ތެރޭގަ އެވެ. އެއީ ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވެދިނުމުގެ އެޖެންޑާއެއް ކަމަށާއި އޭގައި އެންމެ މުހިއްމު އެއް ވައުދަކީ ބޯހިޔާވަހިކަން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާޢީލްް
05 February 2020
ތިި ވާނީ ރިިޝްްވަތު ހުޝަހެޅުމަށްް އޭސީސީ މިިނުވަންްވީީޔާ އަޅެ ތިިމައްްސަލަ ރަނގަޅަށްް ބަލާފަ ފިިޔަވަޅު އަޅާލަބަލ.
ހަހަހަ
20 March 2019
ތިި ނިމުނީނު. ތިހާވަރުން ފުދޭ ދެން ހެވޭ.
ހަމަހޭ
20 March 2019
ގަދަ... ސަމާލުކަމުގަ ތިޔަކަން އޮތްތަނެއްގަ އޮންނާނެ ވޯޓުލާނިމޭއިރުވެސް.
ދޭސީ
20 March 2019
ވެށިފަހި މާލެ މަޝްރޫއުގެ ދަށުން 100 އަކަފޫޓުވެސް ހަމަ ނުވާ ތަންފުކެއް މާލޭބޭފުޅަކު ދޫކޮށްލުމުން 1200 އަކަފޫޓު ބިން ހިލޭދީ ގޭ ދިހަބުރިއަށްހަދައި ދެވަނަ ދަރަޖައިގެ ރައްޔިތުންކަމަށްވާ އަތޮޅުތަކުމީހުންނަށް ބޮޑުއަގުގަ ކުއްޔައްދިނުމަށް ލޯނުވެސް ހަމަޖައްސައިދިނީ މާލެ ސަރުކާރުން. މާލެ ރައްވެހިންނަކީ ހަމަ އެކަނި މާލޭގަ ބިންކޮޅެއް އޮތްމީހުންނެއްނޫން. މާލޭގަދިރިއުޅޭ ރާއްޖޭގެ ކޮންމެރައްޔިތަކީ ރައްވެއްސެއް! ތަފާތުކުރުން ހުއްޓާލާ!
މުހައްމަދު..
20 March 2019
ހާސްނުވޭ، މިހާރު އެމްޑީޕީ ކުރާ ކަމެއް ތި ކަމިޝަނުންކުރާ ތަހްގީގަކުން ކޮރަޕްޝަނަަށް ވާނެ އެއްގޮތެއްވެސްނެތް. މީގެ ދެއަހަރެއްކުރިން، ކުރިންވެސް ކަންތައްތައްވީ ހަމަ އެގޮތަށް އޭރުވެރިކަމުގަ ތިބި ބަޔަކު ކުއްވެރިއެއްނުވި
އެންދެރި
20 March 2019
ޒިނަމާވާ މީހުނައް ފިޔަވަޅު އަޅަން ޖެހެއެވެ.
ޝެއިޚް އަބްދުﷲ
20 March 2019
އެކޯލަކީ ބައި އެޅިގެންް ކުރެވޭ ކޯލެއް ނަމަ، އެކޯލު އަންނަ ތަނެއް ދިމާލެއް ހޯދޭނެ ގޮތެއް މިރާއްޖެއަކު ނެތް. އެހެން އެއްކަލަ ޒާތީ މައުލޫމާތު ވިއްކާ އެޕް ގޮތަށް ބައި ނޭނޅި ކުރާކަމެއް ނަމަ، ވަގުތުން އެކަން ކުރާ މީހާގެ ފޮޓޯ ޢާއްމުކޮށް، މައްސަލަ ކޯޓަށް ލާނެ. މީ ވަރަށް ސާފުކަމެއް.
އާދަމް ޝަރީފް
20 March 2019
އޭ.ސީ.ސީ ރަގަޅުވީމަ ހުރިހާކަމެއްވެސް ރަގަޅުވާނެ. މި ސަރުކާރުން އޭ.ސީ.ސީ އަށް ނުފޫޒް އެއް ނުފޯރުވާކަން އެބަ ހާމަވޭ. ސަރުކާރުގަ ތިއްބަވާ ބޭފުޅުންވެސް މަގާމުގެ ނުފޫޒުން ކުރައްވާ ކަންކަން ތަހުގިގުކުރުމުގެ ފުރިހަމަ މިނިވަންކަން އޭ.ސީ.ސީ އަށް އެބައޮތް.
ރާސި
20 March 2019
ރީނދޫ ސަރުކާރުން ކުރާ ކޮންމެ ކަމެއް ރަނގަޅު. އެމީހުން ކޮރަޕްޝަނެއްވެސް ނުހިންގާނެ. ނުހައްގުން ފްލެޓެއްވެސް ނުދޭނެ. ވައްކަމެއްވެސް ނުކުރާނެ. މީހުން ވަޒީފާއިން ވަކިވެސް ނުކުރާނެ. ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންވެސް ނުކުރާނެ. ގޮތް ނޭގޭ މަރުއްތައްވެސް ނުވާނެ. މަރުވާ މީހުން ވަޅުވެސް ނުލާނެ. ނުހައްޤުން މީހުން ހައްޔަރެއްވެސް ނުކުރާނެ. ޕާޓީ ކުދިންނަށް ވަޒީފާވެސް ނުދޭނެ. މަޖިލިސް ލިބިއްޖިއްޔާ ރައްޔިތުން ހޭއަރުވާލާނެ. މިސަރުކާރުން.
ލަތީފާ ގާސިމްގެ
20 March 2019
2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ހިންގި ’ވެށިފަހި މާލެ‘ ޕްރޮގްރާމުގައިވަނީ ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައެވެ. ވީމާ، މިކަމާއި ގުޅޭގޮތުން ބާއްވާ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް 20 މާރޗް 2019 ވާ ބުދަ ދުވަހުގެ ރޭ 21:00އަށް ކާނިވަލް ސަރަޙައްދަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. މިއީ ކޮން މައްސަލައެއް އޮތް އެއްޗެއް؟
އިސްމާޢީލްް
05 February 2020
އާދޯ ތިޔަކުނެތް މައްސަލައެއް.