21 މާޗް 2019 - 09:54
މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދާން، ގަލުފަޅު ހިއްކައިގެން ރަށެއް ހަދަން ކުރީގެ ސަރުކާރުން ނިންމާފައި އޮތަސް އެކަން އެގޮތަށް ނުކުރަން މި ސަރުކާރުން ނިންމާފައިވާކަން އެނގިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ދޫނިދޫ އާއި ފޭދޫފިނޮޅާ ދޭތެރޭގައި އޮންނަ ފަޅު ހިއްކައިގެން ދެ ރަށެއް ހަދާށެވެ. އޭގެ ތެރެއިން އެއް ރަށް ހާއްސަ ކުރަން ނިންމާފައިވަނީ ދަތުރުދާ މީހުން އަމިއްލައަށް ކައްކައި ކައި މުނިފޫހިފިލުވާ ގޮތަށެވެ. އަނެއް ރަށް ތަރައްގީ ކުރަން ނިންމާފައި އޮތީ ކޮޓަރިތަކާއި ރެސްޓޯރެންޓްތައް ހިމެނޭގޮތަށެވެ. ސަރުކާރު ބަދަލުވިއިރު އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
Aamunnah dhathuru dheveygothah Galufalhu tharahgee kuranee
The most trusted news source in the Maldives
Mihaaru
ގަލުފަޅު ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ނިންމުން--
ދަތުރު ދާން ހާއްސަ ރަށެއް މާލެ ކައިރިން ހަމަޖެއްސުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. "މިހާރު" އަށް އެނގިފައިވާގޮތުން ސަރުކާރުން ނިންމާފައިވަނީ ފަޅެއް ހިއްކުމުގެ ބަދަލުގައި ގުދުރަތީ ރަށެއް އެކަމަށް ހަމަޖެއްސުމެވެ. އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރަމުން އަންނަކަން ވަނީ އެނގިފަ އެވެ. ނަމަވެސް އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ހިއްކައިގެން ދަތުރު ދާނެ ރަށެއް ހެދުމަށް މިދިޔަ ސަރުކާރުން ނިންމި ގަލުފަޅު--
ނަމަވެސް މި ހަފުތާގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، އެކި ވަސީލަތްތަކާ އެކު، ދަތުރު ދިއުމަށް ރަށެއް ވަރަށް އަވަހަށް ހަމަޖައްސަވާނެކަން އިއުލާން ކުރައްވައިފަ އެވެ. ރައީސް ވެސް އެރަށާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.
މާލެ ކައިރި ގިނަ ރަށްތައް ހުރީ އެކި ބޭނުންތަކަށް ނަގައިފަ އެވެ. މާލެ ސަރަހައްދުގައި ދިވެހިން ދަތުރު ދާން ބޭނުންކުރި ހުރިހާ ރަށެއްހެން ވަނީ ޓޫރިސްޓް ރިސޯޓް ހަދަން ދީފަ އެވެ. އޭގެ ތެރޭގައި ކުޑަބަނޑޮހާއި މާދޫފިނޮޅާއި ފޭދޫ ފިނޮޅު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮންރަށެއް
21 March 2019
މިމާލެ ސަރަހައްދުގައި އެބައޮއްތޯ ތިންހަތަރު ފަހަރަށް ނުވިއްކާ ފަޅެއްހާ ހިސާބުވެސް. ކީއްތޯވާނީ ރައްޔިތުންނަށްޓަކައި ރިސޯޓް އޯނަރަކު އެންމެ ރަށެއް ދޫކޮށްލައިފިއްޔާ.
ހަބީބާ
21 March 2019
ކުޑަބަނޑޮސް ރައްޔިތުންނާ ހަވާލު ކުރޭ.
ވާލުސޮރު
21 March 2019
ކަނޑުއޮތްގިރި އެއީ ދަތުރުދާން ކަމުދާ ރަށެއްނޫން.
Ali Hammitte
21 March 2019
ރަނގަޅުވާނެ
ihaaru.
21 March 2019
އާރަށް ބަނޑޮހައްވުރެއްވެސް ކައިރި ޤައުމަށް ބޭނުން ނުހިފޭ، ކޭންޕްޑޭވިޑް
ޕްރައިމަރީ
21 March 2019
އުދަފިނޮޅު ރަންގަޅުވާނެ މާދުރެއްވެސްނޫން، ހަމައޮންނަނީ، އުކުނޑި ކޮށްޓާލަ ކޮށްތާލަ
ދަރީ
21 March 2019
ޕެރަޑައިސް ހުސްކޮށްފަ ރައްޔިތުންނަށް ދޭންވީނު. ގާސިމަށް އެވަރުކަމެއް ރައްޔިތުންނަށް ކޮށްދެވޭނެ
ފާރަގެމަ
21 March 2019
ފަރުކޮޅުފުށި
ހުސައިން ވިސާމު
21 March 2019
އެންމެ ރަނގަޅު ރަށަކީ އާރަށް، ރާއީސުލް ޖުމްހޫރިއްޔާ ޗުއްޓީ ހަދަން ކޮންމެ ތަނަކަށްވެސް ދެވިދާނެ. ކޮންމެހެން ތާސްކުޅެން، ސަކަރާތް ޖަހަން ވަކިން ރަށެއް ޚާއްސަކޮށް ރައީސަށް އެކަނި ބާއްވާވަރަށްވުރެން ރާއްޖެއްކީ މާކުޑަ ތަނެއް. ނޫނީ ހަމަ އެރަށަށް ރައީސަށްވެސް އަދި ރައްޔިތުންނަށްވެސް ދެވޭ ގޮތަށް ބޭއްވިދާނެ، ރައީސް ހުންނަވާތަން ކޮންމެވެސް ވަރަކަށް ސަލާމަތީ ކަންކަން ހަމަޖެހޭގޮތަށް. ތީކީ މާބޮޑެތި ކަންކަމެއް ނޫން، ހަމަ ބިމުގަ ތިބެން އެނގޭ ބަޔަކަށް.
އަހުމަދުބޭ
21 March 2019
ތިހެން ވިއްޔާ ތިޔަރަށަކީ އާރަށް ނޫނީ ދޫނިދޫ ދޯ