ލައިފްސްޓައިލް / ސިއްހަތު

ހަށިގަނޑަށް މޭވާ ޖޫސް އިންޖެކްޓްކުރި މީހަކު މަރުނުވީ ކިރިޔާ

ސިއްހަތު ރަނގަޅުވާނެ ކަމަށް ހީކޮށް ޗައިނާ މީހަކު ހަށިގަނޑަށް މޭވާ ޖޫސް އިންޖެކްޓްކުރުމުން މަރު ނުވެ ސަލާމަތްވީ ކިރިޔާ

24 މާޗް 2019 - 07:27

6 comments

ޗައިނާ މީހަކު، ސިއްހަތު ރަނގަޅުވާނެ ކަމަށް ހީކޮށް، ހަށިގަނޑަށް މޭވާ ޖޫސް އިންޖެކްޓްކުރުމުން ފުރަމެޔާއި ހިތާއި ކިޑްނީ އަދި ފުއްޕާމެޔަށް ބޮޑެތި ގެއްލުންތަކެއްވެ އައިސީޔޫގައި ފަރުވާ ދޭން ޖެހިއްޖެ އެވެ.

އުމުރުން 51 އަހަރުގެ މި އަންހެން މީހާ ހަށިގަނޑަށް ފޮނުވި މޭވާ ޖޫހުގައި 20 މޭވާއެއްގެ އަސަރު ހުރި ކަމަށް، އެ މީހާ އަށް ފަރުވާ ދިން އެފިލިއޭޓެޑް ހޮސްޕިޓަލް އޮފް ޝިއަންގަން އިން ބީބީސީ އަށް ކިޔައިދިނެވެ.

މި ހާދިސާ އަށް ފަހު ޗައިނާގެ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދެކެވެނީ، ސިއްހީ އެންމެ އަސާސީ ކަންކަމާ މެދު ވެސް އާންމުންގެ ހޭލުންތެރިކަން އެ ގައުމުގައި ކުޑަ ކަމުގެ ވާހަކަ އެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި އަންހެން މީހާގެ ގަޔަށް މޭވާ އިންޖެކްޓްކުރުމާ އެކު ގައި ކަހައި ހަށިގަނޑުން ހޫނު އަރަން ފެށީ އެވެ.

އޭގެ ފަހުން ހާލު ބޮޑުވެ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މީހާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. ހޮސްޕިޓަލުން ދޫކޮށްލީ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދީ ހަމަޔަކަށް އެޅުވުމަށް ފަހު އޭގެ ފަހުން ވެސް ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި ބޭއްވުމަށް ފަހުގަ އެވެ.

6 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 65%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާޖަރާގެ ދަރިފުޅު!!!

22 September 2019

ސ. ހުޅުދޫގަ ކުރިން އުޅުނު ޑޮކްޓަރެއް. (އިނގިރޭސިންގެ ދުވަސްވަރު ޑޮކްޓަރުންނާއެކު ތަރުޖަމާނަކަށް އުޅުނުކަމަށްވަނީ) ފުރަތަމަ ދައްކަން ދާދުވަހު ޖަހާނީ އިންޖެކުޝަނެއް. ރަގަޅު ނުވެގެން ދެވަނަ ފަހަރަށް ދިޔައީމަ ދެން ރަގަޅު ބޭސް ދޭނީ. އޭރު އޭނަ އިންޖެކްޝަނުން ކުރުނބާ ފެން ޖަހާކަމަށްވަނީ. ހުޅުދޫގެ އިއްޒައްތެރި ބޭފުޅެއް ކައިރިން އައްސަވާބައްލަމަ. އޭނައަކީ މޮޅުމީހެއް ކަމަށްވަނީ އެކަމަކު މީ އޭނަ ކުރާކަމެއް.

The name is already taken The name is available. Register?

ހާޖަރާގެ ދަރިފުޅު!!!

13 September 2019

އަލްހަމްދުލިއްލާހި. ﷲ އައް ޝުކުރު ކުރަން.

The name is already taken The name is available. Register?

ކަކުނިބޯ

24 March 2019

ދެވަނަ އިންޑިޔާ

The name is already taken The name is available. Register?

ޖަލީލު

24 March 2019

ސ. ހުޅުދޫގަ ކުރިން އުޅުނު ޑޮކްޓަރެއް. (އިނގިރޭސިންގެ ދުވަސްވަރު ޑޮކްޓަރުންނާއެކު ތަރުޖަމާނަކަށް އުޅުނުކަމަށްވަނީ) ފުރަތަމަ ދައްކަން ދާދުވަހު ޖަހާނީ އިންޖެކުޝަނެއް. ރަގަޅު ނުވެގެން ދެވަނަ ފަހަރަށް ދިޔައީމަ ދެން ރަގަޅު ބޭސް ދޭނީ. އޭރު އޭނަ އިންޖެކްޝަނުން ކުރުނބާ ފެން ޖަހާކަމަށްވަނީ. ހުޅުދޫގެ އިއްޒައްތެރި ބޭފުޅެއް ކައިރިން އައްސަވާބައްލަމަ. އޭނައަކީ މޮޅުމީހެއް ކަމަށްވަނީ އެކަމަކު މީ އޭނަ ކުރާކަމެއް.

The name is already taken The name is available. Register?

އަލީ321

25 March 2019

އައިވީ ފުލުއިޑް ޖެހޭނެ އެއީ ހަމަކުރުބާ ފެން

The name is already taken The name is available. Register?

ޏސޖސޖ

24 March 2019

ގަމާރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454