އިދިކޮޅު އިއްތިހާދުގެ އިސް ވެރިންތަކެއް ނަޝީދާ އެކު އިނގިރޭސިވިލާތުގައި: އިއްތިހާދުގެ މުހިއްމު މަޝްވަރާތަކެއް ލަންކާގައި ކުރިއަށް އެބަ ގެންދޭ.
30 އޯގަސްޓް 2016 - 11:40
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގައި އަދިވެސް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު އަދި ލަންކާ އަށް ވަޑައެއް ނުގަންނަވަ އެވެ.
ނަޝީދާ އެކު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖަމީލް މިދިޔަ ހަފުތާގައި ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް އޮތީ އަޑުފެތުރިފަ އެވެ. އެކަމަކު ޖަމީލް އަދި ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
ޖަމީލްގެ ދަތުރުފުޅު ލަސްކުރައްވާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ނަޝީދާ އެކު މިވަގުތު ލަންކާގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިދިކޮޅު އިއްތިހާދުގެ ނައިބު ލީޑަރު އަލީ ވަހީދެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް އިންތިގާލީ ސަރުކާރަކަށް މަގުފަހިކުރަން އުފައްދާފައިވާ އިއްތިހާދުގެ އިސް ބޭފުޅުން ލަންކާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން އެ އިއްތިހާދުގެ އިސް ބޭފުޅުން ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ.
އެކަމަކު މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބައްދަލުވުންތަކަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހުން ބޮޑު ބަދަލުތަކެއް ފެންނާނެ އެވެ. އެ ބަދަލުތައް ގެންނަން ލަންކާގެ އެހީތެރިކަން ބޮޑުވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
އިދިކޮޅު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރު އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ އިންގިތާލީ ސަރުކާރާ ގުޅޭ މަޝްވަރާތައް ލަންކާގައި ވެސް ކުރިއަށްދާ ކަމަށެވެ. މާ ބޮޑު ތަފްސީލެއް ނުދެއްވައި ވިދާޅުވީ އެކި ދުވަސްވަރު އެކި ބޭފުޅުން ވަޑައިގެން މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް ޖަމީލާ ސަލާމް ކުރައްވަނީ. ލަންކާގައި ކުރިއަށްދާ ބައްދަލުވުންތަކަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހުން ބަދަލުތަކެއް ފެންނާނެ ކަމަށް ބުނޭ. - ފޮޓޯ: ރައީސް އޮފީސް
އިދިކޮޅު ލީޑަރުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރައްވާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބީބީސީގައި ޝާއިއުކުރި ރިޕޯޓެއްގައި، އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނެފައިވާ ގޮތުގައި، ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ވަނީ ރާވާފަ އެވެ. އެކަމަކު އޭގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ.
މި ރިޕޯޓާ އެކު "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމަށް ބުނެ ސަރުކާރުގެ ފާޑުކިޔުން އިއްތިހާދަށް އަމާޒުކޮށް، އެ ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
އިއްތިހާދުން ބުނެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުވެ ރައްޔިތުންނަށް ގެއްލުންދީ ހިންގާ ވިޔާނުދާ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތްތަކަކީ ބަޣާވާތެއް ކަމަށް ފްރޭމްކުރަނީ ސަރުކާރުން ކަމަށެވެ. ރައްޔިތުންނަށް ފެންނަމުން މިދަނީ ސަރުކާރުގެ ވިޔާނުދާ އަމަލުތަކާ ހެދި އަމިއްލަ އަށް ވެއްޓޭ މަންޒަރު ކަމަށް ވެސް އިއްތިހާދުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
31 August 2016
ރާއްޖޭންބޭރުގާ ފިލާތިބެގެން ކޮންސަރުކާރެއްތަ ތިޔަވ އިއްތިހާދީންނަށް ވެއްތޭނީ! ތިޔައުޅެނީ ލަންކާ ސަރުކާކާރު ވައްޓާލަން ތޯއްޗެއް. މިހާރު މައިތިރިޕާލާ ބިރުން ފިއްކެނޑޭނެ.
މުހައްމަދު
31 August 2016
ކިބުރުވެރިކަން އެއްފަރާތެއްގަ ބޭއްވުމަށްފަހު ބިރުގަތުމާއި ޖެހިލުންވުމީ ޖަމީލްގެ ކިބައިން ތަޖްރިބާކުރެވުނު ޢަމަލްތަކެއް މިކަންކަން އެއްފަރާތްކުރުމަށްފަހު ވިލާތު ޖަމާޢަތުގެ މެދުގައި ވަރށްބޮޑު ޚިޔާލުތަފާތުވުންތަކެއް އުޅެމުންދާކަމަށް އުތުބާރުހުރި މަސަދްރުތަކުން މަޢުލޫމާތުދޭ ކިރިޔާވެސް އުއްމީދެއްގެ ހުޅުކޮޅެއް ދިއްލުނަސް ވިލާތު ޖަމާޢަތް ހައެއްކަބަޔަށް ބައިވެ ބާޣީންގެ ނަންބޯރޑް އެޅުވުނު މީހުން އަނެއްކާވެސް ބާޣީންނަށްވާނެކަން މި މަސައްކަތުގަ އިސްކޮށްއުޅޭ އެމް ޑީ ޕީ ގެ ސީނިޔަރ މެމްބަރުންގެ ގްރޫޕުންދަނީ ހާމަކުރަމުން
ދާއޫދު
31 August 2016
ނުހައްގުން ލާރިލިބުނުމީހުން ތިބޭނެ ވަރައްބިރުން. ރައްޔިތުންގެ 99 ޕަރސެންޓް މީހުން ބިރެއް ނުގަންނާނެ ބަޔަކު ވަގައްނެގި ފައިސާ ލިބިގެން ދައުވާކޮއްފާނެތީ. ގެއްލުނު ލާރިން ބައިލިބުނީ ވަރައް ވަރައް މަދުބަޔަކައް.
ސައްޕު
30 August 2016
80 ގެ އަހަރުތަކުގައި ކުޑަމޫސަ ނިޔުރޭޑިއަންޓް ދޫކޮށް އަދި ދޮންބިލެތް، އަނިލް ވިކްޓަރީ ދޫކޮށްގޮސް އެހެންޓީމުތަކާ ގުޅުނީމާ އޭރު މީހުން ހީކުރި އަހަރުތަކެއް ވަންދެން އެމީހުން ދިޔަ ޓީމްތަކަށް ތަށިތަކެއް ކާމިޔާބުކޮށްދީ އެމީހުންގެ ވިދުންވެސް އިތުރަށް ގަދަވާނެކަމަށް! އެކަމަކުވީ ކިހިނެތް؟ އެމީހުން ދިޔަ ޓީމްތަކަށްވެސް އެކަށީގެންވާ ރަގަޅު ކާމިޔާބީތަކެއް ހޯދާނުދެވުމުގެ އިތުރުން އެމީހުން ވެސް ދާދިއަވަށް އޮއްސުނީ! މައިގަޑު ސަބަބަކީ ކޮބާ؟ އެމީހުން ބޭނުންވީ ފައިސާ! އެއްޗަކީ ހަމައެކަނި ފައިސާއާ ބާރުކަމަށް ހީކޮށްގެން ފިޔަވަޅުތަކެއް އަޅައިފިނަމަ ކޮންމެ މީހަކަށް ވެސް ވާނީ މިހެން! މިގޮތުން މިހާރު އެމްޑީޕީގެ މަތީފަޑިއަށް ސަވާރުވެގެން ތިބި އެހެން ޕާޓީތަކުގެ ބޮޑުން ވެސް އެއުޅެނީ ހަމައެކަނި އާރާއި ބާރުގެ ބޭނުމުގައި! އެއްކަލަ ބާޣީގެ ލިސްޓްގައި ހިމެނި މީހުންނާ އެންމެއް އެތިބީ މަތިފަޑީގައި! މި މީހުންނަށް އަދި ރީތި ލަޑެއް ލިބޭނެހެން ހީވަނީ! ކޮބާ އެމްޑީޕީއަށް މަރުދިން ދެ އަސްލަންޓޭ، ވެލެޒިނީ، ޝަފީގު، އ. ހުސެން ޒަކީ، ދޮންބިލެތް، އާދަންބެ، ކުރީގެ އިހަވަންދޫ މެންބަރު، މަނަދޫ މެންބަރު، މަޝްހޫރު ބޮންޑާ އަދި ޤަސަމް މެންފަދަ މީހުން؟ މީގެ އިތުރުން ކޮބާ އާދައިގެ އެތައް ސަތޭކަ ޕާޓީގެ މީހުން! މިކަހަލަ ވަފާތެރިން އެރިބީ އެއްކައިރި ކޮން ނުވަތަ ކަންކަން ޕާޓީތެރޭގައި ހިގާގޮތުން އެއްކައިރިއަށް ޖެހި! ވީމާ ތިޔަ އިއްތިޙާދު ނިމޭނީ އިންދިރާސް ވެގެންކަންނޭގެ!
އެމްޑީޕީ
31 August 2016
އޭ އެ އެންމެންވެސް ހެސްކިޔާފަ މި ހަރަކާތުގަ އެބައުޅޭ. ޙަމަ އެކަނި ޓީވީއެމް ބަލަންޏާ ވާނީ ތިހެން
ރީމް
30 August 2016
ނުކެރޭނެ އަންނާކަށް. ޖަމީލު ބިރުން އެ އުޅެނީ
ގޯނިބޭ
30 August 2016
ކޮންފަދަ އިންތިގާލީ ސަރުކާރެއްތަ މަވެސްމީ ވެރިކަމާ ހެދި ބޫތުކައިފަ ހުރިމީހެކޭ... މަވެސް މިހިރީ ހަމަ ހަވާލުވާން ތައްޔާރަށް....
ރަނގަޅު
30 August 2016
ނަޝީދު ހުންނަން ޖެހޭނީ ލަންކާގައި ހިތް ދަހިވޭވޭ ރާއްޖޭގެ ތަޚްތު ގެ މަތިން. މަމެން ނުދޭނަން ރާްއްޖޭގެ ވެރިކަން ރަންރީނދޫ އަށް. ދުވަހަކު ވެސް ނުދޭނަމެވެ. މިދަނީ މަދު ދުވަސް ކޮޅެއް ވޭތުވަމުން. ކުޅަދާނަ އެއް ނޫން މިވެރިކަން ވައްޓާލާކަށް. ކުޅަދާނަ އެއް ނޫނެވެ. އެކަން ކުރަން ރަންރީނދޫ ކުދިން ހިތު ވެސް ލާނެ ކަމެއް ނެތެވެ. އެކަމެއް ނުވާނެއެވެ. ނުވާނެ ނުވާނެ ނުވާނެ މިބުނީ އެއް ނޫން ނުވާނެއޭ. އެހެން ވެއްޖެއްޔާ އެދެން އެކަން ނުވާނީ އެވެ. މިކަން ކުރުމުގެ ބަދަލުގައި ރަންރީނދޫ ކުދިން ރަށުތެރޭން މޫކެނޑުން ފަދަ ކަމަކާއި ގެން އުޅުނަސް މާ ރަނގަޅުވާނެއެވެ.
ނުބައި
31 August 2016
ﷲ ކަމަކަށް ވާށޭ ވަޙީ ކުރެއްވުން ލަސްވާނީ. އެކަމެއް ވާނެ. އުފާ ވަނީ އެކުދިން އުއްމީދު ކަނޑާނުލާ މަސައްކަތުގަ ދެމިތިބޭތީ.
ވީނަސް
30 August 2016
މަށަށް ފެންނަނީ ރާއްޖޭގެ ވެރިކަމާ ނޫޅެ ލަންކާގެ ވެރިކަން ލިބޭތޯ އުޅެން. ބިމުގެ ގޮތުންނާ މީހުންގެ ގޮތުންނާ ދީނީ މިނިވަންކަން ނުލާހިކު ބޮޑުވާނެ.
ވީނަސް
30 August 2016
ޖަމީލު ޔޫކޭގައި ނަޝީދު ލަންކާގައި؟؟؟؟؟ މިހިރީ ހައްތާވެސް ސުވާލު އުފެދޭ ކަންތައް. އެކަމަކު ލަންކާގައި ސަރުކާރު ބަދަލުކުރުމުގެ ނަނާ ހުވަފެން ދައްކާތާވެސް މިހާރު ހަފްތާއެއްވީ. ޖަމީލު އަންނަ ބޯޓު އަދި ބަނދެ ނުނިމެނީތޯ.
ވާގޮތް
30 August 2016
ނަޝީދަށް އާދެވޭނީ ރާއްޖެ އާއި އެންމެ ކައިރި ދުނި އަށް ވެސް ލަންކާ އަށް ދޯ. ދެން މަމެންނަށް ހީވަނީ އުުމުރުގެ ބާކީ އޮތް ބައި ނަޝީދު ހޭދަ ކުރާނީ އެގޮތަށް ހެން. ސަބަބަކީ މިހާރު ނަޝީދު ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފިނަމަ އަނެއްކާ އަނެއް ޕެކޭޖް އެދަނީ ބޯމަތި ވަމުންނެވެ. އެބާވަތުގެ ވަން ހަންޑްރެޑް މިލިއަން ކޭސް އަދި ޕެންޑިންގް ޕައިޕް ލައިން ގައި އެބަހުއްޓެވެ. ދެން ކިހިނެއް ނަޝީދަށް ރާއްޖެ އަށް އާދެވޭނީ ދޯ.