ނަޝީދު މިއަދު މުޣުނީއާ ސަލާމްކުރައްވަނީ. --ފޮޓޯ/އެމްޑީޕީ
27 މާޗް 2019 - 18:52
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދު އަށް މިއަދު ވަޑައިގަތުމުން، އެމްޑީޕީން ތާއީދު ނުކުރަން ނިންމާފައިވާ ކެންޑިޑޭޓު އަބްދުލް މުޣުނީ އިސްވެ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ތިނަދޫ އުތުރު ދާއިރާ އަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް، މުޣުނީ އަށް ތާއީދު ނުކުރަން އެ ޕާޓީން ނިންމީ އޭނާ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތަކާ ގުޅިގެންނެވެ. މުޣުނީ އަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ފަހު އެމްޑީޕީން ބުނެފައި ވަނީ އޭނާ އަށް ކެމްޕޭން ކުރުމުގައި އެ ޕާޓީން ބައިވެރި ނުވާނެ ކަމަށެވެ.
ނަމަވެސް ނަޝީދު ތިނަދު އަށް މިއަދު ވަޑައިގަތުމުން އެންމެ ފުރަތަމަ އެމަނިކުފާނާ ސަލާމް ކުރައްވައި މަރުހަބާ ވިދާޅުވީ މުޣުނީ އެވެ.
ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންނާ އެމަނިކުފާނު ސަލާމް ކުރައްވަމުން ގެންދެވި އިރު އަރިހުގައި ހުންނަވައި ބައެއް މީހުން ތައާރަފް ކޮށްދެއްވަމުން ގެންދެވީ ވެސް މުޣުނީ އެވެ. ތިނަދޫ ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސަނީފް ވެސް އެތަނުގައި ހުންނެވި އެވެ.
ތިނަދައުއަށް ނަޝީދު ވަޑައިގެންނެވުމުން މުޣުނީ ސަލާމް ކުރައްވަނީ
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ. މީގެ 11 އަހަރު ކުރިން ހިނގާފައިވާ އެކަންތައްތަކާ ގުޅޭގޮތުން އެ އަންހެން މީހާ ބުނެފައި ވަނީ އެ މައްސަލަތައް ފުލުހުންނަށް އޭރު ހުށަހަޅާފައިވާ ކަމަށެވެ.
އެކަމަކު މުޣުނީއާ ގުޅުން ހުރި އެއްވެސް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވޭތޯ ބެލުމަށް އޭނާ ފުލުހުންނަށް ފޮނުވި ސިޓީ އަށް މިދިޔަ ހުކުރު ދުވަހު ފުލުހުން ދިން ޖަވާބުގައި ބުނެފައިވަނީ މުޣުނީގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރެއްގައި ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އޭގެ ފަހުން ވެސް އެމްޑީޕީން ބުނެފައި ވަނީ މުޣުނީގެ ތާއީދު އަނބުރާ ގެންދަން ނިންމި ނިންމުން ބަދަލެއް ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ނިންމުމާ ގުޅިގެން މުޣުނީ ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމަށެވެ.
"ޕާޓީގައި އެބަހުރި އެކަހަލަ ތުހުމަތެއް ކޮށްފިއްޔާ ބެލޭނެ ގުނަވަންތައް. އަޅުގަނޑަށް ސުވާލެއް ވެސް ކުރުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަކުރަން. މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީއަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" އެ މައްސަލަ ފެންމަތިވި ދުވަސްކޮޅު މުޣުނީ ވިދާޅުވި އެވެ.
މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
28 March 2019
ގެމަނަފުއްޓަށް ނަޝީދު ވަޑައިގަތުމުން އޭނާއާއި ސަލ؛ާން ކުރި ކުއްޖެއްގެ ބައްޕައަށް އޭނާ އައްނިއާއި ސަލާންކުރިކަން އެގުނީމާ ގެއަށްއައިސް އެކުއްޖާ ގެންގުޅޭތަކެތި ބޭރަށް އުކާލުމަށްފަހު އެކުއްޖާ ގެއިން ނެރެފިއެވެ މިއީ ގެވެށިއަނިޔާއަކަށް ނުވާނެތޯއެވެ ކުއްޖަކީ 18 އަހަރުން މަތީ ކުއްޖަކަށްވިއަސް އޭނާގެ ޙައްގުތަކެއްވެސް އޮންނަންވާނެއެވެ
އަސްރަފު
29 March 2019
ސަތޭކަ އަހަރުވެފައި ހުއްޓަސް އުރެދުމަކަށް ނުވަންޏާ މައިން ބަފައިންނަށް ކިޔަމަން ވާން ދަރިންނަށް ޖެހޭނީ. ޝޭހު އިމުރާނު ކުރެން އަހާބަލަ. ގެއިން ނެރޭށެކޭ ނޫން. އެކަމު ދަރިވެސް ދަންނަންވާނެ ތިމަންނާގެ ބައްޕަ ކުރާ އަމުރަށް ތިމާ ކިޔަމަންވާން ޖެހޭނެކަން.
ސަންދާނު މޮޔަމީހާ
28 March 2019
ރައީސް ނަށީދު އާއިލާއިން 1980 އަހަރު ތަކުގާ ތިއާއިލާއިން ހިނގި(ސަފާރީޓުއާރސް) ރިސޯޓުތަކަށް ބޭނުންވާ މީހުން ހޯދަން އިއުލާންކޮއް ނޫސްތަކައްދީ ރޭޑިއޯއިން ގޮވާ އޮފީހުގެ ބޭރުގަ އިއުލާންޖަހާއިރު ވަޒީފާ ބޭނުންވާ މީހާގެ ށަރުތު 1 އައްޑޫ' ހުވަދޫ' ފޯއްމުލަށް މިތިން އަތޮޅަށްނިސްބައްވާ މީހަކައްނުވުން މީތި މީހުންގެ ހާލު ކީކުރަންތޯ ދެކުނު މީހުންކާރީ ސަލާން ތިޖަހަނީ ދިވެހިންނަކީ ވަރަށް ފަސޭހައިން ހަނދާންނެތޭބައެށް ވިސްނާ ވިސްނައު
ޖަޒީރާމޭން
28 March 2019
ނަޝީދު ނިކަން ވިސްނާލަބަލަ. ތެޔޮ ހަމެއްގެ ބަދަލުގައި އެދިނީ ހެޔޮކަމެއް.
ޒުހައިރުބެކުރެހި ތިން ބޮޅު
28 March 2019
މުޣްނީ އަކީ ލެޖެންޑެއް . ޕާރޓީއިން ކޮންމެ ގޮތަކަށް ކަންތައްކުރިއަސް ޕާރޓީ ދޫކޮންނުލި. ޒިފޫއަކީ އަނެއް ލެޖެންޑް. އެއްވޯޓް ދެވޯޓުން ޕްރައިމަރީގަ ބަލިވީމަވެސް ފަހަތަށްނުޖެހި ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓާއެކު ޕާރޓީއަށް ޚިދުމަތްކުރުމުގައި. އަންނަން އޮތް ޖީލުތަކަށް މިސާލުތަކެއް.
ރީތި މޫސަ
28 March 2019
އިތުރު ގޮތެއްނެތް އެހެންނޫނީ ތިމާގެމީހުންގެ ވަޒީފާ؟
ލަބީބު
27 March 2019
ރަގަޅު ނިންމުމެއް! އެއްވެސް އިރެއްގައި ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެއް ނެތް. ކޯޓެއްގައި މައްސަލައެއް ނެތް. ތާއީދު އަބުރާ ގެންދަންވާނީ މި މުއައްސަސާތަކުން ރަގަޅަށް ސާފުކޮށްފައި.
ތިމާވެށި
27 March 2019
އަންނި ޕާޓީގެ ނިންމުމާ ހިލާފް ވީމަ ފިޔަވަޅު އަޅަން ޖެހެއެވެ.
ހުތް އާދަނު
27 March 2019
ތިޕާޓީއަކީ ވަކި ބަޔަކަށް ފެންނަގޮތެއް ހަދަމުންގެންދާ ޕާޓީއެއް.
ފޮނި އާދަނު
27 March 2019
އެ ޕާޓީއިން ހަދަންވީ ޔާމީނަށް ނޫނީ ގާސިމަށް ފެންނަ ގޮތްތަ؟ ޖޭޕީއިން ހަދަނީ ކާކަށް ފެންނަ ގޮތެއް؟ ޕީޕީއެމް ހަދަނީ ކާކަށް ފެންނަ ގޮތެއް؟ ނަޝީދަށް ފެންނަ ގޮތްތަ؟
ނަޖުމާ
27 March 2019
ނަޝީދު ތިނަދުއަށް ދިޔައީ ކާކަށް ކެމްޕޭނުކޮށްދޭން؟ މީ ކަބީ ހުޝީ ކަބީ ގަމް ގެ ސީން އެއްތަ؟ ބައްޕަ އައީމަ ޝާހުރުކު ރޮމުން ހޭރެމުން ޕާޕާ އާޕް އާގަޔޭ..ދެން އަމީތާބު ބޭޓާ ބަޅޯންސޭބީ ބޫލް ހޯތީހޭ...
އާދަމް ބާއީ
27 March 2019
ހަބޭސް ކޮމެންޓެއް.
ފިލްމު ޑޮން
28 March 2019
މިއީ ފިލްމް ޑޮން ގެ މައްޒަރެއް. އައްނީ އަކީ ޑޮން. އަމީތާބް ގެ ބައި އައްނީ ކުޅެނީ. މުޢުނީ އަކީ ދަރުމެންދުރާ. " ޑޮން ޕަކަލް ނޭކޯ މުޝްކިލް ނެހީހޭ ނާމުންކިންހޭ ".
ހަފްސާ ނައިމް
27 March 2019
ރައީސް ނަޝީދު އަދިވެސް ހަމަ ޅައީ. މީހުން ޖަޖު ކުރަން ޖެހޭނީ އެމީހާގެ ދެލޮލުން.. ދެލޯމަތިން. މުޢުނީގެ ދެލޯ މަތިން، ދެލޮލުން އަދި ބޮޑީ ލެންގުއޭޖުން ފެންނަނީ ރަނގަޅު މީހެއް ކަން. ކޮންމެ މީހަކު ވެސް ހެކިވާނެ، އެއްބަސް ވާނެ.