28 މާޗް 2019 - 19:39
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހު، އެމަނިކުފާނު ދޫކޮށްލުމަށް ހައި ކޯޓުން މިއަދު ކުރި ހުކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރައްވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ގދ. ވާދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހައި ކޯޓުން ޔާމީން ދޫކުރަން ނިންމީ ކުރިން އެ ކޯޓުން ކުރި ޝަރީއަތް އޮތްތަނުގައި ބާއްވާފައި ކަމަށެވެ.
ހައި ކޯޓުން އެގޮތަށް އަމުރުކުރީ، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 18 ގައި ކުރި އަމުރު އިސްތިއުނާފު ކުރުމުންނެވެ.
މައްސަލަ ހައިކޯޓުގައި ކުރިން ބެއްލެވީ ފަނޑިޔާރު ހުސެން ޝަހީދު އާއި އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު ހަސަން އަލީ އެވެ. ނަމަވެސް މިއަދު ވަނީ ރައޫފްގެ ބަދަލުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބެންޗަށް ހަމަޖައްސައިފަ އެވެ. ރިޔާސަތު ބެލެހެއްޓެވީ ހަސަން އަލީ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ، ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު (200 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ވެސް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.
އެ ކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވަނީ އެންމެ ފަރުދަކަށް އެވަރަށް ފައިސާ ދޭން ޖެހެނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. އެއީ ނަރުދަމާ އާއި މަގު ހެދުމާއި ސްކޫލުތައް އިމާރާތް ކުރުން ފަދަ އެތައް މަޝްރޫއެއް ހިންގޭނެ ފައިސާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ ފައިސާ އަކީ 70 މިލިއަން ޑޮލަރު. މިހާރު ބޭނުންވެ ވަޑައިގެން އެ އުޅުއްވަނީ 112 މިލިއަން ޑޮލަރު. އަނެއްކާވެސް ޝަރީއަތުން އެކިގޮތްގޮތުން ގުޑުވާލައިގެން އެކަން ކުރަށްވަންވީ،" ގާސިމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
އެ ކަންކަން އެގޮތަށް ހުރުމުން މަޖިލީހުގެ ގޮނޑިތައް އެމްޑީޕީން ހޯދުން އަވަސް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވިސްނަވާތި. ބައްލަވާތި. އަޅުގަނޑުމެން އަމިއްލަ ޒާތީ ކަންކަމުގެ ތެރޭގައި އާއްމު މަސްލަހަތު ނަގައި ނުލައްވާތި. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންސާފު ގާއިމުނުކޮށް ގެނެވޭނެ ތަރައްގީއެއް ނެތް ކަމަށެވެ. އެމްޑީޕީގެ މަޖިލިސް ސިޔާސަތު، އެޖެންޑާ 19 އިން ރާއްޖޭގެ ޝަރުއީ ނިޒާމް އިސްހާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
"ބެންޗް ބަދަލުކޮށްފައި ހިނގަމުން އަންނަ ޝަރީއަތް މެދުން ފަނޑިޔާރުން ބަދަލުކޮށްފައި އެހެން ބަޔަކު އައިސް އެހެން ގޮތަކަށް ހުކުމް އިއްވާ ދުނިޔޭގެ އެއްވެސް ބަޔަކު އެކަން ނުދަންނަ ގޮތްގޮތަކަށް އެޖެންޑާ 19 އިން ޝަރުއީ ނިޒާމެއް ނުހިނގާނެ،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯޝަލިސްޓް
30 March 2019
ޖުޑިޝަރީއަށް މީހުން އައްޔަންކުރަންޖެހޭނީ ރައިސް. އަދި އެދައުރެއްގެ ގާނޫނު ހެދުމުގެ ބާރުވެސް އޮންނަންޖެހޭނީ ރައިސް އަށް. އެހެންނޫނީ ރައްޔިތުން ރައިސް ހޮވިޔަސް ބާރެއްނެއް ރައިސްއަކަށް އޭނަވާނީ. ދބއ އެކަކަށް މިހާގިނަ އަދަދެއްގެ ލާރިލިބުމަކީ ގައމުގެ ދެންތިބި ރައްޔިތުންނަށް ހުރި ނުރައްކަލެއް. ގައުމުގެ މުދަލާ ރިސޯސްތައް ބަހަންވާނީ އެންމެންނަށް ހަމަހަމަޔަށް. ރިސޯޓުތައް އަދި ބޮޑެތި ވިޔަފާރިތައް ކުރުމުގެ ފުރުސަތު ވަކިވަކި ފަރުދުންނަށް ދީގެންނުވާނެ.
ޏ. ސިޓީ
29 March 2019
މިރާއްޖޭގެ ހަލާކު...
ނަޝީން
29 March 2019
އެބުނާހެން ކީއްވެ އަދީބު ދޫނުކުރަނީ؟
އިންސާފް
29 March 2019
ގުދޯ ގުދޯ ގޮވުމުގެ ބޭނުމެއް ނެތް. މާޒީގަ ކަންވެ ދިޔަގޮތް އަހަރެމެންނަށް އިނގޭ. އަދި ތިޔަފަރާތް ތަކުން މުސްތަގުބަލުގައި ކަންކުރާނެ ގޮތްވެސް ލަފާކުރެވޭ. ހުރިހާ ދިވެހިންނަކީ މޮޔަހެއްދޭނެ ބައެއްނޫން.
ދަތްނެތްކުއްޖާ
29 March 2019
ޖުޑިސަރީ އިސްލާޙު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ޖުޑިސަރީއަށް މެމްބަރުން ހޮވާނެ ދުވަހަކުންނެވެ.
ކަލް
30 March 2019
ރައްޔިތުންގެ ވޯޓަކުން ހޮވިމީހުންގެ ހާލާމެދު ވިސްނާލިނަމަ ތިޔަހެން ބުނަން ހައްސަފަހަރު ވިސްނީސް
ތުންބުރިކާޅު
29 March 2019
ހުކުމުގެ މައްސަލައެއް ނޫމް ސަރުކާރު މައްސަލައެއް ސަރުކާރުގެ މައްސަލައަކީ ހުކުމް އާކިރަން ހުށަނޭޅުން
ކޮބާ ކޮބާ
29 March 2019
ޜ ނަޝީދު އަކީ ޝަރުއީ ނިޒާމް ދަންނަ ބޭފުޅެއް ނޫން... ގަދަބާރުން ފަނޑިޔާރުން ލައްވާ ހުކުމެއް ނުކުރުވޭނެ.. ޔާމީން އަށް ކޮންމެވެސް ވަރެއް ކުރެވުނު...އަދިވެސް .މިކަމަށް އެންމެ މޮޅުވާނީ މައުމޫން..ތިޔަ އޮތީ މަޖްލީހާ ފަނޑިޔާރު ގެ ރަނގަޅައް ޖެހި ފުށު އަރާފަ.. ހުޜިހާ ނުރައްކަލެއް. ޜ. ސާލިހު އަށް.. ާ
ކެނެޑީ
29 March 2019
މައުސޫމަށް 22 މިލިއަން ހުކުމް އޯކޭ. އަންނި ބުނަންތަ އަންނިއަކީ އަޅުގަނޑު ސުޕަރހީރޯއެއްކަމުގައި ކުރީގައި ދެކުނު ބޭފުޅެއް، އެކަމަކު މިހާރު އެއްވެސް ތާއީދެއްނެތް
ހޮލާކޯ
29 March 2019
ޖުޑީޝަރީ އިޞްލާޙުކުރަންޖެހޭ. ނަޝީދުވެސް ހަމަ، ނުހައްގު ހުކުމަކަށްވިއަސް، ސަލާމަތްވުމަށް ނުރަނގަޅު ނުފޫޒު ފޯރުވި، އަދި އެހެންކަންކަމުގައިވެސް ނުރަނގަޅު ނުފޫޒު ފޯރުވާ، މިއީ ޖުޑިޝަރީ އިޞްލާޙު ނުވާ ސަބަބަކީ، މަނިކުފާނު ނުރަނގަޅު ނުފޫޒުން ކަންކޮށްފަ، އަނެއްކޮޅުން އިސްލާހަށް ގޮވީމަ ގަބޫލުނުކުރެވެނީ. އަޅުގަނޑަށް ފެންނަ ހަމައިގައި ޔާމީނުވެސް ގާސިމުވެސް އަންނިވެސް ނުރަނގަޅު ނުފޫޒު ފޯރުވާ، ތަފާތަކީ ފޯރުވާ މިންވަރު.
މީސް
29 March 2019
މީވެސް ޖަލުގާއޮއްނަން ޖެހޭގޮލައެއް