ގާސިމާއި ޔާމީން ސަލާމް ކުރައްވަނީ: އެ ދެބޭފުޅުން އެކުގައި މަސައްކަތް ކުރައްވާތީ ނަޝީދު ފާޑުވިދާޅުވި-- ފޮޓޯ: މިހާރު
30 މާޗް 2019 - 14:16
ކުރީގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުނބޯ ހައްދައިގެން ކަމަށް ކޯލިޝަން މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރަން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހެދި ޕީޕީއެމް/ޕީއެންސީ އަދި ޖުމްހޫރީ ޕާޓީން ވަނީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން ނިންމައިފަ އެވެ.
ގުރައިދޫ ދާއިރާ އަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓު މުހައްމަދު ނާސިރަށް ތާއީދު ހޯދަން ތ. ދިޔަމިގިލީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ޔާމީންގެ މަޅި އަށް ޖުމްހޫރީ ޕާޓީ މެހޭތަން ފެނިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ ފެނޭ ރައީސް ޔާމީން ޖުމްހޫރީ ޕާޓީ ގުނބޯ ހައްދައިގެން ބުޅަލެއްހެން ކުޅުވަމުން ކުޅުވަމުން ގެންދާ ތަން. އެ މަޅިއަށް ރީތިކޮށްގޮސް ޖުމްހޫރީ ޕާޓީ އެބަ މެހޭ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދާއި ގާސިމް: ދެ ބޭފުޅުން ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން.-- ފޮޓޯ: މިހާރު
ހަމަނޭވާ ލެވެން އޮތީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ ނަޝީދު ވަނީ އެ ކަމަށް ވެސް ރައްދު ދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން ނުކުމެ ބޮޑުތަނުން ޔާމީން ބަލި ކުރީ ރައްޔިތުންނަށް ނޭވާ ނުލެވިގެންނެވެ. ރައްޔިތުންނަށް މިއަދު ވެސް ނޭވާ ނުލެވިގެން މިއުޅެނީ އަލުން ހުދުމުހުތާރު ވެރިކަމެއް ރާއްޖެ އަށް އަތުވެދާނެތީ ކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
"ނޭވާއެއް އެ ބޭފުޅާއަކަށް[ޔާމީނަށް] ނުލެވެޔޯ އަމިއްލަ ބޭބޭފުޅު ގެންގޮސް ޖަލަށް ނުލެވެނީހެއް. ނޭވާއެއް އެ ބޭފުޅާއަށް ނުލެވެޔޯ އެ ބޭފުޅާއަށް ބޮޑު ބޭބެ ކިޔާ އަމިއްލަ ދަރި ޖަލަށް ނުލެވެނީހެއް. ނޭވާއެއް އެބޭފުޅާ އަށް ނުލެވެޔޯ ހުރިހާ ސިޔާސީ ލީޑަރުން ދޫކޮށްލާފައި ތިބޭތީއެއް،" ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ނޭވާ ނުލެވިގެން އެ އުޅުއްވަނީ ހުދުމުހުތާރު ބާރު އަލުން އެމަނިކުފާނަށް ލިބިވަޑައިނުގަންނަވައިގެން."
ނަޝީދު ވިދާޅުވީ އެމްޑީޕީ އޮތީ "ހޭލާ" ކަމަށާއި ދިވެހި ރައްޔިތުން ތިބި ގޮތް މިފަހަރު ރައީސް ޔާމީނަށާއި ޖުމްހޫރީ ޕާޓީއަށް ސާފު ވާނެ" ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަޣާވާތަކުން މި ސަރުކާރު ވައްޓާ ނުލައިފި ނަމަ ދިވެހިންނަށް ވަޒީފާގެ ފުރުސަތާއި ބޯހިޔާވަހިކަން ފަދަ އަސާސީ ހިދުމަތްތައް އެޖެންޑާ 19 ގެ ދަށުން ފޯރުކޮށްދޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
31 March 2019
ނަޝީދުގެ މަޅި މާބޮޑު، އޭގަ ޖެހިގެން ނުނެއްޓެވިފަ ތިބި މީހުން ވަރަށް ގިނަ.
ނެގުނުކަތީބު
31 March 2019
އިބޫވެސް ނަޝީދުގެ މަޅިއަށް އެބަ މެހޭ!
އައިމިނާ
31 March 2019
މަޅިފަތިޖަހައިގެން ހިފޭތޯ ބެލީމޭ.
ވާހަކަ
31 March 2019
ޤާސިމް ޖަލައްލި މައުމޫންވެސް ޤާސިމް ޖަލައްލި ނަޝީދުވެސް ޤާސިމް ޖަލައްލި ޔާމީންވެސް ދެންއޮތީ މިސަރުކާރު މިސަރުކާރުންވެސް ޤާސިމްޖަލައްނުލާނެކަމެއްނޭންގެ އެކަމަކުވެސްބުނެލަންބޭނުންވަނީ ޤާސިމްއަކީ ދިވެހިޤައުމުދެކެލޯބިވާ ދިވެހިދަރިޔެކޭ ޤާސިމްބަލާކައްނުހުންނާނެ ދިވެހިޤައުމުގެމިނިވަންކަން ގެއްލިގެންދާއިރު
މޮހޯ
31 March 2019
ޤައުމުދެކެލޯބިން ގާސިމެއް ނޫޅުއްވާ.. ދިވެހި ބިން އަމިއްލަ މުދަލައް ހަދައިގެން އެއިން ފައިދާނަގާ ވިޔަފާރިވެރިޔެއް އެއީ
ކޮތަރު އިމުރާނު
31 March 2019
ޔާމީން ނުވެސް ބުނާވާހަކަތައް ޔޯލަކޮށްލައިގެން މިމީހާ މި ކިޔަނީ، މީ ހާދަހާ ނުބައި އިންސާނެކެވެ.
ތިމާވެށީގެއިލްމު
31 March 2019
އޮބާމާއާ ޗައިނާއާ ބައިވަރުވެރިންނާ ފޭސް ޓު ފޭސް ވާހަކަދައްކާ އެވެރިންއެއްކޮއްގެންގެނެވޭނެއެންމެމުހައްމަލްމޭޒަކަށްއެންމެންގެންއީ. ޢެންމެފަހު އެންމެން އަމިއްލަގައުމާ ދުނިޔޭގެމުސްތަގްބަލަށްޓަކާ ކޮޅުފައިންޖެހުމުގެބަދަލުގާ ލުއިއެއްޗެއްގަ އަލަށްސޮއެކުރީ. ތަނެއްގަވާހަކަ؟ ބަޑަށްޖެހޭހާލަތުގަ އޫރުމަސްވެސްހަލާލުކަމަށްގިނަމުސްލިމުންގަބޫލުކުރޭ. ދަރިންގެދަރިންނަށްވެސް ދުނިޔެހަލާކުކޮށްލާފަދިނުންރަނގަޅެށްނޫން
ވަތަން އިސްކުރަންޖެހޭ
31 March 2019
އިބޫ އަކީ މަކަރުވެރި މީހެއްކަން ވަރައްސާފުވޭ. މިކަމުގެ މަޅީގަ މިޖެހެނީ ދިވެހިން.
ޝޮކްތެރަޕީ
31 March 2019
ޔަހޫދީންގެ މަޅީގަ ޖެހި މިރާއްޖެ ފަސާދަ ކުރަން ނަޝީދު އުޅުއްވަނީ.
ތިމާވެށީގެއިލްމު
31 March 2019
މަށަކަށްހިއެއްނުވޭ އަދިނުވެސްއިވޭ އަންނި ދުވަހަކުވެސް ދީނޭކިޔައިގެން ނޫނީ ދީންފުރަށްސާރަކުރަން އެއްވެސްމުސްލިލަމަކާވާހަކަދެއްކިކަމެށް. އަހަރެމެންނަށް ދެއްވާފައޮއިތްދުނިޔެ ބަޔަކު ޕްލާސްޓިކުންނާ އެހެނިއެތަށްސަތޭކަ ބައިވަރުބީދައިންއަހަރެމެންގެދަރިންނަށްދޭމިދުނިޔެހަލާކުކުރަމުންދާތީ މިވެށިސަލާމަތްކުރުމަށްޓަކާ މުޅިދުނިޔެ އެއްކޮންސޮއެކުރުވިފުރަތަމަ އެންމެބޮޑު އެންވައިރަންޓް މުއާހަދާގެނައުމުގެ އެންމެ އެއްއިސްރޯލެށްކުޅުނީއެސޮރު.
ހަސަންބެ.
31 March 2019
ޔާމީން މަޅީގައި ޖެހެނީ އެއްނޫން. ދިވެހި ވަތަނީ ރޫހު ކިރިޔާވެސް ހުރި މީހެއް ވެއްޖެއިޔާ އެމްޑީޕީ ގެ މަޅީގައި ޖެހެން ބޭނުމެއް ނުވާނެ. ގަސީމަށް ނަޝީދާއި ޔާމީންގެ ތަފާތަކީ ޑެންގީ ހުމާއި ޗިކެންގުންޔާ ގެ ތަފާތު. ޗިކެން ގުންޔާ ޖެހުމަށް ވުރެ ގާސިމަށް ތަހައްމަލް ކުރަން ފަސޭހަވާނެ ޑެންގީ ޖެހުން. މިފަހަރު މީ އެމްޑީޕީ އަށް މަރުދޭ އައްޑޫ އާއި މާލޭ ދާއިރާތަކުގެ މެޖޯރިޓީ ޕީިިޕީއެމް ޖުމްހޫރީ ކޯލިޝަން ނަގާނެފަހަރު. އެކަންއެގޭތީތިބޭފުޅޭލޮލަށް ނިނައިސްގެންތިއުޅެނީ