ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ކެންޑިޑޭޓުން ޖަލްސާއެއްގައި: ހުރިހާ ސިޓީތަކުން ވެސް އެމްޑީޕީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައި -- ފޮޓޯ/މިހާރު
06 އެޕްރީލް 2019 - 22:42
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖޭގެ ތިން ސިޓީގެ 25 ގޮނޑީގެ ތެރެއިިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްޑީޕީއަށް ގެއްލެނީ މާލެ ސިޓީގެ ވިލިމާލެ ގޮނޑި އެކަންޏެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތާރީޚުގައި އެއް ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
ވިލިމާލޭގެ ދާއިރާގެ ނަތީޖާގައި އަދިވެސް ކުރީގައި އުޅުއްވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރެއްވި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ. އެ ދާއިރާގެ ބައެއް ވޯޓުތައް އަދި އެއްކޮށް ގުނައި ނުނިމުނަސް، ބެލެވޭ ގޮތުގައި އުޝާމް އެ ގޮނޑި ކާމިޔާބު ކުރައްވާނެ އެވެ.
އުޝާމާ ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ އުޝާމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
މާލޭގެ ބާކީ އޮތް 14 ގޮނޑި އާއި އައްޑޫ ސިޓީގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީގެ ތިން ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީންނެވެ.
ކުރިން ނަމަ އެމްޑީޕީން އަބަދުވެސް މާލެ އާއި އައްޑޫ ސިޓީގެ ގިނަ ގޮނޑިތަކެއް ނަގަ އެވެ.
މިއީ ފުވައްމުލަކަށް ސިޓީގެ ދަރަޖަ ލިބުނު ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ އިންތިހާބެވެ.
ތިން ސިޓީގެ އިތުރުން ރާއްޖޭގެ ބޮޑު އެއް ދާއިރާ ކަމަށް ވާ ހދ. ކުޅުދުއްފުށީގެ ދެ ގޮނޑި ވެސް މިފަހަރު ކާމިޔާބުކުރީ އެމްޑީޕީންނެވެ. ކުރިން އެ ރަށުގެ އެއް ގޮނޑި އެމްޑީޕީން ކޮންޓްރޯލް ކުރަމުން އަޔަސް، މިފަހަރު ދެވަނަ ގޮނޑި ކާމިޔާބުކުރީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ކަން މިހާރު ވެސް ކުރައްވާ ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކަރުވެރިޔާ
08 April 2019
އެމްޑީޕީ އަކީ އިންތިޚާބު ތަކުގައި ކާމިޔާބު ހޯދުމަށް ވަރަށް ތަފާތުކޮށް މަސައްކަތްކުރާ ބައެކެވެ. އެހެން ޕާރޓީ ތަކުން މަސައްކަތް ފެށުމުގެ މާކުރިން އެމްޑީޕީ މަސައްކަތް ފަށައެވެ. އިންތިޚާބުގެ އެތެރޭގެ މަސައްކަތެވެ. އެހެން ޕާރޓީތައް ނުކުންނަގޮތް ދިރާސާކޮށް ބަލިކޮއްލާނެ ގިނަ ރޭވުން ރާވައެވެ. ކެމްޕެއިން ފެށުމުން ޕާރޓީތައް މަސައްކަތް ކުރާ ގޮތްތަކަށް ބަލައި އެންމެ ބޮޑު މީހާ ކެމްޕެއިން ތެރެއަށް ވަދެ އިތުރު އިދިކޮޅު ވޯޓުތައް ބައިބައި ކުރެވޭނެ ގޮތް ރާވައެވެ.
ޢަލިބޭ
08 April 2019
ކުރިންވެސް ތި ސިޓީތައް އޮތީ އެމީހުންގެ މުށުތެރޭގަ ވީކަމެއްނެތް ދެންވެސް ވާނީ އެހެން، ސިޓީތަކުގެ މީހުން ވިސްނާނީ ކޮންއިރަކުބާ
ސިޓީ ކުއްޖެއް
07 April 2019
ނޯ ނޯ ނޯ
ހަސަން ނުވަވަނަ
07 April 2019
އެންޑީޕީއަށް ވޯޓްދިން އެއްމެނަށް މުގުނައީމް ސަލާމް ބުނި. ޕަކާސް
ނަވާނަވާ
08 April 2019
ވޯޓުދިނީ ހަމަ ރަށެއްގެ ރައްޔިތުން ނުކުމެ. މީގެން އިނގެނީ މުގުނީ އާއި ދެކޮޅަށް ކެމްޕެއިންކުރި މީހުން ކުރަން ވާވަރަށް މަސައްކަތް ނުކުރެވުނުކަން. ލޮލް
ގެޓްސް
07 April 2019
ދެން ސޭޓުގެ ވާހަކަ އަނެއްކާވެސް ބަދަލްވާނެ...
އިންސާފް
07 April 2019
މިހާރުދެން ސަރުކާރުން ބޭނުން ކަމެއް ކުރެވޭނެ. ދިވެހިން މިވަގުތު ބޭނުންވިގޮތަށް އަހަރެން އިހްތިރާމް ކުރަން.
ރަދީފް
07 April 2019
ގޮނޑި ކާމިޔާބްކުރި ހުރިހާ ކެންޑިޑޭޓުންނަށް ވަރަށް މަރުހަބާ.
ހައިސަމް1
07 April 2019
ދެފުއްކެހެރި
ދިވެހިދިދަ
07 April 2019
ކަންކަންކުރެވޭނީ ގަޓް ރައީސް ސުންނަށް ލުކްވެލް އުޅުނީ ގަޓްކަމަށް އަމިއްލައަށް ފެނިގެން އުޅުނު ރައީސް އަކާއެކު ދޯ!ފްލެޓް އެޅީ ވެސް ކޮތަރު ކޮއްޓެއް ވަރު ގެ ކޮޓަރި ތަކެއް ވިޔާ ކުރިކޮންމެކަމެއްގަ ކޮރަޕްސަނާއި ފަސާދަނެއް އެއްކަމެއް ދައްކަބަލަ ހީކުރީ މިތާ ހުސްތިބީ ގުބޯލުން ކަމައްތާ
ކުރަންވީއޭ
07 April 2019
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ބޭނުންވާ ކަން މިއަދު އެގިގެން ހިނގައްޖެ އެކަން ދެން ކުރަންވީ ފުރަތަމަ ކަމަކަށް
ތޮށަލިތަކުރު
07 April 2019
އަހަރެމެން ކަހަލަ އެމްޑީޕީއަށް ތާއީދު ނުކުރާ މީހުންވެސް ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނެ ރިޔާސީ އިންތިޚާބުގައި ވޯޓްދިނީ ކުރިން ހިތާއި ރޫހުން ތާއީދުކުރަމުންއައި ޕާޓީއާ ދިމާ އިދިކޮޅަށެވެ. އެ ރޫހުގައި މިފަހަރުވެސް ވޯޓް މިދިނީ ހަމަ އެމްޑީޕީއަށެވެ. ޖޭޕީން އެ ހޭވިހަޑި ނުހާވައި ތިބިނަމަ ކުރިން ގަސްތުކޮށްގެންހުރީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވޯޓްދޭށެވެ.