ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް: އެމަނިކުފާނު ކާމިޔާބު ކުރެއްވި ދާއިރާގެ ބާތިލް ވޯޓު މިއަދު ގުނާނެ.---ފޮޓޯ: ނިޝާން އަލީ/މިހާރު
09 އެޕްރީލް 2019 - 13:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލް ވޯޓުތައް ވެސް އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރެއްވި މާވަށު ދާއިރާގެ ވޯޓު ވެސް މިއަދު އަލުން ގުނާނެ އެވެ. މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ދިފާއުކުރެއްވި ކެންދޫ ދާއިރާގެ ވޯޓުގެ މައްސަލަތަކެއް ބަލަން ވެސް އީސީން ވަނީ ނިންމައިފަ އެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ވޯޓުގައި މާމިގިލީ ދާއިރާ މިފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމެވެ. އޭނާ ކުރި ހޯއްދެވީ 94 ވޯޓުގެ ތަފާތަކުންނެވެ. މާމިގިލީގެ އިތުރުން ފެންފުށި ހިމެނޭ ދާއިރާ އިން ގާސިމާ ވާދަ ކުރެއްވީ، އެމްޑީޕީގެ ކެންޑިޑޭޓް، އަލީ އަމީޒެވެ.
އެނގިފައިވާ ގޮތުގައި، ބާތިލް ވޯޓު ގުނަން އިލެކްޝަންސުން ނިންމީ ގާސިމްގެ ކެމްޕޭން އެޖެންޓެއްގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
މި އިންތިޚާބު ގާސިމް ކާމިޔާބު ކުރެއްވި ނަމަވެސް އެހެން ފަހަރުތަކާ އަޅާބަލާ އިރު ގާސިމަށް ލިބުނު ވޯޓުގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ މަދުވެފަ އެވެ. އެހެން ފަހަރުތަކުގައި މާމިގިލީ ދާއިރާ ގާސިމް ކާމިޔާބު ކުރައްވަނީ 80 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ.
މި އިންތިޚާބުގައި ގާސިމްގެ ޖުމްހޫރީ ޕާޓީން 40 އަށް ވުރެ ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުނެވެ. އެކަމަކު އެ ޕާޓީ އަށް ލިބުނީ ފަސް ގޮނޑި އެވެ. ކުރިއަށް އޮތް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު 65 ގޮނޑިއާ އެކު ހޯދީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ...
09 April 2019
އަހަރެންނަށް ފެނޭ އަންނި ހޮވުނު ދާއިރާގެ ވޯޓްތައްވެސް އަލުން ގުނަން ... އަދި ކީއްތޯ ހުރިހައި ދާއިރާއެއްގެ ވޯޓްތައްވެސް ހުރިހައި މީޑިޔާތަކުގެ ހާޒިރުގައި ގުނަންފެނޭ... އީ ސީ ގެ ހާލަރު މިހާރު ހުރިހައި ރައްޔިތުންނަށްވެސް އެނގޭނެކަމަށް އުންމީދުކުރަން...
އަބުދުﷲ
09 April 2019
މިތާނގަ ކޮމެނޓުކުރާފަރާއްތަކައް. " އެނގިފައިވާ ގޮތުގައި، ބާތިލް ވޯޓު ގުނަން އިލެކްޝަންސުން ނިންމީ ގާސިމްގެ ކެމްޕޭން އެޖެންޓެއްގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. މި އިންތިޚާބު ގާސިމް ކާމިޔާބު ކުރެއްވި ނަމަވެސް އެހެން ފަހަރުތަކާ އަޅާބަލާ އިރު ގާސިމަށް ލިބުނު ވޯޓުގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ މަދުވެފަ އެވެ. އެހެން ފަހަރުތަކުގައި މާމިގިލީ ދާއިރާ ގާސިމް ކާމިޔާބު ކުރައްވަނީ 80 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ." މިއީ މޑޕގެއެދުމަކައްނޫން.
ސަންތި
09 April 2019
މިފަހަރު ވެގެން މިއުޅޭގޮތަކީ މޮޅުވި މީހުން ޝަކުވާކުރާތަން މިފެންނަނީ 88 އެމްޑީޕީއަށް ޖަހާލާ އެމްޑީޕީކަމަށް ހީކޮށް އޮޅިގެން ތޯއްޗެ އެހެން ބަޔަކަށް ވޯޓްދެވިފަ އެހުރީވެސް
ސިންދު
09 April 2019
އައިޝާވެސް ލަދުން ހަލާކުވެއްޖެ!
ފާތޭ
09 April 2019
ހައްހައްހައް.... މަ ހަމަ ހިނިއަންނަނީ... މީހުންނަށް ލަނޑުދޭން ހަދައިގެން ގާސިމަށް ލަނޑުލިބުނީމަ....އެމްޑީޕީ މީހުން ބަލިކުރަން އުޅުމުގެ ބަދަލުގައި ތިމާ ޕާޓީގެ މެމްބަރުން ހޮވަން މަސްކަތް ކުރިނަމަ މާރަނގަޅުވީސް... އެޖެންޑާ 19 ތަފާތުވާނެ. ހައްހައްހައްހައް
އަލީ!
09 April 2019
ގުނީމަ ގާސިމްގެ ވޯޓް މަދުކަންނޭގެވާނީ
ގަމަރޭ
09 April 2019
އެމްޑިޕީއަށް ލިބުނު ގޮނޑި އަދިވެސް މަދުވެގެން އުޅޭހެން ހީވޭ. އެކަމަކު ތީ ބޭކާރު ކަމެއްކަން އެނގެންވާނެ. ރާއްޖޭގައި އިންސާނުން ހިންގާ ހުރިހާ ކަމަކަށް ބާރުފޯރުވޭވަރު އަދަދަކީ 58. ވީމާ 65 ލިބުމެކޭ 88 ލިބުމެކޭ ވާނީ އެއްވަރު. ތަފާތަކަށް ވާނީ އިދިކޮޅު މެންބަރުންގެ އަޑު މަޑުވުން. އިދިކޮޅު މެމްބަރުންގެ އަޑު އެއްކޮށް ނައްތާލުމަކީ ގައުމަށް ފައިދާހުރި ކަމެއް ނޫން.
ޙހހހ
09 April 2019
ހަބަަރު ރަނގަޅަށް ކިޔާލަބަލަ. ގާސިމް އެދިގެން އަލުން ގުނަނީ. އެހެންފަހަރު ގާސިމް ހޯދާވަރަށްވުރެ ދަށުން މޮޅުވީމަ
އަހްމަދު
09 April 2019
ގުނާފަބަހައްޓާ އިދިކޮޅައް ކާމިޔާބުލިބުނުހުރިހާފޮށްޓެއްގުނައި އެމްޑީޕީއައް އެގޮނޑިތައް ބަދަލުކުރޭ އީސީމެމްބަރުންނައް ކުރެވެންއޮތްކަމެއްކުރޭ
އައިޝާ.
09 April 2019
އެސޮރައް ނުވެސް ނިދޭނެ.
ޖަރާސިމް
09 April 2019
ޟިފަހަރު ގުނާނިންމާފަ ގާސިމު ބޭރު ކުރަންޖެހޭ ބަގާވާތުގެ އަހުލުން ގޮޅިޔައްލާންޖެހޭ