ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ (ކ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މަޖިލިސް އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ވިކްރަމަސިންހަ ރައީސަށް ތަހުނިޔާ ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
09 އެޕްރީލް 2019 - 22:12
މަޖިލިސް އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމާ ގުޅިގެން، ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަނަސިންހަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު މެންދުރު ފޯނުން ގުޅުއްވާ، ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އަށް އިންތިހާބުން އެހާ ބޮޑު ކާމިޔާބީއެއް ލިބުމުން ރަނިލް ތަހުނިޔާ ވިދާޅިވި އެވެ. ބޮޑު ވަޒީރު ރަނިލް އަށް ރައީސް ޝުކުރުއަދާ ކުރައްވައި، އެމްޑީޕީ އަށް ދިވެހިން ކުރާ ތާއީދު ބަލައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ދިވެހިންނަށް ހިދުމަތްކުރުމުގައި ދެމިހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
The Srilankan Prime Minister and the President spoke with respect to the longstanding and friendly relations between the Maldives and Sri Lanka and expressed their mutual eagerness to cooperate on a range of bilateral issues https://t.co/KLMGAc2hkr
— Presidency Maldives (@presidencymv) April 9, 2019
ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއް
ދެ ގައުމު ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުން ދަމަހައްޓަން މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމަށް ފައިދާ ވާނެ ގޮތަށް އެކި ދާއިރާތަކަށް ހާއްސަ ސަމާލުކަން ދީގެން ގުޅުން ބަދަހިކުރައްވާނެ ކަމަށް ވެސް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި ސަރަހައްދީ ވިޔަފާރީގެ ދާއިރާ އަށް ހާއްސަ ސަމާލުކަމެއް ދޭން ދެ ގައުމުގެ ވެރިން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެމްޑީޕީއަށާއި ރައީސަށް އިއްޔެ ތަހުނިޔާ ވިދާޅުވެފަވެ އެވެ.
އިންތިޚާބުގައި މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑިއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދައިފަ އެވެ. މިފަދަ ބޮޑު އަޣުލަބިއްޔަތެއް ރާއްޖޭގެ ތާރީޚުގައި ވެސް އެހެން ޕާޓީއަކަށް ލިބިފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
10 April 2019
ސުޕަރމެޖޯރިޓީ ހާސިލުކުރެވުނީ އެމް ޑި ޕީ އިން ޚާއަސަކޮށް ރައީސުލް ޖުމުހުރިއްޔާ އެމަނިކުފާނުގެ ރަސްމީ އޮފީސްކޮޅު ދޫކުރައްވައި ކުޑަ ލޯންޗެއް ގައި ކަނޑު ފަތައި ކުރެއްވި ބުރަމަސައްކަތުގެ ފޮނިމީރު. އަޅުގަނޑު ވަރައް އިޅުލާސްތެރިކަމާއި އެކު ދަންނަވަން ބޭނުންވަނީ ތިޔަ ސުޕަމެޖޯރިޓީ 3 މަސްދުވަހަށް ވެސް ހިފެހެއްޓޭނީ މަޖިލިސް ކުރޮސްކުރުން މަނާކޮށް ގާނޫނީ ބާރު ލިބޭ އެންޓި ޑިފެކުޝަން ގާނޫނެއް ވީހާވެސް އަވަހަކަށް ފާސްކޮށް ރައީސު ދަސްދީގިކުރުމުން.50މިލިއަނުންމަތ
ޑރ.ރާމީ/އެމެރިކާ/ވައިނުޖެހޭގެ
10 April 2019
ވަރަށް ބޮޑަށް ޑރ. ފަޒުނާ އަށް ތާއީދު. މިކަމުގައި އައްނި "ހިތް ތިރި" ކުރައްވައިފި ނަމަ މިލިއަނުން މިލިއަނުން ފައިސާ ޖަހާލާފައި ގަނެލާނެ. ގޮތްނޭންގޭ މަރު ތަކުގެ ބިލް ވެސް ނަގަން ވާނީ ޑިފެކްޝަން ބިލް އަށް ފަހު. އޭރުން މަރުތަކުގެ ބިލް އަށް ވެސް އެހީ ވެވޭނީ ފުރިހަމަ އަށް. ގާސިމް އާއި ޔާމިނާއި ފާރިސް އެތިބީ ފައިސާ ގޯނި ކޮނޑުއަޅައިގެން ތައްޔާރަށް ހަނި ފުރުސަތަކަށް ކަޅިއަޅައަޅާ !!!!