މާމިގިލީގައި ބެހެއްޓި ތިން ފޮއްޓެއް އަލުން ގުނުމުގެ މަސައްކަތް މިރޭ ބާ ޖަމާލުއްދީންގައި ކުރިއަށް ދަނީ. އެ ފޮށިތައް ގުނުމުން ނަތީޖާއަށް ވަނީ ބަދަލު އައިސްފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 އެޕްރީލް 2019 - 00:15
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ފޮއްޓަކަށް އެޅި ސައްހަ ގިނަ ވޯޓުތަކެއް ބާތިލް ކުރި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ވޯޓުގައި މާމިގިލީ ދާއިރާ މި ފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމެވެ. މާމިގިލީ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ގާސިމް ދިފާއު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒާ ވާދަކުރައްވައި ކުޑަ ތަފާތަކުންނެވެ.
މާމިގިލީގެ އިތުރުން ފެންފުށި ހިމެނޭ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 190 އެވެ.
ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ވޯޓުގެ ގޮތުގައި ގުނި ކަމަށް ބުނެ ޝަކުވާ ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ މާމިގިލީގެ ތިން ފޮއްޓެއް ގުނައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ތިން ވޯޓު ފޮށި ގުނަން ނިންމީ ގާސިމާއި އަމީޒާ ދެމެދު 80 ވޯޓުގެ ފަރަގެއް އޭރު އޮތުމާ ގުޅިގެން މި ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެވެ. ބާތިލު 190 ވޯޓު އަލުން ގުނުމުން ގާސިމަށް ވަނީ އިތުރަށް 64 ވޯޓު ލިބިވަޑައިގެންފަ އެވެ. އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަމީޒަށް އިތުރަށް ލިބިވަޑައިގަތީ 45 ވޯޓެވެ.
ވޯޓުތައް މިރޭ ގުނި ގަޑީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މަޑުކޮށްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ބާތިލް ވޯޓު އަލުން ގުނުމުން ޖުމްލަ ވޯޓުގެ ގޮތުގައި ގާސިމަށް 1،145 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމީޒަށް ލިބިވަޑައިގަތީ 1،046 ވޯޓެވެ. އެހެން ކަމުން ގާސިމް ފަހުން ވަނީ ވޯޓުގެ ފަރަގު 99 އަށް މަތިކޮށްފަ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ މާމިގިލީގައި ތިން ވޯޓު ފޮށި ގުނިއިރު، 143 ވޯޓު ބާތިލްގެ ގޮތުގައި ކަނޑައެޅި ކަމަށެވެ. އެކަމަކު، އަލުން ގުނި އިރު، ބާތިލް ވަނީ އެންމެ 36 ވޯޓު ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެހެންވީމަ، 100 އަށް ވުރެ ގިނަ ވޯޓެއްގެ ސައްހަ ކަން ކަށަވަރު އެބަވޭ،" ޝަރީފް ވިދާޅުވި އެވެ.
Kanda elhigen sahha vote eh bathil kamah nimmumakee gaanoonee kusheh, e official aa dheytherey gaanoonee fiyavalhu commission in alhaane, mikan ehen faraithakah ibrathakah vaan jehey https://t.co/YCO2d2Hibw
— Ahmed Shareef (@ShareefRangondi) April 9, 2019
އީސީގެ ރައީސް ޝަރީފްގެ ޓުވީޓު
އޭނާ ވިދާޅުވި ގޮތުގައި ސައްހަ ވޯޓެއް، ބާތިލް ވޯޓެއްގެ ގޮތުގައި ގުނުމަކީ ގާނޫނީ ކުށެކެވެ. އަދި ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައަޅައި، ސޮއިކުރި އޮފިޝަލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން ބާތިލް ވޯޓު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ވޯޓު ފޮށީގެ ވެރިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
11 April 2019
ޚާއްސަކޮން ނަޝީދުދާއިރާގެ ވޯޓުތަށް ގުނަންޖެހޭ ގުނައިފިނަމަ ނުހޮވޭނެ ހަމަޔަޤީން
އާހިރާ
11 April 2019
އޭ އަސްލުވެސް އެދާއިރާގެ ފޮށި ހަމަ ގުނަން މަށައްވެސް ފެނޭ! ޔަގީނޭ ބާތިލު ވޯޓޭ ކިޔާފަ ހަމަ ހުންނާނީ ގިނައިން އަނެއްސޮރައް ލިބުނު ވޯޓުކަން ކަޓުވާފަ! އެފޮށި ގުނަން އުޅޭއިރައް މި އެސިރު ލޮލައް ނިދި ނާންނާނެކަން ހަމަޔަގީން!
ކަތީބު
10 April 2019
ހުރިހާވެސް މަސްސަލަ އަކީ އީ ސީ ސަރީފް
ވަހީދު
10 April 2019
ވޯޓު ކަރުދާހަށް ސިހުރު ހަދާފައި ހުރީ. ގިނަ ވޯޓުތައް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ލިބޭ ގޮތަށް. މީ މުޖައްރިބު ވާހަކައެއް . ވޯޓު ބާތިލުކޮށްފައި އަލުން ވޯތު ބާއްވަން ޖެހޭ.
ނިޒާމު
10 April 2019
ޚކޮން ފިޔަވަޅެއް އެޅޭނީ އެޅޭނަމަ ވޯޓުތައް ސްރެޑެއް ނުކުރާނެ.. މައްސަލައެއްވެސް ނުބެލޭނެ..100 ދުވަހެއްވެސް ހަމަނުވާނެ
ކިނބޫ
10 April 2019
ކަލޭމެން ބުނެގެން ހެދި ގޮތް. ހުރިހާ ފޮށްޓެއްވެސް ހުންނާނީ ތިހެން.
ފެންވަރު
10 April 2019
ފެންވަރު ނެތީއެއް ނޫން. ރަނގަޅު ޓްރެިނިންއެއް ދެވިފައި ނެތުމާއި ޝަރުތު ފުރިހަމަ ވޭތޯ ބެލުމެއްނެތި އޮފިޝަލުން ނަގާފައި ތިބުމުގެ ނަތީޖާ މިއީ
އީދުކަޅުބެ
10 April 2019
އެހެންވެސްވާނެއެވެ. ވޯޓުފޮށީގެ ވެރިންނަށް ތިބެނީ ތަޖުރިބާ މަދު ޒުވާން ކުދިންވީމައެވެ. ދެން އެކުދިންނަށް ލިބުނު ލާރިކޮޅު މުޅިން ޖުރިމާނާއޭ ކިޔާފަ ނުނަންގަވާށެވެ.
ބަޑު
10 April 2019
ތީ ވެދާނެ ތިޔަ ބައިވެރިންނަށް ތަމްރީން ދިން ފަރާތުގެ މައްސަލައެއްކަމަށް ހީވޭ. އަންނިގެ ޝަރިއްއަށް ހިންގި އަވަސް މިނުގައި ގޮތް ނުނިންމުމަށް އިލްތިމާސްކުރަން
ޗިއްލޫ
10 April 2019
އީސީން ގާސިމްކަޓުވާލަން ކުރިމަސައްކަތް ކާމިޔާބުނުވީމަ ދެންގުނަންތާޖެހޭނީ!، ވޯޓްލާމަރުކަޒުގަ ތެރޭގަވެސް ކެމްޕެއިން ކުރަމުންދިޔައީ ހުރިހާ ތަނެއްގެވެސް! ވޯޓުން ވައްކަންކުރަން ވަރަށް ދޯދިޔާކޮށް ވޯޓްގެ ކަންތައް ކުރިޔައްފޮނުވީ!
ގަންތުރަ
10 April 2019
ރާއްޖޭގެ އުތުރުން މިިރަށުގައި ހުރި ވޯޓްްފޮށީގެ އޮޮފިޝަލުންނަށް ތިބި ގިނަ މީހުންނަކީ ވަކި ކެންޑިޑޭޓަކަށް ފާޅުގައި ތާއީދުކޮށް ކެމްޕެއިނުގައި ގަދައަށް އުޅުނު ބައެއް. ވޯޓްގެ ކުރީ ދުވަހު އޮތް ރެލީގައިވެސް ފޯރިއާއެކު މީގެ ތެރެއިން ބައެއް މީހުން ބައިވެރިވި. މިފަދަ މީހުން އޮފިޝަލުންނަށް ތިބީމާ ފޮށި އެއްކޮށްވެސް ބާތިލް ވެދާނެ. ދެރައީ މިފަދަ މީހުން އެހެން މީހުންގެ ނަޒާހަތްތެރިކަން ނުހުންނަ ވާހަކަ ދައްކަން ލަދުނުގަންނާތީ.