ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މޫސަ: މިއަދު މެންދުރު ނަމާދަށް ފަހު އޭނާ ވަޅުލާނެ
31 އޯގަސްޓް 2016 - 12:31
ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ރޭ މަރުވި މީހާގެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.
ދޫނިދޫގައި ހުއްޓާ ހާލު ދެރަވެގެން ހ. ފިލިކުރިގޭ މޫސާ ނައީމު، 55، މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އެންއައިސީން ބުނީ މޫސަގެ މަރުގެ މައްސަލަ އެތަނުން އަމިއްލަ އަށް އިސްނަގައިގެން ބަލަނިކޮށް، މައްސަލަ އާއިލާއިން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، ވަރަށް އަވަހަށް އެކަން ބަލައި ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު މަރުވެއްޖެ ނަމަ އެ މައްސަލައެއް އާއްމު ގޮތެއްގައި އެންއައިސީން ބަލަ އެވެ.
މިދިޔަ ޖުލައި 9ގައި މޫސަ ހައްޔަރުކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި، އަށް ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުންނާއި އާއިލާއާ މަޝްވަރާކުރުމަށް ފަހު އެންމެ ފުރަތަމަ ނިންމީ މޫސަގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދިޔުމަށެވެ. އެކަމަކު ޕޯސްޓަމް ނުހަދައި މިއަދު މެންދުރު ނަމާދަށް ފަހު އޭނާ ވަޅުލަން ތައްޔާރު ވަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި މޫސަ ޑޮކްޓަރަށް ދައްކަން މިދިޔަ ބުދަ ދުވަހު ކޯޓުން ފުލުހުންނަށް އަމުރުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު، ހާއްސަ ބަލިތަކުގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މޫސަ ޑޮކްޓަރަށް ދައްކަން ޖެހުނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ayyob
31 August 2016
އެއްޗެއްއެނގިދާނެ ޕޯސްޓްމާޓްން ހެދިމާ އެހެންވީމަ ހަދާނެކަމެއްނެތް އާއިލާއިންވެސް ޗުޕްކިޔައިން ތިބޭ އަނބުރާބެހެވިދާނެ އެބޭފުޅުންގެ.
މެންޓަލިސްޓް
31 August 2016
ބަލައެތަނުން ބެއްޔަސް ވާނީއެއްގޮތެއްނުން ،،،، ބުނާނެ ފުުލުހުންގެ އިހްމާެލެއްނެތްކަމަށް ،،،، ރައީސްވިދާޅުވިގޮތަކަށް މައްސަލަނިމޭނީ ،،،