ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި މެމްބަރު އާޒިމް މަޝްވަރާއެއްގައި: އާޒިމް ވިދާޅުވީ، އާ ކޮމިޝަންތައް ހެދުމުގެ ބިލްތައް އަނބުރާ ގެންދިއުން މުހިންމު ކަމަށް.---ފޮޓޯ: މިހާރު
15 އެޕްރީލް 2019 - 23:15
އިތުރު ކޮމިޝަންތައް އުފައްދައި އެކަމުގެ ސަބަބުން ސަރުކާރުގެ މަތި ބަރުކުރުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އާޒިމް، ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކަމާ މެދު ސަރުކާރުން ވިސްނައި، އާ ކޮމިޝަންތައް ހެދުމުގެ ބިލްތައް އަނބުރާ ގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލްތައް އަނބުރާ ނުގެން ގޮސް އޮއްވައި މިހާރު އޮތް މަޖިލީހުގެ ދައުރު ނިމޭ އިރު އެ ބިލްތަކުގެ ކަންކަން ނިންމޭ ގޮތް ނުވެއްޖެ ނަމަ އަލުން ހުށަހަޅާނީ މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރަން ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އިތުރު ކަމިޝަންތައް ހެދުމުގެ ބަދަލުގައި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރަން. އެތަންތަނުގެ ތެރޭގައި ތިބި ކަރަޕްޓް މީހުން، ނޫނިއްޔާ ނާގާބިލް މީހުން އެއްކިބާކޮށް، ރަނގަޅު ގާބިލް، ކަންކަން ވާ މީހުން ލައިގެން އެ މައްސަލަތައް ބެލުމުގެ އިތުރު ބާރު [ދީ] އެ ކޮމިޝަންތަކުން މިކަންތައްތައް ކުރުން މާ ރަނގަޅު ކަމަށް،" އާޒިމް ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އެގޮތަށް އައި އިރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކޮމިޝަންތަކަށް އިތުރު ބާރު ލިބޭ ގޮތަށް ބިލެއް މަޖިލިހަށް ފޮނުއްވައިފަ އެވެ. އެކަމަކު އެ ބިލްގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.
އާޒިމް ވިދާޅުވީ ކަމިޝަންތަކަށް ބާރު ދޭ ބިލް ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނުނިމުން ގާތް ކަމަށެވެ. އެހެންކަމުން އާ ބިލްތަކެއް ހުށަހަޅަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އިތުރު ކޮމިޝަންތައް ހެދުމުގެ ބަދަލުގައި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރަން. އެތަންތަނުގެ ތެރޭގައި ތިބި ކަރަޕްޓް މީހުން، ނޫނިއްޔާ ނާގާބިލް މީހުން އެއްކިބާކޮށް، ރަނގަޅު ގާބިލް، ކަންކަން ވާ މީހުން ލައިގެން އެ މައްސަލަތައް ބެލުމުގެ އިތުރު ބާރު [ދީ] އެ ކޮމިޝަންތަކުން މިކަންތައްތައް ކުރުން މާ ރަނގަޅު ކަމަށް،" އާޒިމް
މި މަހު 6 ގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރައްވައި، އާޒިމް ވަނީ ތިން ވަނަ ދައުރަކަށް މެދު ހެންވާރުގެ ގޮނޑި ޔަގީންކުރައްވައިފަ އެވެ. އަދި 65 ގޮނޑިއާ އެކު އެމްޑީޕީން މަޖިލިހުގެ ސުޕަ މެޖޯރިޓީ ވެސް ނެގި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ރިޔާސީ ކަމިޝަންތަކަށް ބާރު ދޭ ބިލް ފޮނުއްވީ އިންތިހާބުގެ ކުރިން ކަމަށް ވެފައި އަދި މިހާރު އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިފައި ވާތީ ދެން އެންމެ ރަނގަޅު ގޮތަކީ މިހާރު ހުރި މުއައްސަސާތައް ރަނގަޅުކުރުމެވެ.
"އެހެންވީމާ ... މަތި ބަރުވުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތަކަށް ބާރު ދިނުން އެއީ އަޅުގަނޑު ގަބޫލުކުރާ އުސޫލަކީ،" އާޒިމް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ތެރޭގައި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޮމިޝަން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުށި
16 April 2019
ރިއާސީ ކޮމިޝާންތަކުގެ މެންޑޭޓުތައް މިހާރު ހުރި ކޮމިޝަންތަކުގެ މެންޑޭޓްގެތެރެއަށް ލާފައި، ތިޔަބުނާގޮތަށް ރައީސް ސޯލިހަށް އިތުބާރުކުރެވޭ މެމްބަރުން ލީމާ އެވީ.
ޝޮކްތެރަޕީ
16 April 2019
ޤާސިމް ނުހައްގުން ހޯދާފަ ހުރި ފަޅުރައްތަ އަތުލުމަ ގޮވާލަން.
ނައީމު މޫސާ
16 April 2019
ޔާމީނުގެ ސަރުކާރުވެސް ތިޔަގޮތަށް ވަރުގަދަކުރިނަމަ ރަނގަޅުވާނެ ނޫންތޯ؟ ބަލަ ވޯޓްދިނީ ކޮމިޝަންތަށް އުވާލައި، ޖުޑިޝަރީ އުވާލައި، ކަންކަން އިސްލާހްކުރަން، ރައްޔިތުން ބަލައި ނުގަންނާނެ ކަމިޝަންތަށް އުވާލަން
ބޯގަޅި
16 April 2019
މީ ހަމަ 100% ވާހަކަ އެއް ރައްޔަތުންގެ ލޯލާރި އެއްވެސް ބޭކާރު ކޮއްނުލާ ތިކަން ކުރެވެން އޮތް ގޮތް އެއީ.
އަޙުމަދު.
16 April 2019
އާޒިމް. ރަނގަޅަށް ވިސްނާލާފަ ތިގޮތަށް ވާހަކަ ދައްކަވާނީ . މިހާރު ހުރިކޮމިޝަން ތަކަށް ކޮންބާރެއް ނުލިބިގެންތޯ މިހިސާބަށްކަންތަށްތަށް ދިޔައީ. ؟ އިތުރަށް ކޮން ބާރެއްތޯ އެތަންތަނަށް ދޭންވީ ؟ މުޅިގައުމު ކަންބޮޑުވާހާ ގިނަ މަރުތަކާ ގެއްލުވާ ލާފައިވާމީހުނާ، ދައުލަތުގެ ފައިސާއިން ކޮށްފައިހުރި ވައްކަންތަށް ތިޔަކޮމިޝަން ތަކުން ނުބަލައިގެން ނޫންތޯ ރައީސް ސޯލިހަށް ލިބިދޭބާރުގެ ދަށުން އިތުރު ކޮމިޝަން ހަދައިގެން ނަމަވެސް ބަލަން ރައީސް ނިންމެވީ.
އަލިބެއްޔާ
16 April 2019
އެވިދާޅުވީ މިޙާރު ހުރި ކޮމިޝަންތަކުގެ މީހުން ބަދަލުކޮއްގެން އެކަންވާނެނޫންހޭ. މިހާރު މޑޕއަށް މަޖުލިސް މެޖޯރިޓީއާއެކީ ވާނެނުންހޭ އިތުރު ކޮމިޝަނެއް ނަހަދާ.
ދޮޅޭ
16 April 2019
މީނަ މީ ގާސިމު ނެތްތަން ފުރަން ދޮންކުރާ އެއްޗެއްތަ? އެމްޑީޕީ މީހުން ކަލޭ ހޮވީ ތިޒާތުގެ ފިތުނަ މީޑިޔާއަށް އަރައި ފަތުރާކަށްތަ?
ގަބޫލެއް ނުކުރެވޭ
16 April 2019
ތިޔަހެން ކީ މީހާއަށް ރައްޔިތުން ދިނީ 5 ގޮޑި. ތިހެން ނުހަދާ ދެ ކަމިޝަނަށް ބާރުދޭން ބުނި މީހުންނަށް ރައްޔިތުން 65 ގޮޑި ދިން. އެހެންވީމާ މިވަރުން ދެން ކަންކުރަންވީ ގޮތް ސާފު ނުވަންޏާ ޖޭޕީއަށް ވަޑައިގަންނަވާ.
ނެގުނުކަތީބު
16 April 2019
އެކޮއިގެ ވާހަކައަށް ތާޢީދު!
އިބްޝާ .
16 April 2019
ކަޮމިޝަންތައް އެބަހުރި.. ޕާލަމެންޓުގަ ކޯލިޝަންގެ މެޖޯރިޓީވެސް އެބައޮތް.. ކޮބާ މަރުތަކާ، ވަކަންތައް ހޯދަން ހުށަހެޅިބިލް.. ދިމާލަށް އެބުނަނީ ފާހެއް ނުކޮށްދޭނަމޭ.. ރައްޔިތުން ރ އިބޫއަށް ވޯޓުދިނީ މިކަންތައް ތަހުގީގުކުރަން.. ކޮމިޝަންތައް ހުއްޓަސް ރ އަށް 100% ކަށްވަރުވާނީ ހުރިކޮމިޝަން ތަކުތެރަށް ރ ގެ އެޖެންޓުން ފުރިހަމަ ބާރާއެކު ވައްދައިގެން ނޫނީ އާކޮމިޝަނަކަށް ބާރުތައްދީގެން.. އާޒިމް ތިބުނީ އޮންނަންވާގޮތް.. އެކަމް ފުރަތަމަ ކުރަންޖެހެނީ އެހެން ކަމެއް.
ޙިސާން
16 April 2019
ކަލެއަށް މާ ބޮޑަށް އިނގެނީ
7777
16 April 2019
ކޮމިޝަން ވޯކު ނުކުރޭ ކިޔާ ތިޔަ ކޮމިޝަން ހެދީ. ސުޕަރ މެޖޯރިޓީ ލިބުނީމާ ކޮމިޝަން ވޯކް ކުރާގޮތް ހެދޭނެ. މިހާރު ތީ ބޭކާރު ބިލެއް. ބަޔަކަށް މަގާމްެދޭން. ސޫދު އެކަމަށް ރަގަޅިއްޔާ އަސާސީގައި އޮތް ކޮމިޝަނަކަށް ސޫދު ލާބަލަ. ޔަގީން ވާދަކޮށްގެން ހޮވޭނެކަން.