16 އެޕްރީލް 2019 - 21:21
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް، ދައުލަތުގެ މީޑިއާ ޕީއެސްއެމުން 30 މިލިޔަން ރުފިޔާ ދިން މައްސަލަ އަލުން މުރާޖާކޮށްދިނުމަށް މާލިއްޔަތު ކޮމެޓީން އެޓާނީ ޖެނެރަލް އޮފީހުގައި އެދެފި އެވެ.
ޕީއެސްއެމުން އެ ފައިސާ ބިގަށް ދިނީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިގާ އެކު ވެފައި އޮތް އެއްބަސްވުމަކާ ގުޅިގެންނެވެ.
އެ އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސް ވުމުން ޖޫރިމަނާ އަރަމުން ގޮސް، ސިވިލް ކޯޓުން އެންމެ ފަހުން ނިންމާފައި އޮތީ 78 މިލިއަން ރުފިޔާ، އެމްއެންބީސީން ދެއްކުމަށެވެ. އެމްއެންބީސީގެ މުދަލާއި މާލީ ޒިންމާތައް ނަގަން ޖެހެނީ މިހާރު ޕީއެސްއެމް ކަމަށް ވާތީ، އެގޮތަށް އެއްބަސްވެ، އެންމެ ފަހުން އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދެއްކީ މިދިޔަ މަހު އެވެ.
އޭސީސީން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީއަށް ރިއާޔަތްކޮށް އެ މައްސަލަ އެޓާނީ ޖެނެރަލްއަށް އަލުން ހުށަޅަން މާލިއްޔަތު ކޮމެޓީން މިއަދު ނިންމީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެގޮތަށް ހުށަހަޅުއްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ތާއީދު ކުރެއްވުމުން ނެގި ވޯޓުގަ އެވެ. ވޯޓުގައި ބައިވެރިވި އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުން އެ ހުށަހެޅުމަށް ވޯޓު ދެއްވި އެވެ.
ގަފޫރު ވިދާޅުވީ އޭޖީ އޮފީހުން އެކަން ބަލައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު ނާޅައިފި ނަމަ ސްޕްރީމް ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. ދެން ފެށޭ މަޖިލީހުން ވެސް އެކަން ކުރައްވާނެ ކަމަށް، ހަނިމާދޫ ދާއިރާއަށް މި ފަހަރު އިންތިޚާބުވި ގަފޫރު ވިދާޅުވި އެވެ.
އެ މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ ދެން އެ މައްސަލާގައި ޝަރުއީ ދާއިރާ އިން ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓަށެވެ.
އެމްޑީޕީގެ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް އެކުންފުންޏަށް ފައިސާ ދީފައިވުމަކީ "ގޯހެއް" ކަމަށެވެ.
"ސަރުކާރާ ގުޅުންހުރި މިހާވަރުގެ ޕޭމަންޓެއް މިހާތަނަށް ދޫކޮށްފައެއް ނެތް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ނޫނީ. ހައި ކޯޓު އެބައޮތް. ސުޕްރީމް ކޯޓު އެބައޮތް. މީގެން އެއްވެސް ކޯޓަކަށް ނުގޮސް ދަށު ކޯޓުން ކަނޑައެޅުމުން ފައިސާ ދީފައި މިއޮތީ،" މުސްތަފާ ވިދާޅުވި އެވެ.
ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން އުފެއްދި އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އޭގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.
ކޮމެޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ) ވިދާޅުވިގޮތުގައި އެ މައްސަލަ އެ ހިސާބަށް ދިޔައީ އެތައް ބައެއްގެ އިހުމާލުންނެވެ. އެގޮތުން މާލިއްޔަތު ކޮމެޓީ އާއި އޭސީސީގެ އިތުރުން ޕީއެސްއެމްގެ ކުރީގެ ވެރިންގެ އިހުމާލު ވެސް ވާކަމަށް ނާޝިދު ވިދާޅުވި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް، ވަނީ އޭސީސީން އިތުރަށް އެ މައްސަލަ ބަލައި އެއްވެސް ފަރާތެއްގެ އިހުމާލެއްވާ ނަމަ އެފަރާތަކާމެދު ފިޔަވަޅު އެޅުމަށް ކޮމެޓީން އެ ކޮމިޝަނަށް ލަފާ ދިނުމަށް ހުށަހަޅާފަ އެވެ.
އެ ނިންމުމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ތާއީދު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެކުންފުނިން ހޯދަން އެދުނު އަދަދަށް ވުރެ އިތުރަށް ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ ގޮތެއް ނޫން ކަމަށެވެ. މިސަރުކާރުން އެ ކުންފުންޏަށް ފައިސާ ދޫކުރި ސަބަބު ބަލަން ޖެހޭ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
"އެ އެއްޗެއްގެ އަދަދަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ނުވަތަ ބަދަލެއް ވެސް ނުދެވޭނެ ކަމަށް ކުރީގައި ކޯޓަކުން ހުކުމް ވެސް ކޮށްފައި އޮންނާނީ. މިއީ ކުރެވޭނެ ކަމެއްތޯ؟" ދީދީ ވިދާޅުވި އެވެ.
ނަމަވެސް އެ ހުށަހެޅުމަށް ކޮމެޓީގައި ވޯޓަށް އަހާފައެއް ނުވެ އެވެ.
ބިގަށް ފައިސާ ދޫކުރި މައްސަލަ އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނބޯއަލީ
17 April 2019
މި ފައިސާ ދިނީ މި ސަރުކާރުންތޯ ނޫނީ ކުރީގެ ސަރުކާރުންތޯ ސާފު ކޮއްލަދީބަލަ.
ސަމޭދާން
17 April 2019
ބިގަށްދިނީ ޕީއެސްއެމުން ދޭންޖެހޭ ފައިސާއެއްނުން. ޟީގެ އަޑީގައިވަނީ މަސްލަހަތު ހިމެނޭ ސަރުކާރުގެ ބައެއް ވެރިންނާ މިނިސްޓަރުންނާއި ޕީއެސްއެމް ގެ ލީގަލް ހެޑް. ނޫންނަމަ އަވަސް އަރުވާލައިގެން ލޯނުނަގައިގެން މިކަންނުކުރާނެ.
ނެގުނުކަތީބު
17 April 2019
މީ އަދި އެނގޭ މިންވަރު! ރައީސް ސާލިޙު އުފައްދާފައިވާ ކޮމިޝަންތަކާއި ކޮމެޓީގެ މެމްބަރުން ކުރާ ކަމާކާއި އެމީހުންނަށް ދޭ މުސާރައާއި އެލަވަންސްތަކުގެ މިންވަރެއް އެނގޭތަ؟ ހައުދަ ކަންތަކެއް އެބަ ހިނގައޭ؟؟؟؟
ޒަރީރު83
17 April 2019
ތިޔަކަމުން އިބޫގެ ތިމާގެ އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު ސަލާމަތްވާނެ ގޮތެއްނޯންނާނެ. އޭނަ ޓީވީގަ އުޅުނުއިރު ތިޔަ ކޮންޓްރެކްޓެއް ބިޑުކުރި ގޮތާ ހިލާފައް ލޯޔަރު ނުހަދާށޭބުނެބުނެ ހުއްޓާވެސް ހެދީ.
މަހަށްދޭދޭ
17 April 2019
ތިޔާ އޮތީ ދައުލަތުގެ ޚަޒާނާ ދަވާލާފައި ނޫންތޭ ތަމެން ރަނގަޅަށް ތިޔާ އޮތީ ޒީރޯ ޓޮލެރެންސް ޖައްސާފައި ދޯ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...
ކަނބިލި
17 April 2019
ޣަފޫރަށްވެސް ވަކި ވަރަކަށް ހިފަހައްޓާލެވޭނީ ވަކި ހިސާބަކުން ބުރަކިޖެހި މައްސަލަ ވަޅުޖެހި ސަމާލުކަންވެސް ގެއްލިގެން ހިގައިދާނެ.
ކަރީޕަހުމީ
17 April 2019
މިހެންމިވަނީ 0 ޓޮރޮލޮންސްގެ ދަށުން ހިންގާކަންތައް ބައިކުދިންނަށް ފައިސާބެހުން ދިވެހި ރަށްޔަތުންގެ ފައިސާއެއް ނުހުރޭ އެއިރެއްގެ ވއރިމީހާގެ މިލްކިއްޔާތެއްގެ ގޮތުގައި ހިނގާތަން މިފެންނަނީ މިކަމުގެ ސާފުހެކި މިފެންނަނީ %100 ރަށްޔަތުންގެ ފައިސާއިން ހިންގާ އަމިއްލަ ކުންފުންޏެއް ތީވެސް އެމްއެންބީސީ ކުއްވެރިވީމާ ރަށްޔަތުންގެ ޙަރަދުކުރަންވީމަ ރަށްޔަތުންގެ ކިބައިން ހޭވެސް އަހާނުލާ ގިނައިން ތިޔަކަހަލަ ކުންފުނިތަކުގައި ވަޒީފާ ލިބެނީ ޕާޓީ އެކްޓިވިސްޓުންނަށް
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
17 April 2019
ޚަބަރުތައް ފެނުމުން ހާރޓު އެޓޭކަށް ދާވަރުވޭ.. ސައުތު އޭޝިއާގައި އޮތް އެއްމެ ތަޢުލީމީ ގައުމުގެ މިތިބަ ކަނޑުކޮހުންގެ އިހުމާލާއި ލޯމަރާތިބެ ވިއްކާ އުކުން ކަންތައްތަކާއި މެދު އަޖައިބު ވެ އަންތަރީސްވޭއެބަ. އަދި ވެސް އަލް އުސްތާޒު ކިޔައިގެން ދަށުންދަމަ ދަމާތިބެ މުސާރަ ބޮޑުކުރަން ހުށައަޅަން ފެނޭ.. މުސާރަ ބޮޑުކުރަން އެއްގޮތަކަށް ވެސް ލަސްކުރުމަކަށް ނުފެނޭ ދުވާލަކަށް މިލިއަނުން ދޭވަރު ބަޔެއް...އެހާ ޕުރޮފިޝަނަލައިޒަމް ކަން އެބަހުރި،ތިޔަގައުމުގެ ރައުސްމާލް
ހޭބަލިމިތުރު
16 April 2019
ކޮބާތޯ ސިގިރޭޓް ކުންފުންޏައް މިލިއަނުން ދިން ބަދަލު، އެއީ ޑިއުޓީ ދައްކަންޖެހޭއެއްޗެއް، ޕާޓީ ބޮޑެއްގެ ކުންފުނިވީމަ ރައިއްޔަތުންގެފައިސާ ކާންދިނުން އޯކޭ!!!!!
ބަނީ
16 April 2019
ޜީކޯ މޫސަ އަށް ތިލަފުށީ ގެ ބަދަލު ދިން ގޮތް ވެސް ބަލާލަ ދީ ބަލަ.