17 އެޕްރީލް 2019 - 11:24
މުނިފޫހިފިލުވަން ކުރާ މަސްވެރިކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ބިލްގައި ހިމެނުނީ އޮޅުކަމުން ކަމަށާއި އެހެންވެ އެ ބިލް އިސްލާހުކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން، މަސްވެރިކަމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ކެއުމަށް ކުރާ މަސްވެރިކަން ފިޔަވައި އެހެން ހުރިހާ މަސްވެރިކަމެއް ވެސް ކުރެވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވަން މަހަށް ދިއުމާއި ކުޅިވަރު ކުޅުމުގެ ގޮތުން ބާއްވާ މަސް ރޭސްތައް ފަދަ ކަންކަން ވެސް ހިމެނެ އެވެ.
ބިލްގައި ބުނެފައިވާ ގޮތުން މަސްވެރިކަމުގެ އެފަދަ އިވެންޓްތަކަށް ވަކި ފީއެއް ވެސް ދައްކަން ޖެހޭނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީން މިހާރު ނިންމާފައިވަނީ، މުނިފޫހިފިލުވުމާއި މަސް ރޭސް ފަދަ މަސްވެރިކަމުގެ ކަންކަމަށް ހުއްދަ ނަގަން ޖެހޭ ގޮތަށް އޮތް މާއްދާ ބާތިލް ކުރުމަށެވެ. އެކަމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީިހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރަށް އެކްސްޕޯޓްކުރަން މަސްވެރިކަން ކުރެވޭނީ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގެ މާކެޓަށް ވިއްކަން ކުރާ މަސްވެރިކަމަށް އެއްވެސް ހުއްދައެއް ބޭނުމެއްނުވެ އެވެ. އެކަމަކު އަލަށް ހުށަހަޅާފައިވާ ބިލްގައި ބުނާ ގޮތުން ރާއްޖޭގެ ބާޒާރަށް ވިއްކަން މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ހުއްދަ ނަގަން ޖެހެ އެވެ.
މިހާރު އަމަލްކުރަމުން އަންނަ މަސްވެރިކަމާ ބެހޭ ގާނޫނު ހެދީ 1987 ގަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި އެ ގާނޫނަށް އިސްލާހު ގެންނަން ނިންމީ ޒަމާނީ މަސްވެރިކަމެއް ކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކުރާށެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލް ތައްޔާރުކުރީ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު އަސްލަކަށް ބަލައިގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިހާރު އަމަލްކުރަމުން އަންނަ ގާނޫނުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ފަރާތްތައް އެންމެ ބޮޑުވެގެން ވެސް ޖޫރިމަނާ ކުރެވެނީ އެއް ލައްކަ ރުފިޔާ އަށެވެ.
އަލަށް ހުށަހަޅާފައިވާ ބިލްގައި، ގާނޫނާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް 400،000ރ. އިން ވެސް ޖޫރިމަނާކުރެވެ އެވެ. އަދި އެއީ ބޭރުގެ ފަރާތެއް ނަމަ އަދަބު ކަނޑައަޅަން ޖެހެނީ ޖޫރިމަނާގެ އަދަދުތައް ފަސް ގުނައަށް ބޮޑުކޮށްގެންނެވެ.
އަލަށް ހުށަހަޅާފައިވާ ބިލުގައި މަސްމެހާމެހި ދިރުވައި އާލާކުރަން، އެކުއަކަލްޗާ ތަރައްގީ ކުރާނެ އުސޫލުތައް ކަނޑައަޅަން ގަވައިދުތައް ހަދަން ވެސް ލާޒިމްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަންޑަ
17 April 2019
އޭ ބުރޯ ބޭނުންހާ އެއްޗެއް ނުހެދޭނެ މީ އަހަރެމެންގެ ވެސް ގައުމު ކައޭ ތިި ބިލް ހިފައިގެން ކޮންމެސް އެހން ތަނަކަށް ދޭ ފާސް ކުރަން(ތިހެން އުޅުނު ރައީސް ޔާމީން ވެސް) މިހާރު ކައެއަށް ފެނޭނު ?
ޞޭހު
17 April 2019
ދެންކޮންއަނގައެތްތަޅާކަށް ކަލޭމެންނެތްނޫތަ މި ސަރުކާރަށް ސުޕަމެޖޯރިޓީދިނީ
ހަސަން ނުވަވަނަ
17 April 2019
ރަނގަޅަށް ތިޔާބުނީ ސޮރާ. މިހާރު ތިބޭނެ ރާކަނިމަސް ސޮރީ ގެރިގުއި ކެވިފަ
ޢާދަނުބެ
17 April 2019
ޢެކަނިމާއެކަނި ތަނެތްގައިނދެފަ ވިސްނާލަބަލަ ދުވެހިރާއްޖޭގެ މިއޮތްބޮޑުމުއްސަނދި ކަނޑުންދިވެހިންނަށް. ޢެތްވެސްފައިދާއެތްވޭތޯ ރިސޯޓް ތަކުގެ އޯނަރުންނަށްފައިދާވޭ.ރިސޯޓުތަކުގެ އޯނަރުންނަކީ ގިނައިން ބޭރުމީހުން މިޔަރުގިނަވެގެންގޮސް ހައްދުފަހަނަ އަޅާފަ އެކަމަކު މިޔަރުބޭނުމުގެހުއްދައެތްނެތް މިހެންގޮސް ކަނޑުންދިވެއްސަކަށްފައިދާއެތް ލިބިދާނެ ހުރިހާމަގެތްބަނދުކޮށްފަ މި އޮންނާނީ
ބައްތި
17 April 2019
އަތޮޅުތަކުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ހުރިހާކަމަކަށް ހުރަސް އަޅާ، އަތޮޅުތަށް ފަޅުކޮށް މާލެއަށް ތޮއްޖައްސަން ކަންތައްތައް މާމައްޗަށް ނުގެންދައްޗޭ! ކަމެއް ކުރަންޏާ ގާނޫނާއި ގަވާއިދާ ހިލާފަށް އުޅޭ ބޭރުމީހުން ރާއްޖެގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން މަސްކަތްކުރުން ހުއްޓުވާބަލާށެވެ. ދިވެހި ރައްޔިތުންނަށް ހުރަސްއަޅަން ނޫޅުއްވާށެވެ.
ފަރީ
17 April 2019
އަބަދުވެސް ތާކުން ކޮންމެވެސް ހުއްދަ އެއް ނަގައި ކޮންމެވެސް ފީ އެއް ދައްކަން ޖެހޭގޮތަށް ގާނޫން މިހަދަނީ، މީ ކީއްކުރަން ކޮން ބޭނުަމަކު ހެދި ގާނޫނެއްބާ ހިތައްއަރަނީ، މިއޮތް ހުރިހާ ދުވަހު ކާން ބޯން މަސްވެރިަކން މިކުރަނީ ހުއްދަ ހޯދާ ފީ އެއް ދައްކައިގެންނޫން، ބޮޑުމިނަކަށް ދޯނި މަސްވެރިކަމަށް ރަޖިސްޓަރީކުރަނީ، ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް އައިސް މިކުރަނީ ދުއްޕާން، ގިލަން ވެރިކަމެއް، އެހެންނޫނަސް ތިަކަމަކީ ތަންފީޒްވެސް ކުރެވޭނެ ކަމެއްނޫން،
މަމީ
17 April 2019
ކިހާވަރަކަށް ނުބަލާތީ އަޅެ ފޫހިފިލުވާލަން ކެޔޮޅުކަމު ގޮސްލަންވެސް ހުއްދަ ނަގަންޖެހޭކަމަށް ގާނޫނެއްގަ ލިޔާނީ، މިވަރު ތަންދޮރު ނުދަންނަ މީހުން މިސަރުކާރުގެ މަތީ މަގާމްތަކުގައި މިތިބީ، ކޮބައިބާ ބަންޑާަރަ ނައިބު އާއި ފިޝަރީޒް މިނިސްޓަރު، މިވަރުގެ ދުއްޕާން ރައްޔިތުންނަށް ޖައްސަން ހެޔޮނުވާނެ،
ނަހޫ
17 April 2019
މަސްވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ބަދަލުގައި އިތުރު އުދަގޫ ތަކެއް މި ތަހައްމަލް ކުރަންޖެހެނީ، ކީއްކުރަން ކޮންބޭނުމަކު ކުރަންއުޅެކަމަެއްބާވައެވެހިތަށްއަރާ ނޫނީ ހަމަހޭގަ ތިބެގެން ހަދާ ގާނޫންތަކެއްބާ، ރައްޔިތުންނަށް އިތުރު އުދަގޫތަކެއް ކުރާކަށް ގާނޫންތައް ހެދުމުގެ ބޭނުމެއްނެތ،ް
ރެކީ
17 April 2019
ބަލަ ރަށު ރައްޔިތުން އާމްދަނީހޯދަން ފަރުދީގޮތުން ކުރާ މަސައްކައްތައް މާލޭގެ މިނިސްޓްރީ އަކުން ހުރަސްއަޅަންޖެހޭތޯ؟ ތީއެއްކަލަ ބޭފުޅުން ނޫންރައްޔިތަކު ފައިވާންލުން މަނާކުރިފާޑަށް ދަނީތޯ؟ ބަލަ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މިނިސްޓްރީ ތީ ނިދަން ބައިންދާފަ ތިބޭބައެއްތޯ؟ އަތޮޅުތަކުގައި ޑިންގާ، ފަރުމަހުގެ އެކިބާވައްތައް ބްރީޑުކޮށް އާލާކުރާ ހެޗެރީތައްހަދާ. މަސްވެރިކަންކުރަ ފާމުތަކާ ދަނޑުތައް ރައްޔިތުންނަށް ހަދާދީ އާމްދަނީ ލިބޭނެމަގު ހޯދާދޭންވީނޫންތޯ؟
މަސްވެރިން
17 April 2019
މަހަަަަަަށް ހަމަ އަގު ހޯދައިދިނުން މާރަނގަޅު ވާނެހެން ހީވަނީ ބޯބުރާންތި ގާނޫނު ހެދުމަށް ވުރެން
ފުންއަސަރު
17 April 2019
މަހަށްދާ ކޮންމެ ފަހަރަކުއާ، މަހެއްބާނަންވާ ކޮންމެ ފަހަރަކު އެކަމަށް ހުއްދަ ނަގަންވެއްޖިއްޔާ ސަލާމަތެއް ނެތެއްނު. ހުއްދަ ނަގާފާ މަސްބާނާނެ ވަގުތެއް، ފުރުސަތެއް ނެތެއްނު.