18 އެޕްރީލް 2019 - 11:41
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭން ކުރި، އެ ޕާޓީގެ އިސް ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް ހޮވިވަޑައިގެންނެވި ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.
މި މަހު ހަ ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިިރާތަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ނެރުނެވެ. މި ކެންޑިޑޭޓުންނަށް ޓިކެޓް ދިނީ ޕްރައިމަރީންނެވެ.
ޕްރައިމަރީއާ މެދު ހިތްހަމަނުޖެހުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން އިންތިޚާބަށް ނުކުތް ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދީފަ އެވެ.
އެ މީހުންނާ މެދު އޮތީ، ކޮން ފިޔަވަޅެއްތޯ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އާއްމު މެމްބަރަކު ސުވާލު ކުރުމުން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެއީ ގޯހެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީގެ މަގާމެއްގައި ހުރެ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެހެން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަކީ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
Alhugandu qaboolu kuranee Party ge maqam eh gai hure party ge Candidate noon ehen Candidate akah campaign kohdhinumakee varah bodu goaheh kamah. Adhi e beybeyfulhunnaa medhu Party in Fiyavalhu alhan jeheyne kamah. @MDPSecretariat https://t.co/e8gJTtTWIB
— Hassan Latheef🎈 (@HassanLatheef) April 17, 2019
ހަސަން ލަތީފް ކުރެއްވި ޓުވީޓް.
އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ޚާއްސަ ކޮމިޓީއެއް އެމްޑީޕީގައި އޮވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީއާ މެދު ހިތްހަމަނުޖެހިގެން، ބައެއް މީހުން މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކާށިދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވި އަބްދުﷲ ޖާބިރު ހިމެނިވަޑައިގަންނަވަ އެވެ. ޕްރައިމަރީން ނާކާމިޔާބުވުމުން ހިތަދޫ އުތުރު ދާއިރާ އަށް އަހްމަދު މުހައްމަދު (ފަޒާ) ވެސް ވާދަ ކުރެއްވި އެވެ. އެކަމަކު އެ ދާއިރާ ކާމިޔާބު ކުރެއްވީ މިހާރުގެ ވެސް މެމްބަރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ކެމްޕެއިން ކުރެއްވި މުހައްމަދު އަސްލަމެވެ. މަޖިލިހުގެ ރައީސްކަމަށް އަސްލަމް ގެނައުމަށް ނަޝީދުގެ ތާއީދު އޮތުމާ އެކު، އެކަން ކާމިޔާބު ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބެލެވެ އެވެ.
މި އާންމު އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތަކާ އެކު އެ ޕާޓީ އަށް ލިބުނު ތާރީޚީ ކާމިޔާބީ އެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްބެ
18 April 2019
އަޅާނެ ފިޔަވަޅެއް އަޅަންވީ، އެމްޑީޕީ ރަޖިސްޓްރީ ކުރަން ހޯމް މިނިސްޓްރީ އަށް ފޯމްތައް ހުށައެޅި ދުވަހު އަހަރެންގެ ފޯމްވެސް އޭގެތެރޭގަވާނެ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް މިހިރީ އެމްޑީޕީ މީހެއްގެ ގޮތުގަ. ނަމަވެސް، ކެންދޫ ދާއިރާގެ ޕްރައިމަރީގަ ވޯޓް އޮޅުވާލައިގެން ހޮވުނުމީހާ ކަމުނުދާތީ އަހަރެން ކެމްޕެއިންކުރީ އިދިކޮޅު ކެންޑިޑޭޓަށް. ދާއިރާތަކުގެ ރައީސުންނަށް އެ ފުރުސަތު ފަހިކޮއްދިނީ ޕާރޓީން. ފަހުވަގުތު އެތައްބައިވަރު ފޯމްތަކެއް ވައްދައިގެން.
ކަޓޭ
18 April 2019
ހަސަން ލަތީފް ޕީޕީއެމްގަތޯ ތިހުންނަވަނީ. ފިޔަވަޅު އަޅާވާހަކަ ތިދައްކަނީ.
ހަޤީގަތް ޢަބްދު ﷲ ވަހީދު
18 April 2019
އެމްޑީޕީގެ ކެނޑިޑޭޓަކު, އުތުރަށް ނިސްބަތްވާ މަޖިލީސް މެމްބަރަކަށް, އެމްޑީޕީ މީހުންލައްވައި ވ ނުބައި ހަދައި މެމްބަރުގެ ގޭގެދޮށަށް ގޮސް ޖާސޫސްކޮށް, މެމްބަރަށް ވޯޓުލާން ތިބި މީހުންގާތު ފިތުނަ އުފައްދައި ކެމްޕެއިނަށް ވ. ގިނަގޮތްގޮތުން ހުރަސް އަޅައި ޤާސިމް ވިދާޅުވި ފަދައިން ވާރޭވެހޭހެން ލާރި އޮއްސާފައިވަނާ, މީ ތެދު ހަޤީގަތްކަން ﷲ މޮޅަށް ދެކެ ދެނެވޮޑިގެންވޭ, 19 ވަނަ ދައުރަށް ހޮވިފައިވާ ކެނޑިޑޭޓުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއިން ބަލައި ޕީޖީއަށް ފޮނުވާއި އޮއްވާ ކޯޓަށް ނުފޮނުވައި މިފަހަރު އެތެރެ އެތެރެއިން ލާރިދައްކައި މައްސަލަނިންމާލާފައި މިފަހަރު މަޖިލީހަށް ހޮވިފައި އެހުރީ, މީ އަމިއްލަ ޕާޓީއިން ކޮރަޕްޝަންގެ މައްސަލަ ސާބިތުވި މީހަކަށްވީމަ, އެތެރެއިން ނިންމާލާފައި ކަންތައްކޮށްދިންގޮތް. މިހާރު ހަމަ ހުދު ފޮތިކޮޅެއްފަދަ ސާފު މީހަކަށްވެފައިހުރީ.
މާމަގެ ލާއިގު
18 April 2019
ޕުރައިމަރީ ގަ ޕާޓީގެ އިސް ބޭބޭ ފުޅުން ހިންގތެވި ޖަރީމާ އައް ފިޔަވަޅު އަޅާ ބަލަ ނުކިޔާ!
އިދުރީސްބެ
18 April 2019
އެމްޑީޕީ ވެސް ޕީޕީއެމް އާ އެއްފެންވަރަކަށް ވެއްޓުނީމަ ކަމަކުނުދޭ، އެމްޑީޕީ އެފެދުނީ ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން. މައުމޫން އެ މިނިވަންކަން ނުދެއްވިނަމަ އެމްޑީޕީ ވުޖޫދެއްނުވީސް. ހަސަންލަތީފް ތިގޮވަނީކޮސް. އެމީހަކު ބޭނުން މީހަކަށް ކެމްޕެއިން ކުރުމުގެ މިނިވަންކަން، އަދީ އެމީހަކު ވޯޓް ދޭން ބޭނުންމީހަކަށް ވޯޓް ދިނުމުގެ މިނިވަންކަން އޮންނަންޖެހޭނެ. ރ.މަޖިލީހަށް ކެންޑިޑޭޓް ނެރޭއިރު ޕާރޓީން ބޮކެއް ނެރުނަސް ވޯޓްދޭ ވިސްނުން ދޫކޮއްލަންޖެހޭ.
ކަނބިލި
18 April 2019
ފިޔަވަޅު އަޅާ ނުލަފާކަން ދައްކާލަންވާނެ އިދިކޮޅުވާ ކޮންމެ މީހަކާ. އެއިރުން އަހަރެމެންނަށް ތިޔަ ކިޔާ ޑިމޮކްރަސީގެ ފޮނިމީރުކަން ލިބޭނީ
ޒިންމާ
18 April 2019
އެކޮއި މެން އެންޓި ކެމްޕޭން ޖެސީމައި އެންޓިކޭމްޕެނަކަށް ނުވޭ. އެހެން މީހުން ޖެއްސީމައި އެންޓި ކެމްޕޭނަކަށްވަނީ
ފަރީދާ
18 April 2019
ގަދަ!! ބާރު ލިބޭ ދުވަހު ޖެހޭނެ ހުރި ނުލަފާކަން ދައްކާލަން..
ޙަސަން އަޙްމަދު
18 April 2019
ކިރިޔާ މޮޅެއް ވާއިރަށް ބާރެއް ލިބޭ އިރަށް މަށާ ޚިލާފުވި އެންމެނަށް އަދަބުދީ ބަދަލު ހިފާ ޖައްބާރުކަން ދެއްކުމުގެ ނާތަހުޒީބު ސިފަ ހުންނަ މީހުން ރާއްޖޭގަ ގިނައީ.
އާރީ
18 April 2019
މުހަންމާއަށް ފިޔަވަޅު އާޅި ވަރަށް ނުބައި ހެދި މީހެއް