ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް: ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގާތީ ސަމާލު ކަމަށް ގެނައި ކަމަށް ވިދާޅުވި-- ފޮޓޯ: މިހާރު
20 އެޕްރީލް 2019 - 17:15
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓުން ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅި މައްސަލައިގައި ނުރަނގަޅު ކަންތައްތަކެއް އުޅޭކަން ފާހަގަކުރެވިގެން، ހުކުމް ކުރުމުގެ ކުރިން މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަމަހައްޓައިފަ އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ސޮއިކުރި އެއްބަސްވުން ވަހީދުގެ ސަރުކާރުން ބާތިލްކުރީ މެއި 2013 ގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން 2014 ގައި ހުކުމްކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދެއްކުމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ ފައިސާ ދޭން ނުޖެހޭނެ ކަމަށެވެ.
"މިހާރު" އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 2010 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އެ ކުންފުނީގެ ހިއްސާދާރުންނަކީ ރެޒޮނެންސް އިންވެސްޓްމަންޓާއި މިލަމާފާ އިންވެސްޓްމަންޓާއި މުހައްމަދު ސައީދު ކިޔާ މީހެކެވެ.
އާއްމު އިންތިޚާބުގައި ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ އުޝާމް "މިހާރު" އަށް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އޭރު ސިވިލް ކޯޓުގެ ގާޒީިއެއް އޭނާ އަށް ގުޅުއްވައި އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދަން ސުވާލުކުރެއްވި ކަމަށެވެ. އެ ގާޒީގެ ވާހަކަތައް ހުރިގޮތުން އެއީ ނުރަނގަޅު ކަމެއްކަން ފާހަގަ ކުރެވިގެން އެޓާނީ ޖެނެރަލާ އޭރު އެ ވާހަކަ ހިއްސާ ކުރައްވާފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
This judgment needs to be filed by the State to be reviewed by the SC. Back in Dec 2018, when a sitting judge at the Civil Ct called me to inquire abt this case, I had reasons to believe questionable dealings were involved in this case. And I informed the current AG about it. https://t.co/aG1AwDZPbw
— Ahmed Usham (@a_usham) April 20, 2019
އުޝާމްގެ ޓުވީޓު
"އަޅުގަނޑު ދެންނެވިން އެ ގާޒީއަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އެ މައްސަލައާ ގުޅޭގޮތުން ސިވިލް ކޯޓުގެ ގާޒީއެއް ބަލަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ގަބޫލު ނުކުރެވެއޭ. އެހެންވެ އެކަމުގައި ނުރަނގަޅު ކަންތައްތަކެއް އުޅޭތީ އެކަން އޭޖީއަށް ދެންނެވިން،" ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލައިގައި ކުރެއްވި ޓުވީޓާ ގުޅިގެން އިތުރު ތަފްސީލް ދެއްވަމުން އުޝާމް ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ ބަހެއް ނުލިބުނެވެ.
ސިވިލް ކޯޓުގެ އެ ގާޒީ އަކީ ދީބާޖާގެ ފަރާތުން އެ މައްސަލަ ފުރަތަމަ ކޯޓަށް ހުށަހެޅި އިރު އެ ކުންފުނީގެ ވަކީލެއް ކަމަށްވެ އެވެ. އަދި އޭނާ މިހާރު ވަނީ ގާޒީކަމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ދީބާޖާގެ ފަރާތުން ކޯޓަށް ވަޑައިގަތީ ވަކީލް ނޫރުއްސަލާމް އަބޫބަކުރާއި މަހްފޫޒް ސައީދެވެ.
ދީބާޖާ މައްސަލަ އަކީ ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމަކަށް ވާއިރު ސުޕްރީމް ކޯޓުން އެ މައްސަލަ ރިވިއު ކުރަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"މީގެ ކުރިންވެސް ސުޕްރީމް ކޯޓުން އެބަހުރި އެ ކޯޓުގެ ނިންމުންތައް ރިވިއު ކޮށްފައި. މިއީ ވެސް އެގޮތަށް ބަލަންޖެހޭ މައްސަލައެއް. އެވަރުގެ ބަދަލެއް ދޭން ޖެހޭތޯ ބަލަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ރޭ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އެ ކޯޓުން އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
21 April 2019
ސިވިލް ކޯޓުގެ އެ ގާޒީ އަކީ ދީބާޖާގެ ފަރާތުން އެ މައްސަލަ ފުރަތަމަ ކޯޓަށް ހުށަހެޅި އިރު އެ ކުންފުނީގެ ވަކީލެއް ކަމަށްވެ އެވެ. އަދި އޭނާ މިހާރު ވަނީ ގާޒީކަމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ދީބާޖާގެ ފަރާތުން ކޯޓަށް ވަޑައިގަތީ ވަކީލް ނޫރުއްސަލާމް އަބޫބަކުރާއި މަހްފޫޒް ސައީދެވެ. * * * ރޭވިގެން ރަވައިގެން ހިންގާފައިވާ ޖަރީމާ ކުޅިގަނޑެއް. ސަހަލަ އެކަކުނެތް . ދިވެހި ދައުލަލް ނޮޅާ ލޫޓުވާލާ ސަބަސް.
ހުކުރުގިރާ
21 April 2019
މި ވެރިންނަށް ދައުލަތުން 40 ހާހުން 50 ހާހުން މުސާރަ ދީ ދުއްވާނެ ކާރާ އާއިލާއަށް ސެލިއުރިޓީ ދިނީމަވެސް އިހުމާލު ވީ މީހަކު ޒިންމާ ނުކުރެވޭ، ހުރިހާ ބުރައެއް ޓެކްސް ދައްކާ ނިކަމެތި ރައްޔިތުންނަށް. ޓެކްސް ފައިސާ ބޭކާރަށް.
ސައްހަ ކަރެޕްޝަން
21 April 2019
މިލާރީގެ ބޮޑު ފައިދާއެއް އެމްޑީޕީއަށް ލިބޭނެތީ މަޑުންތިބީ ނަސީދުގެ ވެރިކަމުގައި އަދި ޔާމީންގެ ވެރިކަމުގައި ހިންގީ ހުސް ޖަރީމާ
ޙުސޭން
21 April 2019
އުޝާމް ތިޔަ ހުރީ ޔާމީނުގެ ވެރިކަމުގައި އޭޖީ ނައިބަކަށް ހުރެގެން ވިލިމާލެ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް ހިންގަން ދިން ބިމުގައި އުޝާމްގެ ބޭބެ ވިޝާމް އަށް ގާނޫނާއި ހިލާފަށް ޓޫރިސްޓް ހޮޓަލެއް އަޅަން ލަަފާ ދީފައި. ބަގީ ތައް ނުވެސް ދުއްވާ. ކިހާ ބޮޑު ގެއްލުމެއް މިއީ.
އިސްމާލި
21 April 2019
އެމްޑީޕީއަށް ފަންޑުކުރާ، އަދި ބަލަދުއަރާ ބަޔަކަށް "ބަދަލު" ގެ ގޮތުގައި ދޭންޖެހޭ މިންވަރުތައް ދީ ނިމެންދެން، ޖުޑިސަރީގައި އެއްވެސް މައްސަލައެއް ނޫޅޭނެ. އެއަށްފަހު އެޖެންޑާ 19 ގެ ދަށުން ޖުޑިސަރީ އިސްލާހުކުރުމުގެ މަސައްކަތް ފެށޭނީ.
ކަރީޕަހުމީ
21 April 2019
މިހާރު މިއިނގެނީ ރަށްޔަތުންދެކެވާލޯބި މަކަރާހީލަތުން ވެރިކަމުގައި ކުރަށްވާފައިވާ އޮޅުވާލުން ތިޔަބުނާ ކުންފުނިތަކުން އެގްރިމެންޓް ހަދާފައި ރަށްޔަތުންނަކަށް ހިދުމަތެއްނުދޭ އަނެއްކޮޅުން ސަރުކާރަށްނުކުރެވޭ ކަމެއް ކިހިނެއް އަމިއްލަ ފަރުދަކަށް ކުރާނީ ކާބަފައިން ދާއޮހޮރުވާލައިގެން ހޯދި 98އާގުބޯޓްތައް ވީތަނެއް ނޭނެގޭ އެއަރޕޯޓް ބަޔަކަށް ކުއްޔަށްދީ ނުވީތާކަށް ފަޅުރަށްތައް ނުއަގުގައި ހިތުހުރިމީހަކަށްދީ މިހާރު އެދިމާކުރަނީ މަސްބޭނުން މަނާކުރަން ރަށްޔަތުންހނ
އިލޮށި
20 April 2019
ހަމަހޭގަ ހުންނަވާތި. މި ދައުލަތުގެ އެއްވެސްކޯޓެއްގާ އަޅުގަޑާނުބެހޭ ދައުވާއެއް ހިގާފާނެކަމަށް ހީފުޅު ނުކުރައްވާށެވެ.
ދަތްނެތްކުއްޖާ
20 April 2019
އާޒިމާއޭ ކިޔާ އަންހެނެއްގެ އަތުން ތި ފައިސާ ހޯދުން ރަގަލު ވާނޭ ކަމަށް ދެކެން. ޤައުމަށާއި ރައްޔިތުން ނަށް ގެއްލުންދޭމީހެއް އޭނައަކީ. ހުރިހާ ނުބައި ނުލަފާ މަސްވަރާ އަރުވާ އެކަކު އެއީ.
އަލީޔ
21 April 2019
އާނ... ތެދެއް. ޕާޓީ ކުދިންނަށް ލާރި ބަހާފަ ހޯދާނީ ޔާމީނާ، އާޒިމާއާއި އަދި އެނޫންވެސް ޕާޓީ ކުދިން ހިތްހަމަ ނުޖެހޭ މީހުން އަތުން. އެއީތާ އިންސާފަކީ.
ޑޮންދަ
20 April 2019
ޜަނގަޅު ނުފޫޒެއް ފޯރުވަން ކުރިކަމަކީ ކޮބައިކަމެއް ލިޔުމަކުން ނޭނގޭ؟ ކޯޓުން ބޭރުގައި ދައުލަތާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަތައް ހައްލުކުރާ ވާހަކަ އަޑު އެހީމޭ، ދީބާޖާ މައްސަލަވެސް ހިމެނޭހޭ މީހަކު އެހީމަކީ ނުރްނގަޅު ނުފޫޒެއް މައްސަލައަށް ފޯރާވަރު ކަމެއްތޯ؟
ޏުފޫ
21 April 2019
މަށޭ ކިޔާތަ؟
ަައަޅުމީހާ
20 April 2019
އަޅުގަނޑު ހިތަށްއަރާ ކޮންދުވަހަކުންބާއޭ އަދުލު އިންސާފުގައި ތިބި މީހުން ހެއްދެވިފަރާތަށް ބިރުވެތިވެ އަދުލަށް ހުކުންކުރަންފަށާނީ.