ސްޓެލްކޯގެ މުވައްޒަފުންތަކެއް: ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ކުންފުނިތަކަށް އަންގާފައި.---ފޮޓޯ: މިހާރު
23 އެޕްރީލް 2019 - 12:58
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދޭން ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަދު އަންގައިފި އެވެ.
ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދުގައި އެކަންޏެވެ.
އެކަމަކު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރަށް ރޯދަ އިނާޔަތުގެ ގޮތުގައި ފައިސާ އާއި އެހެން އިނާޔަތްތައް ދެ އެވެ.
އެނގިފައިވާ ގޮތުގައި ފިނޭންސުން ވަނީ ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ވެސް އަންގައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް އަންގާފައި ވަނީ ރޯދަ މަހުގެ އިނާޔަތަށް 3000ރ. އަށް ވުރެ މަދުން ދީފައިވާ ނަމަ، މި އަންނަ މަހުގެ މުސާރަ އިން އެ ބައި ހަމަޖެއްސުމަށެވެ.
ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރޯދަ މަހު އެމީހަކު މަސައްކަތް ކުރާ ދުވަހަށް ކަމަށް ވެސް، ފިނޭންސްގެ އެންގުމުގައި އޮތް ކަން "މިހާރު"އަށް އެނގިފައިވެ އެވެ.
ރޯދަ މަސް ފެށޭ އިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭކަށް ނުޖެހެ އެވެ.
ފިނޭންސުން އެންގި އެހެން ކަންކަމުގެ ތެރޭގައި ލީވެއްގައި ހުރި މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި ހިދުމަތަށް އެނބުރި އައިސްފި ނަމަ، އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރު ބަލައި އެ އަދަދަށް ފައިސާ ދިނުން ހިމެނެ އެވެ. ރޯދަ މަހުގެ ތެރޭގައި ލީވްއެއްގައި ހުރި މުވައްޒަފަކު ހިދުމަތުން ވަކިވާ ނަމަ، ވަކިވި ދުވަހާ ހަމައަށް ވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި އެ ފައިސާ އަނބުރާ ޖަމާކުރަން ވާނެ ކަމަށް ވެސް އަންގާފައިވެ އެވެ.
ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދޭން ޖެހޭނީ އެބޭފުޅަކު ދާއިމީ އެހެން ވަޒީފާއެއް އަދާކުރަމުން ނުގެންދާ ނަމަ އެވެ. އަދި ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި މިކަންކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކް
25 April 2019
ހައު ސޭޑް! ދިސް އިސް ގޮނަ ލާސްޓޮ ފޮރ އޮންލީ ވަން ވީކް ވިތް ދިސް އިކޮނޮމީީ! ދެން ކިހިނެއް ހަވާދުލީ ބިސް ހަދާނީވެސް!! ))):
ސޭޑްއިންޑީޑް
25 April 2019
ހަވާދު ނުލާ ވެސް ބިހެއް ނުކެވޭނެ މިވަރުން.
ނަޝީދާ
24 April 2019
މިވަރުގެ އިޔަހޫދި ބަޔަކު ކަނޑައަޅާ މިނިމަމް ވޭޖް ދެން އޮންނާނީ ކިހިނެއްބާ
އަސޭލާ
24 April 2019
ރަށްޔިތުންގެ ފައިސާއިން އިނާޔަތް ދޭންޖެހެނީ ވަކިބަޔަކަށްތަ؟ސަރުކާރުގެ ވަޒީފާ އަދާކުރާމީހުން މުސާރަޔަށް މަސައްކަތްކުރަނީ ތިފައިސާ ވާނީހަމަ ހަރާން ފައިސާއަށް ރަށްޔިތު އެންމެންނަށް ތިފައިސާ ދިނީމަ ހައްގުވާނީ ނުދެންޔަ ނުދޭންވީ ރަށްޔިތުންގެ ހައްގެއް ވަކިބަޔަކަށް ނުބެހޭނެ ތީވަރަށް ނުބައިކަމެއް ރަށްޔިތުންގެ ހައްގު ވަކިބަޔަކަށް ދިނީމަ ވާނީ ރަށްޔިތުންގެފައިސާއަށް ހިޔާނާތްތެރި ވީކަމަށް
މަޑި ސީލަ
24 April 2019
ހަރާން ހަލާލު ނުކިޔާ ކޮންމެވެސް ވަޒީފާއަކަށް ވަދެބަލަ! އޭރުން ރޯދަ އިނާޔަތްވެސް މުސާރަވެސް ލިބޭނެ!
ލޮބާޑި
24 April 2019
ތިބޭފުޅާއަށް ނުލިބޭ ކޮންމެ އެއްޗަކީ ހަރާމް އެއްޗެއްދޯ
haneef
24 April 2019
މަޖިލިސް މެންބަރުން ތިއިނާޔަތް ވެސް ބޮޑުކޮއްދީ އެމީހުން އުޅެނީ ލިބޭ ވަރު މަދުވެގެން
ޑުރެކިއުލާ
24 April 2019
އޮފީސްގަޑީގަ ފާހާނާއަށް ވަންނަ މުވައްޒަފުންނަށް ފާހާނާގައި ހޭދަކުރާވަގުތަށްބަލާފަ 3000 ރުފިޔާއިން އެބައި އުނިނުކުރަނީ ކީއްވެބާ.
ރީތި މޫސަ
24 April 2019
ކުންފުނިތަކުން ރޯދަމަހުގެ އިނާޔަތް ދިނުމުގަ ދެވޭނެ އެންމެކުޑަމިން ކަނޑައެޅުމަކީ ރަނގަޅުކަމެއް އެހެނަމަވެސް ބޮޑުކޮންދެމުން އަންނަ ކުނފުނިތަކުގެ އަދަދު ކުޑަކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްނޫން ސަބަބަކީ ކުންފުތަކުން ފައިދާހޯދަނީ ކުންފުނީގެ ހިންމަތާ މިންނަތުން އަދި ލިބޭފައިދާގެ ބޮޑުބަޔެއް ސަރުކާރަށް ދަނީ ޓެކުހުގެ ގޮތުގަދައްކަމުން ކުންފުތަކުގެ އެފަދަނިންމުންތަށް ނިންމާނީ އެކުންފުންޏެއްގެ ބޯޑުން ހުރިހާކަމަކަށް ސަރުކާރުން އަތްބޭނުމަކީ ގޯހެއް
ހާމަ333
23 April 2019
ސިވިލް ސާވަންޓުގެ ރޯދަ އެލަވަންސް 3000ރ މުސާރައާއި އެހެނިހެން އެލަވަންސް 7000ރ ޖުމްލަ: 10000ރމަޖިލިސް މެމްބަރުގެ ޕްރިމިއަރ ރޯދަ އެލަވަންސް 10000ރ މުސާރައާއި އެލަވަންސް 100000ރމިރާއްޖޭގަ އުޖޫރަ ދޭން އުފައްދަން ސަރުކާރުން ވައުދުވި ޕޭކޮމިޝަން ކޮބާ? އުޖޫރައިގަ އިންސާފެއްނެތް....ފަރަގު އިންތިހާއަށް ބޮޑު...ދައުލަތުގެ މާލިއްޔާއިން މަންފާ މިއޮންނަނީ މަދު މީސްކޮޅަކަށް...ނޯ އިންސާފް...
ލާދީނީ
23 April 2019
ލާދީނީ ބައިގަނޑު ހުވާކުރުމުން މިއަންނަ ރޯދަމަހު އެލަވަންސެއް ނުވެސްދޭނެ. ދީނަށް ލޯބިކުރާ މީހުން ބާކީ ކޮއްލާނެ.
ޕޭލީވް
23 April 2019
ކީއްވެތޯ ކޮންމެ އަހަރެއްގެ ރޯދަ އިނާަޔަތް، ޕޭލީވް އަދި ސްކޮލަޝިޕް ތަކުގައި އުޅޭ މުވައްޒަފުންނަށް ނުދެނީ؟ އެ މުވައްޒަފުން ރޯދަ ނުހިފަނީތޯ؟ އެ މުވައްޒަފުންވެސް ކިޔަވަން ދަނީ ބޮޑު ބޮންޑެއްގައި ސޮއި ކޮށްފައި. ނަމަވެސް މި އަހަރުގެ ރޯދަ އިނާޔަތް ވިހެއުމުގެ 6 މަސް ޗުއްޓީގައި ތިބޭ މައިންނަށް ލިބޭ އިރު، ޕޭލީވް އަދި އެހެން ލީވް ތަކުގައި ތިބި މުވައްޒަފުންނަށްވެސް ލިބެންވާނެ ރރޯދަ ހިފާނެ ހުރިހާ އެންމެންވެސް. އެކަމުގަ ތަފާތު ކޮށްގެން ނުވާނެ އެއްވެސް މީހަކަށް
ގާޒީ
23 April 2019
ތިވާހަަކަ ހަމަތިގޮތަށް އަންގަބަލަ މަޖުލިސް އަދި ފަޑިޔާރުނަށާއި ނައިބުރައީސުންނަށް ކީއްވެ އެމީހުންގެ ބަލަދު އަހަރެެމެންނަށް ތިއަރުވަނީ؟ މިގައުމުގަ އޮތީ ދެރަމީހާއަށް ދެރަގޮތް!