ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދު: ނަޖިސް ފެނިގެން ބަންދުކޮށްފައިވާ މޫދު މިހާރު ވަނީ ހުޅުވާލާފައި.--- ފޮޓޯ: ނިޝާން އަލީ/މިހާރު
24 އެޕްރީލް 2019 - 10:32
ނަޖިސް ފެނިގެން މިދިޔަ މަހު ފަހުކޮޅުން ފެށިގެން ބަންދުކޮށްފައިވާ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފި އެވެ.
ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، "މިހާރު" އަށް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން އެ ސަރަހައްދު ހުޅުވާލާފައިވާ ކަމަށެވެ.
"އެޗްޕީއޭގެ ކްލިއަރެންސް ލިބިގެން އަލުން ހުޅުވާފައި އެވަނީ،" އޭނާ ވިދާޅުވި އެވެ.
ރަސްފަންނު ސަރަހައްދުގެ މޫދަށް ނަޖިސް ވަނީ ކިހިނެއް ވެގެން ކަމެއް މާލޭ ސިޓީ ކައުންސިލަކުން ނުބުނެ އެވެ. ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ އެޗްޕީއޭ އިން ކުރި ތަހުލީލުތަކުން، އެ ސަރަހައްދުގެ ލޮނުގަނޑުގައި ނަޖިސް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރަސްފަންނު މޫދުގައި ނަޖިސް: އެތަން އަލުން ހުޅުވާލީ ޓެސްޓްތައް ހެދުމަށް ފަހު ރައްކާތެރިކަން ޔަގީން ކުރުމަށް ފަހުގައި ކަމަށް ސިޓީ ކައުންސިލުން ބުނޭ--
ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ލޮނުގަނޑުގެ ފެން ނަގައިގެން ޓެސްޓު ކުރަމުން ދަނިކޮށް ވެސް ނަޖިސް ލެެއްގި ކަމަށެވެ. ވެސްޓު ޕާކް ރެސްޓޯރަންޓު ކުރިން ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ކުރިން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނުނެވެ.
ނަމަވެސް، މިހާރު އެކަން ހައްލު ކޮށްފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. އެކަމަކު ހައްލުކުރީ ކިހިނެއް ކަމެއް އަދި ވިދާޅެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަސްފަންނު ހުޅުވި ދުވަސްވަރު ވެސް އެ މައްސަލަ ކުރިމަތިވި އެވެ. އެ ފަހަރު ނަޖިސް ފެނި އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓުތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ.
ރަސްފަންނުގެ މޫދަކީ އެކި އުމުރުގެ ގިނަ ބަޔަކު އެރި އުޅޭ ސަރަހައްދެކެވެ. މޫދު ކަސްރަތު ކުރުމަށް ވެސް ގިނަ ބަޔަކު އެ ސަރަހައްދު ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓޭ
24 April 2019
ކޮންމެ އިންތިހާ ބަކަށް ތި ތަނުން ނަޖިސް ފެންނާނެ! ދާއިމީކޮށް ނަޖިސް ނުފެންނަ ގޮތް ހަދަން ސިޓީ ކައުންސިލަށް ނޭނގޭތަ؟؟؟؟
ޖަމްޝީދް
24 April 2019
ނަޖިސް ހޮޅިތައް ތިދިމާލުގަ އޮތީމަ އޮއި ހުންނަ ގޮތުން ބައެއް ދުވަސްވަރު ވާކަމެއް
އަންްނި
24 April 2019
ނަޖިސްވަނީ ކީއްވެގެންކަމެއް ޙައްލު ކުރާނީ ކިހިނެއްކަމެއް ނޭނގި ކިހިނެއް ޙައްލުކުރީ؟ ޙައްލުކުރިގޮތެއްވެސް ޑެޕިއުޓީ މޭޔަރަކަށް ނޭނގޭ. ދެން އަމިއްލައަށްތަ މައްސަލަ ހައްލުވީ؟ މިފެންވަރުގެ މީހުން މިތިބެނީ ކައުންސިލަރުންނަށް ހޮވާފަ. ކުރިން ސަރުކާރުގަ ނަޖިސްވި ސަބަބު ބުނެދިން، ހައްލުކުރިކަން އެނގުނު، އަދި ކަށަވަރުކޮށްދޭން މިނިސްޓަރު ފަތަންވެސް ފެތި. މިސަރުކާރުގަ އެހާ ޔަގީންކަން ދެވޭ ފެންވަރުގެ މީހަކު ނެތީބާ؟
ހިސާން
24 April 2019
ތިތަން އެންމެ ރަނގަޅު ވާނީ އެއްކޮއް ހިއްކާލާފަ އާންމު ވިޔަފާރި ކުރަން ދޫކޮއްލުން، ސަރުކާރަށާއި އާންމު އެތައް ބަޔަކަށް މީގެ ފައިދާ ކުރާނެ.
އަހުމަދު އިބްރާހިމް
24 April 2019
އިންތިހާބަށް ބަންދު ކުރި ތަނެއް ތިއީ ޕީޕީއެމް އަށް ގިނަ ވޯޓް ލިބިދާނެތީ... ބަންދުކުރީ ނަޖިސް ފެނިގެން ކަމަށް ބުނެ، ނަމަވެސް މިހާރު ނަޖިހެއް ވެސް، ނަޖިހުގެ އަސަރެއް ވެސް ނެތް..
ޔަކްކްކްކްކް
24 April 2019
އެކަމް ދެން ނުކެރޭނެ ތިތަނަށް މޫދަށް އެރޭކަށް ނަޖިހުން ފެންވަރަން. ޔަކްކްކްކްކްކް
ބޮކަރުމާ
24 April 2019
އެކަން ވާންޖެހުނު ސަބަބު ދެނެގަނެވިއްޖެތޯ....
ބަހަނާ
24 April 2019
ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެއ
ޖެކް
24 April 2019
100 ދުވަސް ނުވަނީ ތޯއްޗެއް!