ޚަބަރު / މެމްބަރު މުހައްމަދު މުސްތަފާ

މެމްބަރުންނަށް ވީއައިޕީގެ ޚިދުމަތް ލިބޭ ގޮތަށް މުސްތަފާ ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަން ނިންމައިފި

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކޮމިޓީ ބައްދަލުވުމެއްގައި. --- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ވީއައިޕީގެ ޚިދުމަތް ދިނުމަށް ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަން މިއަދު ނިންމަވައިފި އެވެ.

މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށެވެ. މީގެ ކުރިން އެފަދަ ޚިދުމަތެއް މެމްބަރުންނަށް ލިބިވަޑައިނުގަންނަވަ އެވެ.

މުސްތަފާ، ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަކީ، ރައްޔިތުން އިންތިޚާބުކޮށްގެން ދައުލަތަށް އެތަކެއް ޚިދުމަތް ކޮށްފައިވާ ބޭފުޅުން ކަމަށް ވާތީ ޝަރަފުވެރިކަމާއި އަބުރުވެރިކަމާ އެކު އެ ބޭފުޅުންނަށް ދިވެހި މުޖުތަމައުގައި އުޅުއްވުމުގެ ފުރުސަތު ލިބިދިނުމަށް ކަމަށެވެ.

މެމްބަރުންނަށް ގާނޫނުން މިހާރު ލިބިވަޑައިގަންނަވަނީ ރައްޔިތުން އިންތިޚާބު ކުރާ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވުރެ މަދު އިނާޔަތަކަށް ވާތީ، އެކަމަށް ހައްލު ހޯއްދެވުމަކީ ބިލްގެ މަގްސަދެއް ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ބިލްގައި ވެ އެވެ.

ނަމަވެސް، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ، އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ސަރުކާރުގެ ފަރާތުން ބޭނުން ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަސްލަހަތު އޮތް ބިމެއް [މި ސަރުކާރުން] ނަގައިފި. އަޅުގަނޑުގެ 5،000 ޓަނުގެ ބޯޓެއް ނަގައިފި. ދެން ކޮން އެއްޗެއްތޯ އިތުރަށް ބޭނުން ވާނީ؟ މީގެ ކުރީ ސަރުކާރުތަކުން ކުރި ކަމަކީ އަޅުގަނޑު ކޮށްފައި ހުރި މަސައްކަތްތައް ނަހަމަ ގޮތުގައި ނިގުޅައިގަންނަނީ،" މުސްތަފާ ވިދާޅުވި އެވެ.

މުސތަފާ ވިދާޅުވި ގޮތުގައި، އޭނާ ވެސް ހިމާޔަތާއި ރައްކާތެރިކަން ދެއްވަނީ މާތް ﷲ އެވެ. އެ އަށް ވުރެ، މޮޅު ހިމާޔަތަކާއި ރައްކާތެރިކަމެއް ލިބިފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ގާނޫނުން އަޅުގަނޑަށް ހިމާޔަތެއް ކެނޑިގެން ނުދާނެ،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާގެ ބިލް އަނބުރާ ގެންދެވި ނަމަވެސް، ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ، ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށް ބުނެ، އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބޭނީ މެމްބަރުންނަށް އެކަންޏެވެ.

މީގެ އިތުރުން، މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު، އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ލަތީފް ހުށަހެޅުއްވި ބިލްގައި ބުނެފައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ އޮފިޝަލް ޕާސްޕޯޓެކެވެ. އެކަމަކު، މަޖިލިހުގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓި ލިބިވަޑައިގަންނަވަ އެވެ.

ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ. އެއީ، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާހުގައި ހިމެނޭ އެއް ކަމެވެ.

10 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 6%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސްތަލިފޫ

25 April 2019

މުސްތަފާބެ ސްޓަންޓެއް ޖެއްސީދޯ

The name is already taken The name is available. Register?

1111

25 April 2019

މިމީހުން މިމީހުނަށް ކަންތައް ނުކުރެވިގެން އުޅޭތަން މިފެންނަނީ.. ކޮބާތަ މި މީހުން މި ތަންތަނަށް ހޮވާފަ ތިބޭ ބޭނުމަކީ.. ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތަށް ކިހަވަރަކަށް ރައްކާތެރި ވެވޭބާ! ކިހާ ތެދުވެރިބާ! ކިހާ އިޚްލާސްތެރިބާ! ކިހާ އަމާނާތްތެރިބާ!

The name is already taken The name is available. Register?

އަބްދުއްالله

24 April 2019

ވީ އައި ޕީ ން ފުރައިގެން ގޮސް ކަޑަލޫރަށް ޖެއްސީމަ ކަޑަލޫރުގެ ވީ އައި ޕީ އަށްވަދެވޭތަ؟

The name is already taken The name is available. Register?

‫ގޮހޮޑާ

24 April 2019

ސިޔާސީ ބަހުސެއްގައި ވާދަވެރިންގެ ޒާތަށް ހުތުރު ސިފައިގައި އަރައިގަތުމަކީ އަޑުއަހަން ތިބޭ މީހުންގެ ނަފުރަތާ ރުޅިވެރިކަން ލިބޭނެކަމެއް. ރީތިކޮށް ވާހަކަދެކެވެން ޖެހޭނެ. އިލްމީ ހުށަހެޅުމެއް އޯޑިއަންސަށް ޑެލިވަރކޮށް ދެން ވާނެ. ހުތުރު އެއްޗިހި ގޮވުމަކީ ގަޓުކަމެއް ނޫން.

The name is already taken The name is available. Register?

އިސްލާމީ މަރުކަޒުގެ މުންނާރު

24 April 2019

މުޞްޠަފާއަށް ހެއްދެވިފަރާތްމަތިން ހަނދުމަފުޅުވީކަން ރަނގަޅު. ތިގޮތުގަ ދެމިހުންނާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

މުސްތަލިފޫ

24 April 2019

ތީވަރަށް ދެރަ ކަމެއް. ތިޔަހެން ނުހައްދަވާ ބިލް އަލުން މަޖިލީހަށް ވައްދާ. ޤައުމުގެ ބިމުގައިހުރި ވެއްޔަންދާންދެން ބައްކުރެވޭތޯ ބައްލަވަންވާނެ.

The name is already taken The name is available. Register?

ކޮބާ ހީވެސް ނުވޭ

24 April 2019

މިހާރު މާބޮަޑަށް ލަދުގަތީދޯ. މުސްތަފާ މަޖްލީސްއަށް ހޮވިޔަސް މާދަމާ ހުންނާނީ ކޮންޕާޓި އެއްގެ ކަމެއްނޭގެ.

The name is already taken The name is available. Register?

ހުތްކިބަ

24 April 2019

މިވީގޮތެއް ނޭނގުނު!

The name is already taken The name is available. Register?

ޅަބޭ

24 April 2019

މުސްތަފާ ތީދެން ކާކުކަމައް ތިހީކުރަނީ....

The name is already taken The name is available. Register?

ނޫމާނު ހަބީބު

24 April 2019

ތަންކޮޅެއް ކުރިން ތިކަމާ ވިސްނައި ބިލު ނުލިނަލަ މުސްތަފާއަށް މީހުން އެހާ ފާޑެއްނުކީސްކަން ޔަގީން، މުސްތަފާމެންގެ ސިޔާސީ ހަޔާތް މިހާރު ތިޔައޮތީ ނިމިފައި، ދެން ރިޓަޔާކުރޭ، އެނޫންގޮތެއްނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454