ގާނޫނީ ވަކީލް މޫސާ ސިރާޖު: ޑީޖޭއޭއަށް ހާޒިރު ކުރުމުން ވިދާޅުވީ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް--
26 އެޕްރީލް 2019 - 12:01
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮރަޕްޓު ކަމަށް ވިދާޅުވީ، އެ ބޭފުޅުން ފައިސާ ނަންގަވާ ކަމުގެ މާނައިގައި ނޫން ކަމަށާއި އޭނާ މާނަކުރެއްވީ ލިބިވަޑައިނުގަންނަވާ ބާރުގެ ބޭނުން ކުރެއްވުމާއި އިޖުރާއަތުތަކާ ޚިލާފަށް އަމަލު ކުރެއްވުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ދެއްވި ބަޔާނުގައި ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުގެ އިސްލާހުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވުމާ ގުޅިގެން ސިރާޖު އިއްޔެ ވަނީ ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެ ބަޔާނުގައި ވެސް އޭނާ ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ މަގާމެއްގައި ތިބޭ ބަޔަކު ކަން ކުރަން ޖެހޭ ގޮތާ ހިލާފަށް ކަންކުރާ ނަމަ އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.
"ފަނޑިޔާރުން ކަންކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ ފަނޑިޔާރުން ބަދަލުކުރަން ޖެހޭ. އެއީ ބުނަން ޖެހޭ ވާހަކައެއް. އެއީ ކޯޓުގެ ހުރުމަތް ކެނޑުމެއް ނޫން،" ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އަށް ދިން ބަޔާނުގައި ސިރާޖު ވިދާޅުވި އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގަައި، ފޮނަދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބަލިކުރެއްވި ސިރާޖު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާ އެކުލަވާލާފައި ވަނީ ފެހި ގާނޫނުއަސާސީ ބުނާ ގޮތަކަށް ނޫނެވެ. އެހެންވެ، މީހުންގެ އިތުބާރު ލިބޭ ގޮތަށް ޝަރުއީ ދާއިރާ އެކުލަވާލަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ނަމަވެސް ފަނޑިޔާރުން ސީދާ ގޯސްކޮށް ކަންކަން ކުރާއިރު ފަނޑިޔާރުން ވަކިނުކޮށް ތިބެގެން ނުވާނެ،" އެމްޑީޕީގައި އިސްކޮށް އުޅުއްވާ ވަކީލް، ސިރާޖުގެ ބަޔާނުގައި ވެ އެވެ.
ޝަރުއީ ދާއިރާއަށް އާއްމުން އިތުބާރު ނުކުރާކަން ފާހަގަ ކުރައްވައި ސިރާޖު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިންގައި އޭނާ އުޅުއްވިއިރު ވެސް އަދި އެކި މައްސަލަތަކުގައި އަންނަ މީހުން ވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އިން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ނަމަވެސް ފަނޑިޔާރުން ސީދާ ގޯސްކޮށް ކަންކަން ކުރާއިރު ފަނޑިޔާރުން ވަކިނުކޮށް ތިބެގެން ނުވާނެ،" ސިރާޖު
ފަނޑިޔާރުން، އިޖުރާއަތާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ކޮރަޕްޓު ބައެއް ކަމަށް މާނަކުރެއްވީ، އެ ކޯޓުން ސުމޯޓޯ މައްސަލަ ހިންގުމާއި ދަށު ކޯޓުގައި ހިނގަމުން އަންނަ މައްސަލަތަކުގެ ފައިލް 'އުފުލުން' ފަދަ ކަންކަން ކުރާތީ ކަމަށެވެ. އަދި ޑީޖޭއޭ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލުކޮށްފައިވާއިރު އެއީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އަންގައިގެން ޑީޖޭއޭ އަށް މިދިޔަ ބުދަ ދުވަހު ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ހާޒިރުކޮށްފަ އެވެ. އޭނާގެ މައްސަލައަކަށް ވީ، އިންސާފު ގާއިމްކުރެވެން އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ވިދާޅުވެ ރާއްޖެ ޓީވީގައި ވާހަކަ ދެއްކެވުމެވެ.
މީގެ ކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑުވިދާޅުވެގެން ސުއޫދު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. ޝަރުއީ ދާއިރާ އަށް ފާޑުކިޔާ އެހެން ބައެއް ވަކީލުން ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފިއު
26 April 2019
ފަނޑިޔާރުން އިޞްލާހްވާން ރައްޔިތުން ނަށް ގޮވޭނެ އެއީ ރައްޔިތުންގެ ނިކަމެތި ޚާދިމުން އެއީ މުސރަވެރިން އެމީހުންނަށް މުސާރަ ދެނީ ރައްޔިތުން އިޞްލާހްވޭ އެވެސް ހަމަ ރައްޔިތުންގެ މަގާމެއްގަ ތިބި ބައެއް
ޜަސްގެފާނު
26 April 2019
ސިރާޖު ކަލޭގެ ޤާނޫނީ ފެންވަރަކީ ކިބާ. ދެ ދުވަހު ކޯޓަށް ގޮސް ތިމާ ވަކާލާތު ކުރާ މައްސަލަތައް ނާކާމިޔާބު ވުމަކީ ފަނޑިޔާރުންގެ ކުށެއްނޫން ދޯ
ހްހްހްހްމްމްމްމް
26 April 2019
ކޮބާ*. ދިވެހިބަސް ދަސްކޮށްފަ ދެން ބޭކާރު ވާހަކަ ދައްކާ
ހަސަން ނުވަވަނަ
26 April 2019
އަދީބުމެން ސުޕާރީ ގަނެދިނީމާ ނުކުމެ ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަދެއްކީމަ މަގާތަށް އަންނަނީ ހިނި.
___ރައީސު
26 April 2019
އިސްލާހުވާ ދުވަހު ނަން ބޯޑު ބަދަލު ކުރުމާއި ފެތުމާއި ދުވުން ބާއްވަ ދޭނަން
ހަސަން ނުވަވަނަ
26 April 2019
ވެގެން އުޅޭ ގޮތަކީ މިމީހުންގެ ޕާޓީ މީހުންނަށް ޝަރީއަތް މެދުވިރެކޮށް ދައުލަތުގެ މާލިއްޔާ ކަހާލަން ފަނޑިޔާރުން އެއްބަސް ނުވާތީ. އެކެއް ފެބްރުއަރީގަ އަމުރެއް ނެރުނީމަ މިމީހުން ގޮވާ ނެގި ދުނިޔޭގަ ނެތްވަރުގެ މިނިވަން މުސްތަގިއްލު އިންސާފުވެރި ފަނޑިޔާރުގެއެކޭ.
ހަސަން ނުވަވަނަ
26 April 2019
ޖަރިމާ ހިންގާ ބައިތުލްމާލް ކައި ހުސްކުރާ މީހުންގެ ދިފާއުގަ އެމީހުން ނުކުރާ ކަންތަކެއްކަން ދައްކަން ވަކާލާތުކުރާ ނަޒާހަތްތެރިއެއް މިވެސް
އަމަލު
26 April 2019
މިގައުމު ފަސާދަ ކުރުމުގެ އެއްމެއިސް ރޯލެއް އަދާކުރަނީ ގާނޫނީ ވަކީލުން ބޮޑެތި މުޖުރިމުން ކުށްކުރުމުން އެމީހުން ކުށްރިކަން އެނގިތިބެ އެމީހުން ކުށުން ބަރީއަކޮށްު މުޖުތަމައުގެ ތެރޭގައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ހޯދަދެނީ އަދި ހޯދަދީފަވަނީ ފަނޑިޔާރުންނަށް ވުރެ ބޮޑަށް ވަކީލުންގެ ބުރަމަސަތްކަތުން، ކުށްކުރިމީހަކު ކުށްކުރިކަން އެނގިހުރެ އެމީހަކަށް ލިބެންޖެހޭ ހައްގު އަދަބު ނުލިބޭނެހެން މަސައްކަތް ކުރުމަކީ ފަސާދަކުރުން،އެއީ ބޭއިންސާފް
ހައްސާނު
26 April 2019
ގޭންގުތަކުން އެޑްވާންސުކޮއް ކޭޝްދީފަ ތިބޭ ވަކީލުންވެސް މަދެއްނޫނެވެ. ވީމާ ޖަޖުންގެ ހާލަތުވެސް މިއައްވުރެ ރަނގަޅުވެދާނެޔޭ ބުނާކައް ނުކެރޭނެ.
ޖުހާ
26 April 2019
ފަނޑިޔާރުން ވިޔަސް ޒިނޭ ކުރީމަ އެވާނީ ޒިނޭއަށް، ފަނޑިޔާރަކު ވައްކަން ކުރިއަސް އެވާނީ ހަމަ ވައްކަމަށް، ފަނޑިޔާރަކު ކޮރަޕްޓު ވީމާ ނުވަތަ ރިސްވަތުނެންގެ ވީމާ އެވާނީ ހަމަ އެއަށް. މިއަށް ވުރެ ފާޅުކަން ބޮޑުކޮށް ތަފްސީލާ އެކީ އެމީހުންގެ ވާހަކަ އަވަސް އަވަހަށް ދައްކަން ޖެހޭ. ފަނޑިޔާރުގެ އިސްލާހު ކުރަން ޖެހޭ. އަހަރެމެންގެ ފައިސާއިން އުޖޫރަނަގާ، ރޯމާ ދުވާލު ހިތުހުރި ގޮތަކަށް އަމަލުކުރަން ވަށިހަމަ ވެގެން ނުވާނެ.
ޚާސިމް
26 April 2019
ފުރަތަމަ ކަލޭ އިސްލާޙް ވާންވީ
ކޯޓުގެ ހުރުމަތް
26 April 2019
މިމީހުންނައް ވަކީލުކަން ކިޔަވައިދިނީ ހުސްނުލް ސުއޫދު. އޭނަ ކޯޓުގެ ހުރުމައް ކެޑުން’ ކޯޓު ކޮންޓެމްޓ ކުރުމުގެ ބާބުން ފާހެއްނުވޭ.