26 އެޕްރީލް 2019 - 15:52
މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން މިފްކޯ އިން ކުރިއަށް ގެންދާ 'ފަސްމީރު ރޯދަ ބައިވެރިޔާ' ގެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފި އެވެ.
މިފްކޯ އިން ބުނިީ އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންގެ ތެރެއިން އެއް ވަނަ އަށް ހޮވޭ މީހަކަށް އުމްރާ ދަތުރެއް އަދި ދެވަނަ އަށް ތައިލެންޑު ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ތިންވަނަ އަށް ހޮވޭ މީހަކަށް ދެނީ އެއް އަހަރު ދުވަހަށް ބޭނުންވާވަރަށް ފެލިވަރު މަހެވެ.
ޕްރޮމޯޝަން ގައި ބައިވެރިވެވޭނީ 48 ދަޅުގެ ތެޔޮ މަސްކޭހެއް ގަތުމުންނެވެ. ކޮންމެ މަސް ކޭހަކަށް ކޫޕަނެއް ދޫކުރެ އެވެ.
މާދަމާ އިން ފެށިގެން ޖޫން މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލެ އަދި ހުޅުމާލޭގައި ހުންނަ މިފްކޯގެ މަސްފިހާރަ ތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޓޫ އަހަންމަދާ
26 April 2019
ފެލިވަރު މަސް ދަޅު ހަމަ ހަބޭސް ، މިވަރެއް ނެތް ، ރާއްޖޭގެ ކަނޑުތަކުން ބާނާ މަސް ، ދަޅު ތަކުގައި ބަންދު ކޮށް ގޭގޭގެ ސުފުރާ މައްޗަށް ތާޒާ ކަން މަތީ މިފްކޯ އިން ފޯރު ކޮށްދޭތީ މިފްކޯއަށް ޝުކުރު ދަން ނަވަން ، މިފްކޯ ވަރެއް ނެތް ، ހަމަ ހަބޭސް ،