ލަންކާ ސިފައިންގެ އޮޕަރޭޝަނުގައި އަތުލައިގަތް ބައެއް ތަކެތި އިންސްޕެކްޓް ކުރަނީ. --ފޮޓޯ:އޭއެފްޕީ
29 އެޕްރީލް 2019 - 11:41
ކޮލަމްބޯ (އެޕްރީލް 29) - ބޮމުގެ ހަމަލާތަކާ ގުޅިގެން ޝައްކުކުރެވޭ މީހުން ހޯދަން ސްރީ ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ޖާނުންފިދާވުމުގެ ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ތިން މެންބަރުން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
އިރުމަތީގެ ކަލްމުނައީ ޓައުންގައި އައިއެސް އަށް ނިސްބަތްވާ މީހުން ހިންގާ މައި މަރުކަޒަކަށް ލަންކާގެ ސަލާމަތީ ބާރުތަކުން ވަންނަން ހޮނިހިރު ދުވަހު ދިޔުމުން ވަނީ ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. ގަޑިއެއްހާ އިރުގެ ހަމަލާތަކަށް ފަހު ތިން މީހަކު ވަނީ ޖާނުންފިދާވެގެން މަރުވެފަ އެވެ.
އައިއެސްގެ ޚަބަރުތައް ގެނެސްދޭ އައުމާގު ނިއުސް އިން ބުނީ ފުލުހުންނާ ކުރިމަތިލުމަށް ފަހު، އަމިއްލަ އަށް މަރުވެގެން ހަމަލާ ދިނީ އެ ޖަމާއަތަށް ނިސްބަތްވާ މީހުން ކަމަށެވެ. ލަންކާ ފުލުހުންނާ ދެކޮޅަށް އެ މީހުން ހަމަލާ ދިނީ އޮޓޮމެޓިކް ރައިފަލުން ކަމަަށާއި އަމިލަ އަށް މަރުވީ ވަޒަން ހުސްވުމުން ކަމަށެވެ.
ފުލުހުން ބުނީ އެ ކުރިމަތިލުމުގައި 15 މީހުން މަރުވި ކަމަށެވެ. އޭގެ ތެރޭގައި ތިން އަންހެނުންނާއި ހަ ކުޑަ ކުދިން ހިމެނެ އެވެ. ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހާޝިމް ޒަހުރާންގެ ބައްޕަ އާއި ދެ ކޮއްކޮ ހިމެނޭކަން ވަނީ ޔަގީންކުރެވިފަ އެވެ. ހަމަލާ ދިނުމުގައި އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ކަމަށް ބެލެވޭ ހާޝިމް ވަނީ ޝަންގްރިއްލާ އަށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަރުވެފަ އެވެ. ކަލްމުނައި އަކީ ހާޝިމްގެ އުފަން ޓައުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
29 April 2019
އިސްރާއީލުގެ(އައި) ސީކްރެޓް(އެސް) އިންޓެލިޖެންސް(އައި) ސާވިސް(އެސް).
ބުޝްބުޘް
29 April 2019
ކިތަންމެ ވަރަކަށް އިސްރާއީލޭ އެމެރިކާ އޭ ކިޔަސް އެއީ ހަމަ މުސްލިމުންގެ ތެރެއިން އުފެދިގެން އައި ބައެއް، އެެޢީ އެމެރިކާގެ ވާގިވެރިކަމުގައި ވިޔަސް، އަމިއްލަ ހިތްހަމަ ޖެހުމަށް މިހެން ކިޔާލަ ކިޔާލަ ތިބޭ، އިސްލާހު ވެވޭނީ އަމިއްލައަށް ކުށް ގަބޫލު ކޮށްގެން
ޖިހާދު
30 April 2019
ހަނގުރާމާގައި ކުށެއްނެތް ކުޑަކުދިންނާއި އަންހުނުން މެރުން އޮވޭތޯ.؟ މިހާރު މިޖެހުނީ ބަޔަކު ކުރިކަމަކުން ކުށެއް ނެތް އެތައް އުޙްތުންތަކެއް އައުރަ ނިވާ ނުކޮށް އުޅެން. އެއްގޮތަކަށް ވެސް ޖިހާދު ކުރުމަކަށް ދެކޮޅެއް ނަހަދަން!
ހުދަންބަރު
29 April 2019
ރާއްޖެގެ ސަލާމަތީ ބާރުތަކަށް އާދޭހާއެކު ދަންނަވަން . ސިޔަސި ބައެއް ބޭފުޅުން ސާފު ދިވެހި ބަހުން ބިދާޅުވަމުން އެދާ ކަންކަން ރަނގަޅަށް ބައްލަވާ ފިޔަވަޅު އަޅުއްވާދެއްވާށޭ. އެތައްބައެއްގެ ފުރާނަ ގޮސް ގަވްމުގައި ބިރުވެރިކަން ޢާއްމުވުމުގެ ކުރިން.. ބިން ލާދީން ގަތުލު ކޮށްލިފަހުން އޭނަގެ ސިފަ ޖެހިގެން އޭނަޔަށް ވެގެން އުޅޭމީހެއް ވެސް މި މާލޭގައި އެބައުޅެއެއްނުން. ސިފައިނާ ފުލުންހުންނަށް ވެސް އެނގިވަޑައިންނަވާނެ އެކާކުކްން. ޕްލީޒް ބައްލަވާ ފިޔަވަޅުއަޅުއްވ
ރޮވޭހާވޭ
29 April 2019
އައިއެސް! ޕްލީޒް ސްޕެއާ އިނަސެންޓް ޕީޕްލް. ހެޔޮނުވާނެ ތިފާޑަށް އުޅެން.
ކަރީމުއްދީން ބާޝާ
29 April 2019
މި އައިއެހަކާހެދި ކިހާބޮޑު ދުއްޕާނެއް.