29 އެޕްރީލް 2019 - 12:03
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ހަވާލުކޮށްފި އެވެ.
އިންތި އަށް އަންގާފައިވަނީ މާދަމާގެ 8:30 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރު ވުމަށެވެ.
ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށް އަމުރުގައި ބުނެފައިިވެ އެވެ.
Just summoned to SC for April 30th at 8:30 am, while I’m in Parliament. Judicial threats cannot stop us!#ReformJudiciary#ReformSC pic.twitter.com/IQUE9piFrA
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) April 29, 2019
އިންތި މަޖިލީހުގައި އިންނަވަނިކޮށް ގުޅައި ޗިޓް ހަވާލު ކުރަނީ---
އިންތިއަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭގޮތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅެކެވެ.
ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި މީގެ ކުރިން ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ސަސްޕެންޑް ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް
29 April 2019
ތިޔަހެން ދައްކާ ބިރަކަށް މިރާއްޖޭގެ މީހުން މިހާރަކު ނުސިހޭނެއެވެ. ސުމޯޓޯއަކުން ފުވާދު ތައުފީގު މަގާމުން ދުރުކުރުމުންވެސް ވީކަމެއް ހަރާމެވެ. އެޗްއާރުސީއެމްގެ މެމްބަރުން ގެންގޮސް ބިރުދެއްކުމުންވެސް ވީކަމެއް ނެތެވެ. ފާޑުކިޔުމަކަށް ހުއްޓުމެއް ނެތެވެ. ފަންސާސް އެތައް ވަކީލުންނެއް އެއްފަހަރާ ސަސްޕެންޑު ކުރުމުންވެސް ގުޑުވައެއް ނުލެވުނެވެ. ވީމާ، އަދުލުވެރިކަމާ ހަމަހަމަކަމާ އިންސާފުވެރިކަމާއެކު ކަންކަން ކުރުމެވެ.
ދަތްނެތްކުއްޖާ
29 April 2019
އިންތިއެވެ. ގެންދާނެއެވެ. މިދާ ވަރުން ދަންޏާމު ޤައުމުގައި ތިބޭ ރައްޔިތުންވެސް ތިބުނާ ތަނަކަށް ޙާޟިރު ކުރާނެކަން ޔަޤީނެވެ. ފަނޑިޔާރުންގެ ތެރެއިން ބަޔަކު މީހުން ނޭވާ ހޮލިއަށް އެލޭތީވެ އެކަމުން ސަލާމަތް ވެވޭތޯ ބަލަނީއެވެ. ނަމަވެސް ތިބޭފުޅުން ތި ތިއްބެވީ ތި ހިފި ވަލުން ދުލެއް ދޭ ގޮތަކައް ނޫންކަން ރައްޔިތުން ނަށް އެނގެއެވެ. މިހެންކަމުން އެ ރައްޔިތުންވެސް މިހާރު ބޭނުންވަނީ ތި ވަލުގެ ކޮލެއް އަތުޖެހޭތޯއެވެ. އެއީ އިތުރަށް ހިފާ ބާރު ކޮއް ވާންކޮއްލުމަށެވެ.
މަސްވެރި
29 April 2019
އިންތިވެސް ސްޕްރީމް ކޯޓުގެ ވާޙަކަ ދައްކާއިރު ހައިކޯޓުގެ ވާހަކަ ދައްކަން ނުކެރެވީ ކީއްވެބާ މި ޤައުމުގެ ހައިކޯޓުގެ ހާލަތު ރާއްޖެތެރޭގެ މެޖިސްޓްރޭޓް ކޯޓަކަށްވުގެ ފެންވަރުދަށް ޒާތީ ހަސަދައާ ތަޢައްސުބުން ފޯވެފަވާ މުރަނގަގަހުމާލިމީން މިވަގުތު ހައިކޯޓު ކޮންޓްރޯލް ކުރަނީ މިވާޙަކަ އެކަކުވެސް ނުދައްކަނީ ކީއްވެބާ؟ ޢަދުލު އިންސާފުގެ އެންމެ މުހިންމު މަރުހަލާ މިހާ ދަށުދަރަޖައަކަށް ވެއްޓުމުން ކިތަށްމީހުންގެ ޙައްޤު ގެއިލެން އެދަނީމިކަމާވިސްނަނީ ކިތައްމީހުންބާ؟
ތޮށަލިތަކުރު
29 April 2019
އުއްތަމަފަނޑިޔާރަކަށް ޝެއިޚު ރަޝީދު ހުރި އިރުވެސް ކަމަކު ނުދޭ. ދެން މުޖުތާޒުވެސް ކަމަކު ނުދިޔަ. ޢަބްދުﷲ ސައީދުވެސް ކަމަކު ނުދިޔަ. އަބްދުﷲ ދީދީ ވެސް ކަމަކުނުދޭ މިކިޔަނީ. އަބަދުވެސް މިކިޔަނީ ކަމަކު ނުދޭ. ކަމުދާ މީހަކީ ކާކުބާ؟ ޢަބްދުﷲ ގާޒީ ވެސް އަލީ ހަމީދުވެސް ޢަބްދުﷲ ސަޢީދުވެސް ހައްޔަރުކުރީ ސަރުކާރުން. ޝަރުއީ ދާއިރާ މިނިވަންކަމާއެކު މަސައްކަތްކުރަން ދޫކޮށްލައި، ތިމާމެންނަށް ފައިދާނުވާ ހުކުމް ގޯސް ނުކޮށް ތަބާވެގެން އުޅެން ދަސްވާނީ ކޮންދުވަހަކުބާ؟!
ފޮނިކަލޯ
29 April 2019
އިންތި އަށް ބުނެލަން އޮތީ ތިބުނާތާކަށްގޮސް އެނޫންނަސް ކަން ކުރެވޭޒާތުގެ މީހުން ތިބިކަން އެމީހުނައް ރީތި ބަހުން ބުނެދޭށޭ!
ރަދީފް
29 April 2019
ދިވެހިރާއްޖޭގެ ''ވުޑްހައުސް'' އެއީ ކޮންތަނެއްކަން އެންމެންދަނޭ.އިންތިގެ ހިތްވަރަށް ސާބަސް ދެން. ނޯޓް:ވުޑްހައުސް ދިވެހިކޮށްލީމަ ކޮމެންޓްގެ އަސްލު މާނަ ފެންނާނީ.އިފް ޔޫ ނޯ ވަޓް އައި މީން.
ގައުމުގެ ހަލާކު
29 April 2019
އެއްވެސް އިންތިއެއް ގިންތިއެއް ފަންތިއެއް ބެލުމެއް ނޯންނާނެ. މިއީ އިސްކޮޅު އަރާ ހަމަ ނުކުރިޔަސް މާ ބޮޑުވެގެން އުޅޭ އުޅުމެއް ނެތް ރޯނުއެދުރެއް. ކިޔާ އެއްޗެއް 100 ފަހަރު ކިޔަ ކިޔާ ހުއްޓަސް ޤާނޫނީ ދާއިރާއިން މާ ގިނަ އެއްޗެއް އެނގޭ ކަމަކަށެއް ނުވާނެ. މީނާ ފުރަތަމަ ޖެހެނީ ބިމަށްތިރިވާން. ދެން ޖެހެނީ ރިވެތި އުޅުމެއްގެ ވެރިއަކަށްވާން 'ހަޔާތް' ކިޔާ ފޭރާމެއް ލާން. އޭރުން ރަނގަޅު މަގުން ހިނގެން ފަށާނެ.
ހަސަން ނުވަވަނަ
29 April 2019
އަސްލުވެސް ސައިޒު އޮޅިގެން އުޅޭ ރޯނެއް މިއީ ފައްކާ. އަބަދުވެސް ސަތޭކަ އަށްޑިހައިގަ ހުންނާނީ އަބަދުވެސް ހިނދުކޮޅުގަ ތޯއްޗެއް
ފާތުމާ
29 April 2019
އެޖެންޑާ 19 ގެ ދަށުން ހުރިހާ އެންމެން ސައިޒް ކުރާނެ..ޔާމީން ވެސް.ކެކެkެކެކެ.
ނިޒާމު
29 April 2019
ޜރަނގަޅު ހާޒިރުކޮށް ނިކަން ސައިޒްކޮށްލަބަ ތިވަކިކާކުތަ
ހަސަން ނުވަވަނަ
29 April 2019
ބަލަ އިންޑިއާއިން ސްޕާރި ގަނެދޭ ރީނދޫ ކުދިންކޮޅު ހާދަ ބިރެކޭދޯ އިރުއިރުކޮޅާ ބަޢާވާތޭ ވައްޓާލަން އުޅެނީޔޭ. ބަޔަކު ނޫޅުނަސް ތިންއަހަރާ ބައިވީމަ ދާނެ މަވާ ސަލާމޭ ހޯހޯއޭ ކިޔާފަ އިސްތިއުފާ ދީފަ ރޫހާނި ދިޔަ ގޮތަށް. ޗިޗަންޑާ 19 ސަޅިވާނެ
އަގޮޓި
29 April 2019
ތިރިއަށް ފައިބާ ވޯޓްލާފަ އަދިވެސް ޖެލަސްވަނީ ދޯ؟
ސާބިރު
29 April 2019
އިންތި ނުގުޑާނެ. އިންތި ނުވެސް ސިހޭނެ. ސާބަހޭ އިންތި. އައި ސެލިއުޓްޔޫ.