ހައްޖުގެ ދަތުރު އަދާ ކުރަން ހިންމަފުށީ ކައުންސިލުން ނެގި ގުރްއަތުން ހޮވުނު އެ ރަށު ރާފިއާ ރަގީބް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 އެޕްރީލް 2019 - 10:39
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ކ. ހިންމަފުށީ ކައުންސިލުން އެ ރަށު މީހަކަށް ފުރުސަތު ދީފި އެވެ. މި ފުރުސަތު ގުރުއަތުން މި އަހަރު ލިބުނީ އެ ރަށު ނަންރީތިގޭގެ ރާފިއާ ރަގީބަށެވެ.
މިއީ ހައްޖުގެ އަޅުކަމަށް ހިންމަފުށީ ކައުންސިލުން މީހަކު ފޮނުވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ރަށުން މީހަކު ފޮނުވީ 2017 ވަނަ އަހަރެވެ.
ހައްޖަށް ފޮނުވާނެ މީހަކު ހޮވަން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ ހައްޖަށް ދާން ހޮވީ މިދިޔަ އަހަރުގެ ހައްޖަށް ދާން ހުށަހެޅި މީހުންގެ ތެރެއިން ކަމަށެވެ. އަދި މިދިޔަ އަހަރު އެ ކަންތައް އެ ކައުންސިލަށް ނުވީ ހައްޖަށް ދާ ކޯޓާ އިން ޖާގަ ހޯދަން ދަތިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޖުގެ ދަތުރަށް ދާން ހޮވުނު މީހާގެ ނަން އެރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ދައްކާލައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ދެ މީހަކު ކޮންމެ އަހަރަކު އުމްރާ އަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުމްރާ އަށް މީހުން ފޮނުވުމުގައި ޖާގަ ހޯދަން ދަތިނުވާތީ އާއި ވަގުތުގެ ގޮތުން ދަތި ނުވުމުން އަޅުގަނޑުމެން ދެން މި ވިސްނަނީ ކޮންމެ އަހަރަކު ދެ މީހަކު ކައުންސިލްގެ ފަރާތުން އުމްރާ އަށް ފޮނުވަން،" ޝާން ވިދާޅުވި އެވެ.
މިއީ ހިންމަފުށީގެ ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި އެ ރަށު ކައުންސިލުން ފެށި މަސައްކަތެކެވެ.
ހިންމަފުށީގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި އަހަރު ހައްޖުގެ ދަތުރަށް ހޮވުނު ރާފިއާ، 30، ބުނީ ގުރުއަތުން އޭނާގެ ނަން ހޮވުނީތީ އެކަމަށް ހެއްދެވި ފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ގުރުއަތަށް ނަން ލީ އިރު ނޭނގެ ހޮވޭނެ ކަމެއް، އެކަމަކު އުންމީދެއް ދުލެއް ނުކޮށްލަން. ވަރަށް އުފާ ވެއްޖެ ހޮވުމުން،" ރާފިއާ ވިދާޅުވި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ހޮވުނު ރާފިއާ އަށް އެއްވެސް ސަބަބަކާ ހުރެ ނުދެވިއްޖެ ނަމަ، އެ ފުރުސަތުގައި ދާނެ މީހަކު ވެސް ކައުންސިލުން ހޮވި އެވެ. އެއީ ހިންމަފުށީ ފަތިސްގެ މަރިޔަމް ނިޝާނާ އެވެ.
ހިންމަފުށީގައި ރޭ ބޭއްވި ޖަލްސާގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ދީނީ ދަރުހެއް ހުށަހަޅައިދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ރަސްމިއްޔާތުގައި ކުރިއަށް އޮތް ރޯދަ މަހާ ގުޅިގެން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ދީނީ ދަރުހެއް ވެސް ދެއްވި އެވެ. އޭނާގެ ދަރުހުގައި، އަންނަ ރޯދަ މަހު އަޅުކަން ކުރުމުގެ މުހިއްމު ކަމާއި އަދި މި އަހަރުގެ ތެރޭގައި ކުރެވިފައި ހުރި ކުށްތަކަށް ތައުބާ ވުމަށް އެދި ދުއާ ކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާސްތާ
30 April 2019
މިވަރުގެ ކައުންސިލެއް ނެތް، ޕާރފޯމަންސް އެންމެރަގަޅުވާނީ މިކައުންސިލް ކަމަށް އެލްޖީއޭ އަށް ފެންނާނީ ކޮންދުވަހަކުންތޯ، އަދި އަޑެއް ނާހަން އެއްވެސް ކައުންސިލަކުން މިކަން ކުރާކަމެއް. ސާބަސް ހިންމަފުށި ކައުންސިލް
ޒުލައިޚާ
30 April 2019
މަރުހަބާ ރާފިޔާ މަބްރޫޤް ހައްޖަކަށްއެދެން.
ހެޔޮއެދޭފަރާތެއް
30 April 2019
މަބުރޫރު ޙައްޖަކަށް އެދެން.
ރާކަނިބީޗް
30 April 2019
މަފުށީގެ ވައްތަރުގަނޑު އެބަހުރި
ޢެނޮނިމަސް
30 April 2019
އެކަަމަކު އެއީ ހިންމަފުށި
777907542
30 April 2019
ކައުންސިލްތަކަށް ލިބޭ ފައިސާ މިހަރަދުކުރަނީ މިފަދަ ކަންތައްތަކަށް، (ރޯދަމަހު ކަރަންޓް ބިލު ދެއްކުން، ކާޑުދިނުން، ހައްޖައް ފޮނުވުން) މިއީ ކައުންސިލްގެ ބަޖެޓު ހަރަދުކުރަންޖެހޭ ގޮތްކަމަކަށް ނުފެނޭ. މިކަންކަން ކުރުން ރަގަނޅު، އެކަމަކު ކުރަންޖެހޭނީ ރަށައްލިބޭ އާމުދަނީ (ސަރުކާރު ބަޖެޓު ނޫން އެހެން ގޮތްގޮތުން ލިބޭ) ހަރަދު ކުރާނެ ޕްލޭނެއް އެކުލަވާލާ ދެމެހެއްޓެނިވި ގޮތެއްގައި
ހަމްތުމް
30 April 2019
ރާފިއާ ހަބޭސްވާނެ
ރަދީފް
30 April 2019
މަރުހަބާ ރާފިއާ.
ދެބަންދިހާރު
30 April 2019
ގުރުއަތުން ހޮވުނީކީ ނޫންތަ