ޕީޖީ ބިޝާމް: ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލު ކުރާ ނަމަ ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ހައި ކޯޓުން މިއަދު ވަނީ ދީފައި --ފޮޓޯ/މިހާރު
30 އެޕްރީލް 2019 - 14:34
ޖިނާއީ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގައި ހިނގި މައްސަލައެއްގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ވިދާޅުވީ ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި ސިފައިންގެ ކުރީގެ މީހުންގެ ތެރެއިން އެކަކުގެ އިސްތިއުނާފް ޝަރީއަތުގަ އެވެ.
އެ މައްސަލާގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ބައެއް މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުން ދިފާއު ކުރުމަށް ފަހު، އިސްތިއުނާފް މަރުހަލާތަކުގައި ދަށު މަރުހަލާގެ ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުންދާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ވެސް ދައުލަތުގެ ސްޓޭންޑް ބަދަލު ކުރުމުގެ ވިސްނުމެއް އެބައޮތްތޯ ފަނޑިޔާރު ދައުލަތާ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލާގައި ދައުލަތުން އަދިވެސް ފާހަގަ ކުރަނީ އެންމެ ފުރަތަމަ ވެސް ފާހަގަކުރި ނުކުތާތައް ކަމަށާއި އިތުރު ވަކި ސްޓޭންޑެއް ދައުލަތުގެ ނެތް ކަމަށެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ ކޯޓުތަކުން މައްސަލަ ނިންމާނީ އަބަދުވެސް ދެ ފަރާތުން ދައްކާ ވާހަކަތަކާއި ހުށަހެޅޭ ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އެހެންވީއިރު، އިސްތިއުނާފް މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، އެކަމަކީ ޕްރޮސެކިއުޓާ ޖެނެރަލާ މެދު ތައުދީބީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.
ދައުލަތުގެ ސްޓޭންޑް ބަދަލު ކުރާ ނަމަ، ފިޔަވަޅު އެޅިދާނެ ކަމަށް ހައި ކޯޓުން ބުނިއިރު، ދައުލަތުން ދާދިފަހުން ވަނީ ބައެއް މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކޮށް، ދަށު މަރުހަލާގެ ނިންމުން ގޯސް ކަމަށް ބުނެފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކޮށް، ދައުލަތުން ވަނީ ހައި ކޯޓާއި ދަށު ކޯޓުގެ ނިންމުން ވެސް އެ މައްސަލާގައި ގޯސް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
02 May 2019
ކޯޓްގެ ހުކުމް އަންނަންވާނީ ދައުލަތާ އެއްގޮތަށްތަ. މިތާގަ އޮންނަނީ އިސްލާމީވެރިކަމެއްނޫންބާ. ދައުލަތުން ބޭނުންވާގޮތަށް މައްސަލަ ނުނިންމައިފިނަމަ، އެމައްސަލަ ބެލިމީހާވެސް ރަގަޅުނުވުން މިއީ ގޯހަކީ. އިންސާފު ލިބޭނީ ކޮންވެރިކަމެއްގައިބާ. އަހަރުމެން އާޚިރަތަށް ވިސްނާނީ ކޮން ދުވަހަކުންބާ؟
ޢަބުޅޯ
02 May 2019
އިސްތިއުފާ ފުރަތަމަ ދޭންވީ ރައީސް. ޤާނޫނާ ޚިލާފަށް ކުދަކުދިންނާބެހިގެން ޖަލުޙުކުމެއްގައި ހުރިމީހަކުދޫކޮށްލީމާ ކުރެއްވެވި ހުވަޔާ ޚިލާފުވީމަ؟؟؟؟
1828
01 May 2019
ގޯސްކޮށް ކޮށްފައި ހުރިކަމެއް ނަމަ ބުނަންޖެހޭނީ ގޯހޭ. އެއީ އޭރު ވަކި މީހަކު ބުނެގެން ރަނގަޅޭ ކުރިމް ބުނި ކަމުގައި ވީނަމަވެސް.
ސާމް
01 May 2019
އޭރު މީހުންނަށް ނުހައްގުން އެހާ ބޮޑެތި އަނިޔާތައް ދީފަ މިއަދު ގޯހޭ ބުނީމަ ޕީޖީ ބިޝާމް ﷲ ގަންދީ ކޮށްފަ އޮތް ހުވަޔާ އޭރު ވަނީ ހިލާފުވެފަކަން އަމިއްލައަަށް އެ އެއްބަސްވެވުނީ. ލަދެއް ހަޔާތެއް ހުންނަ ނަމަވެސް އިސްތިއުފާ ދިނީސް މިހާރު. އިސްތިއުފާނުދިނަސް ވަކިކުރަން ޖެހޭ އަދި އޭރު ކޯޓުތަކުގަ އެތައް ދޮގެއް ހެދީތީ އެކަމަށް ދައުވާކުރަން ޖެހޭ
ކަނބިލި
30 April 2019
ޕީޖީއަށް ޖެހެނީ ދެކޮޅަށް އޮޑި ދުއްވަން. އެހެންނޫނީ މަގާމުގައި ނުހުރެވޭނެ. އެހެންވީމާ ކުރީ ސަރުކާރުގެ ހުކުމްތައް އަނބުރާލަން ޖެހެނީ. އެއްވެސް މިނިވަން މުއައްސަސާއެއް ރާއްޖޭގައި މިނިވަނެއް ނޫން. ހުރިހާ މުއައްސަސާއަކީ އަމިއްލަ އެދުމާގެން ފޯވެފައި ތިބި ސިޔާސީ ފަރާތްތަކުގެ ނުފޫޒުގައި ތާށިވެ ފިތިފައި
ކަޓޭ
01 May 2019
އެވަރުންވެސް މަގާމްގައި ހުންނަންޖެހޭތަ؟ މިނިވަން މުއައްސަސާތައް އޮތީ ހަމައެކަނި ސިޔާސީ ފަރާތްތަކުގެ ނުފޫޒުގަ ޖެހިފަޔޭ ބުނުމައްވުރެ، ސިޔާސީ ފަރާތްތަކާ ފައިސާގެ ނުފޫޒުގަ ޖެހިފަޔޭ ބުނިއްޔަ މާ ރަގަޅުވާނެ. މީ ދިވެހިންގެ ސަގާފަތެއް.
މަރޭމިތުރު
30 April 2019
ފަނޑިޔާރުން ގުނަންވީ މިހިނދުން ދުވަސްތައް! ފަނޑިޔާރުން ބަދަލުކުރަން ނެތް ލަސްތަކެއް!.................. ފަނޑިޔާރުން ދުވަސްތައް ގުނަންފަށާށެވެ. ލަހެއް ފަހެއްނެތި ބަދަލުވެދާނެވެ. މުސްކުޅިންނާއި ޒުވާނުން އަންހެނުންނާއި މުދައްރިސުންވެސް ބޭނުންވަނީ ބަދަލުކުރުމަށެވެ.
ދަންނަ ނުދަންނަ
30 April 2019
ދަށު ކޯޓުން މައްސަލައެއް ނިންމިފަހުން މަތީ ކޯޓުގައި މައްސަލަ ހިނގަމުދާއިރު އިތުރު ހެކިތަކަކާއި ގަރީނާތަކެއް ހާމަވެއްޖެނަމަ ނުވަތަ ހުރިނަމަ ހުށަހަޅާފައި ކުރިން ނެގި ސްޓޭންޑް ބަދަލުކުރެވެންވާނެ. މިއާ ޚިލާފަށް ހުށަހެޅުމެއްނެތި ފަހަރަކު ކޯޓެއްގައި ގޮތަކަށް ބުނާނަމަ ކޯޓުތަކުން ޕީޖީއާމެދު ފިޔަވަޅުއަޅަންޖެހޭނެ. ސްޓޭންޑް ބަދަލުކުރަންވާނީ ސަބަބު ހުށަހެޅުމަށްފަހު. އެނޫން ގޮތަކަށް އެކަން ކުރެވިގެން ނުވާނެ. ކޮންމެ މީހަކު ކުރިޔަސް ގޯސްވާނީ ގޯހަށް.
ކޮރަލް
30 April 2019
ކުރީ 5 އަހަރު ވެސް ބަޔަކު އިންޒާރު ދިނެވެ. މިހާރު ކްލީން އެވެ.
ފިދަންބޯ
30 April 2019
ބިޝާމް ގަންނަ ގަނޑުތައް ނޫސްވެރިން އަހަން ކެރެންޏާ ކިޔައިދޭން މިތިބީ ތައްޔާރަށް. ނިކަން ރައްޔިތުންނަށް ކިޔައިދީބަލަ. މަށަށް ޔަޤީން ރައްޔިތުން އައިސް ބިޝާމް އޮފީހުން ނެރޭހާ ރުޅި އަންނާނެ
އަޅުގަނޑު ޢާރިފް
30 April 2019
ޕީޖީ ކަމުގައި މިހާރު ހުންނެވި ފަރާތް މަގާމު ދޫކޮށް ދާންޖެހޭ ކަމީ ކަށަވަރު ކަމެއް. އެހެނެއް ކަމަކު، ބެންޗަކުން އޭނަޔަކަށް ފިޔަވަޅު އަލާކަށް ނުޖެހޭ. އެއީ ބެންޗު ގެންގުޅޭ މީހުންނާ މުޅިން ވަކިން ބަހައްޓާފަ ހުރި މީހެއް. ދެން މޮޔަގޮވިޔަސް ތަންފުކުެއް ބޮޑުވަރު. އޮތަ! ވަރަށް ސަލާން
ޝާހިދު
30 April 2019
އޭ ބިޝާމް ނޫނޭ ކަމަނާ އެބަހުރި މަގާމާ ހެދި ފޯރިއެއް. ސަރުކާރެއް އައީ ކޮޅުބަދަލުކޮށްލީ. ކަމަނާ މަރުވީމަ ވާނެގޮތް ހިތްމައްޗަށް ގެނެސްބަލަ ނިކަން
ކަޓޭ
01 May 2019
ކޮޅު ބަދަލްކޮއްލާނީ!