މާފުށި ޖަލު. އެ ޖަލުގައި މިއަދު ހިނގި މާރާމާރީއެއްގައި ބަންގްލަދޭޝް މީހަކަށް އަނިޔާވި، މިހާރު/ފައިލް ފޮޓޯ
02 މެއި 2019 - 17:00
މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ތިބި ބަންގްލަދޭޝް ދެ މީހަކު މިއަދު މާރާމާރީ ހިންގުމުގެ ސަބަބުން އެތަނުން އެކަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މާރާމާރީގައި އަނިޔާވީ އުމުރުން 31 އަހަރުގެ މީހަކަށް ކަމަށާއި އޭނާގެ މޭމަތީގައި އަނެއް މީހާ ފައިން ޖެހުމުގެ ސަބަބުން އަނގައިން ލޭ އައިސްފައިވާ ކަމަށެވެ. އަނިޔާ ލިބުނު މީހާ މާލެ ގެނެސް އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއަދު މެންދުރު ފަހު ހިންގި މި މާރާމާރީގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާނު
02 May 2019
މަގުމައްޗައް ނިކުތަސް، ނޫހެއް ބަލައިލިޔަސް ހީވަނީ މިއުޅެވެނީ ބަންގްލަދޭޝްގައިހެން.