ލ. ގަމު ޕޮލިސް ސްޓޭޝަން: އެރަށުގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މީހަކު ވަނީ ހައްޔަރު ކޮށްފައި
04 މެއި 2019 - 17:45
ލ. ގަމުގައި މިދިޔަ ބުރާސްފަތި ދުވަހު މީހަކު ރަހީނުކޮށް ފައިސާ ފޭރުމަށް ފަހު، އިތުރަށް ފައިސާ ހޯދަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރިގެން އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅެނިކޮށް ރޭ އެ ރަށުން 19 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ، އިތުރު މީހަކާ އެކު ގަމު ޕޮރޮވިންސް އޮފީސް ކައިރީގައި އުޅެނިކޮށެވެ. އަނެއް މީހާ ސައިކަލެއްގައި ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި 44 އަހަރުގެ މީހާ އަތުން ފޭރިގަތުމަށް ފަހު އޭނާ ދޫކޮށްލީ، އިތުރަށް ފައިސާ ދޭން އެއްބަސް ކުރުވުމަށް ފަހު އެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
36468
05 May 2019
ކޮބާ އެޗް އާރް ސީއެމް؟ ފޭރިގެން ހައްޔަރު ކުރިމީހާގެ ހައްގުތައް އަދާކުރޭތޯ ބަލާތި. އާއްމު ދިރިއުޅުމުގަ ނުލިބޭ ހުރިހާ ހައްޤެއް ޖަލިގެ ތޭރިތަކުގެ ފަހަތަށް ވަނީނަ ދޭން މަޖުބޫރުވާނެ. ކޯޗެއް އެނގިގެން އުޅެ ބައެއް ބާ އޭ ވެސް ހިތައްއަރާ
މަރޭމިތުރު
05 May 2019
ފޭރޭމީހުން ހޯދައި އަތުލަންވީއޭ! ފޭރޭމީހުން ބަންދުގަ ބައިތިއްބަންވީއޭ!......................... ފޭރޭމީހުން މުޖުތަމައަށް ދޫކޮށްލަންޖެހޭނީ ފުރިހަމަ ޔަގީންކަމެއް ލިބުމުން.
ހަސަން ނުވަވަނަ
05 May 2019
ޖަޒީރާގަ އޯކޭވާނެ. އެޖެންޑާ19 ސަޅިވާނެ
ސައުދު
05 May 2019
ހައްގު މިންވަރު ރައްޔިތުން ހޯދަނީ.
މީރު
05 May 2019
ދެވަނަފުރުސަތު ދޭންވީނޫން ޖަލުން އެޗުއާރުސީ އެމުން ބަލާނެ އެވެރިންނަށް ކޮންމެދުވަހަކު ކުކުޅާއި މިނަރަލް ވޯޓަރ އާއި ފެންވަރު ރަނގަޅު ކާނާ ދޭތޯ އެކަން ކޮންމެ މީހަކައްވެސް އެނގޭނެ ޖަލުން ނެރޭ އިރު ދޮންވެ ރީތިވެ ފައްކާވެފަ ތިބޭނީ އެކަމާއި ގުޅުން ތިބި ވެރިން ޢުޅޭނީ އަބަދުވެސް ކުއްވެރިނެނަށް އެއއޗެއް ނުދެވިގެންý
ކަރަންފޫ
05 May 2019
އަދި ތިޔަށް އިތުރުކޮށްލާ ކިޔެވުމުގެ ފުރުސަތާ އާމްދަނީ ހޯދުުމުގެ ފުރުސަތު.
މީރު
05 May 2019
ދެވަނަ ފުރުސަތައް ދޫކޮއްލި ކުދިން ކޮޅު
Mohamed
04 May 2019
ކޮން ޤައުމެއްގެ ބަޔަކުކަން ބުނެލަދިންނަމަ ރަނގަޅު
ކަރަންފޫ
05 May 2019
ބޭރު ބަޔަކުނަމަ އެކަން ޖަހާނެ ކަމަށް ބެލެވޭ.
ފޫހި
04 May 2019
މި ފޭރޭ މީހުން ވީ ބުރަމަސައްކަތް ކުރަން މަޖުބޫރުކޮށް އެ މަސައްކަތްތަކަށް އުޖޫރަދޭން.
އަސްލު
04 May 2019
މިވެރިކަން އައިފަހުން މުޅިގައުމުގައި ކުށްކުރުން އިތުރުވީ 100 ދުވަސްތެރޭގައި
10 އަހަރު
04 May 2019
10 އަހަރުގެ "މީހެއް" ނުހުންނާނެ.