ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައްމަޓީ (ވ-2) އަށް ބައިވެރިވަނީ. -- ފޮޓޯ: މިހާރު
05 މެއި 2019 - 14:23
ހުޅުމާލޭގައި، ފްލެޓް އަޅަން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން އުޅޭ މައްސަލައިގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން ސްރީ ލަންކާ އާއި އިންޑިއާގައި ވެސް ޕޯސްޓަރު ހަރުކުރަން ފަށައިފި އެވެ.
އައްމަޓީ ހޯދަން، އެ ދެ ގައުމުގައި ޕޯސްޓަރު ހަރުކުރަނީ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އައްމަޓީ ފައިސާ ނެގި އާއިލާތަކުންނެވެ.
އެ އާއިލާތަކަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ މިއަދު ވިދާޅުވީ ހުޅުމާލެ އިން ފްލެޓް ލިބޭނެ ކަމުގެ އުއްމީދާ އެކު އެތައް ބަޔަކު ސީ ލައިފަށް ފައިސާ ދެއްކީ ލޯނު ނަގައިގެން ކަމަށެވެ. އެ ލޯނު ނުދެއްކި ގިނަ އާއިލާތަކެއް ހާލުގައި ޖެހިފައިވާ އިރު، އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، އިންސާފު އަވަސްވާނެ މަގެއް ހޯދަން ލަންކާ އާއި އިންޑިއާގައި ޕޯސްޓަރު ހަރުކުރީ،" ޝުނާނާ ވިދާޅުވި އެވެ.
#Insaafuavaskohdhevvaa! pic.twitter.com/SblwvLk8q9
— Justice For Sealife Victims (@Sealife_Victims) May 3, 2019
ސީ ލައިފަށް ފައިސާ ދެއްކި އާއިލާތަކުން އިންސާފަށް އަޑުއުފުލަން ބޭއްވި ހިނގާލުމެއް.
ސީލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އައްމަޓީ ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އުޅެނީ ސްރީ ލަންކާގަ އެވެ.
އައްމަޓީ ހޯދަން އިންޓަޕޮލް އިން ވަނީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.
ސީލައިފަށް ބުކިން ފީގެ ގޮތުގައި މަދުވެގެން 14 މިލިއަން ރުފިޔާ އާންމުން ދައްކާފައިވެ އެވެ. އަދި ބައެއް މީހުން ފްލެޓްގެ ޑައުންޕޭމަންޓް އެކުގައި ވެސް ދެއްކި އެވެ. އެހެންކަމުން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސީ ލައިފް އަށް އެކި މީހުން ދައްކާފައިވާނެ ކަމަށް، ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.
އެޗްޑީސީން، ސީ ލައިފްއާ ހަވާލުކުރީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށެވެ. ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެ އެވެ. އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކުރިން ދިވެހި ލަވަ ޕްރޮޑިއުސްކޮށް އަދި ކުޅެފައިވާ އައްމަޓީ އެކަހަލަ ބޮޑު އިންވެސްޓްމަންޓެއްގައި ބައިވެރިވުމުން ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އޭނާއަކީ މާލީ ގޮތުން އެވަރުގެ ބޮޑު މަޝްރޫއުއެއް ހިންގޭ ފަދަ ގާބިލްކަމެއް ނެތް މީހަކަށް ވާތީ، މަޝްރޫއުއަކީ އޮޅުވާލުމެއްތޯ ނުވަތަ ނޫންތޯ ވެސް ބައެއް މީހުންގެ ބަހުސަކަށް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
06 May 2019
އެމްއެމްޕީއާރްސީ ވަގުން ކޮބާހޭ. ކީއްވެހޭ އެ ވަގުންތަކުގެ ނޯޓިސް ނެގީ.
ޙިނި
06 May 2019
ޢަންމަޓީ ފިލީ ކަންޑުމަގުން ބޮއްކުރައެއްގަތަ އެހެންވީމަތާ ދިޔެތަނެއް ނޭގިގެން މިއުލެނީ
ކޮން އައްމަޓީ އެއް
06 May 2019
ހޯދަންވީ އައްމަޓީގެ ބޮސް. ޢައްމަޓީ ކީއްކުރާނީ ލައިންކާނެ މަސްކޮޅެއްވެސް ނެތްމީހެއް.. ބޮސްކޮބާ؟
ދަތްނެތްކުއްޖާ
06 May 2019
ހަހަހަ މީ ކޮންވައްތަރު ސަރުކާރު! އަހަރުން ރަށު މީހުނަށް ލަނޑު ދީފާ ދުނިޔޭގެ ކޮންމެ ތާކު ފިލައިގެން ހުއްޓަސް ގެންނަނީ. މިސަރުކާރު ސަކަރާތް. ރައްޔިތުންގެ ލޮލޮގައި އަނދުން އަލުވަނީ. ބޮޑު ސަކަރާތް ވައްތަރު ތިބެނީ.
އަޙްމަދު22
06 May 2019
އައްމަޓީ ހޯދަން ޕޯސްޓަރުޖަހަން ޖެހޭ ސަބަބެއް ނޭގުނު، ސްރީލަންކާގެ މިހާރުގެ ސަފީރާއި އެއްކޮށް އިތުއިރުކޮޅާ ކޮފީއަށް އަރާމީހެއް، ހޯދަން ބޭނުންވާ މީހުން ސަފީރުގެ ފަހަތުން އުޅެބަލަ އޭރުން އައްމަޓީ އާއި ޖޫސްޕެޓީ އާއި ދެންވެސް ހުރި ޕެޓީއެއް ވިއްޔާ ފެންނާނެ.
ވާލުސޮރު
06 May 2019
އައްމަޓީ އަކީ ބޮލެއް، ތަސްވީރެއް އެހެން މީހުންގެ ކުރިމައްޗަށް ނެރުނު، ތީގެ އަސްލު މީހުންނަކީ ކޮން ބައެއްކަން ގިނަ ދިވެހިންނަށްވެސް އިނގޭ. އެމީހުން އުޅޭ ތަނާ އެމީހުންގެ މާލޭގައި ހުރި ވިޔަފާރިތައްވެސް އިނގޭ. އެހެންވީމާ ތި 'ބޯ؛ ހޯދުމަށްވުރެ މިކަމުގެ އަޑީގަ އުޅޭ މީހުން ހޯދާ ހައްޔަރުކޮށް ހައްގު އަދަބު ދޭން ޖެހޭ
ދދދދދ
06 May 2019
ފުރަތަމަ މީހަކަށް ލަންކާގަ އެހެރަ ދިވެހި ސަފީރުތަ؟
މަރޭމިތުރު
06 May 2019
މިކަމުގަ ސުވާލުއުފެދޭ އައްމަޓީ ހޯދަން އިންޑިއާގައި ޕޯސްޓަރ ހަރުކުރީމަ. އެއީ ލަންކާއިން އިންޑިއާއަށް ދެވޭނެ ގޮތެއް މަށަކަށް ވިސްނައި ނޭނގުނު! އެދެގައުމަށް ދެވޭ ބޯޑަރެއް ހުންނަނީކީވެސްނޫން ވިއްޔާ! ރަނގަޅައްވިއްޔާ ތިއުޅެނީ ވީތަނެއްވެސް ނޭނގިގެން. އިމިގްރޭޝަނުން އޭނާ ދިޔަތަނެއް ޔަގީންވެސްނުވެގެން.
އބ ސލހ
06 May 2019
ދައުލަތައް ހަމަ ހިލާ މީނަ އަތުނުވި. ޢުޅެ އުޅެ ވެސް. ނިއު ޕޯޓުގަވެސް އަތްނުލެވުނު...
މޯޑް
06 May 2019
ތި މަޅީގަ ނުޖެހި މަވެސް ސަލާމަތްވީ ހަމަ ކިރިޔާ. އަދި ކޮބާ މަ އުޅުނީ މާތުގަ އޮތް ޓެކުސީ ވިއްކާލާފަ ބިޑްފޮތް ގަންނަށް. ނަސީބޭ ހިތަށްއަރާ މިހާރު.
ޝިމައްޓެ. އޝމ.
06 May 2019
ބްރޯ ދެން ހަވާލުވޭ..