ފަޒީލް: މީހަކު ރަހީނު ކުރި މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައި
07 މެއި 2019 - 20:11
ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުގައި ބައިވެރިވި މުހައްމަދު ފަޒީލް، އެ އަތޮޅު ގަމުގައި މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރި، އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅެނިކޮށް ފުލުހުން ވަނީ މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފަޒީލް ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮށް ރޭގެ ވަގުތެއްގައި ހުޅުމާލޭންނެވެ.
ފުލުހުން ބުނިގޮތުގައި 44 އަހަރުގެ މީހާ އަތުން ފޭރުމަށް ފަހު އެ މީހާ ދޫކޮށްލީ، އިތުރަށް ފައިސާ ދޭން އެއްބަސް ކުރުވުމަށް ފަހު އެވެ.
ޝިމާ ގެއްލުން ހާދިސާގައި ފަޒީލް ދައްކާ ވާހަކަތައް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. އަދި އޭނާގެ ބައެއް ވާހަކަތަކާ މެދު ޝައްކު އުފެދޭ ކަމަށް ފުލުހުން ވެސް ބުނެ އެވެ. ނަމަވެސް އޭނާ ހުރީ ތަހުގީގަށް ފަހު ދޫކޮށްލައިފަ އެވެ.
ފަޒީލް، 24، އާ އެކު ޑިންގީގައި ދަނިކޮށް އެ ބަންޑުން ޖަހާލައި ޝިމާ ގެއްލުނީ ކަމަށް އޭނާ ބުނެ އެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި، ލ. ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލި ޑިންގީން ފަޒީލް ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުންނެވެ. އޭނާ ބުނާގޮތުން، ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި އެވެ. އެކަމަކު އޭގެ ފަހުން، ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އެހެން ދެ ފިރިހެނުންނާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން އޭނާ ހުއްޓުވާފައިވެ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ފަޒީލަކީ މީގެ ކުރިން ވެސް އެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޭ އަމާ
08 May 2019
ތި ދެން އަޅެ ވަބާ އަކައް ވެއްޖެނު
އަކްމެޑް
08 May 2019
ފަޒީލް. ދި ސުޕަރހީރޯ
ޙަބީބު
08 May 2019
މީނާޔާމެދު އިސްލާމީޝަރީއަތްހިންގާ މަރުގެ އަދަބުދިނުން މުހިންމު މިކަހަލަ މުޖުރިމުން ދޫވެފަތިބުނީ ގައުމައްހުރި ލަދެއް
ދިހި
08 May 2019
ފަނޑިޔާރުންނޭ! ހާލަތުއްޒަރޫރާ މީނަގެމައްޗަށް ނައިސްމިއުޅެނީ ކީއްވެބާ.. ނުރުހޭ ސިޔާސީބަޔަކު ނޫނީ ޖުޑިޝަރީއަށް ފާޑުކިޔާ ބަޔަކު އިދަޖައްސާލަން ނޫން ގޮތަކަށް ތި ޒަރޫރާ މަސައްކަތްކުރާ ތަނެއް އަދި ނުފެނޭ...
ކަމަނާފުޅު
08 May 2019
ގައުމު އަމާންކުރަން ބޭނުމިއްޔާ މިފާޑުގެ ހުރިހާމީހުން ހައްޔަރުކުރޭ.
ވާލުސޮރު
08 May 2019
ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ބަހައްޓަވާ، މި ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ނުކޮށް ފަޒީލުމެން ކަހަލަ މީހުންގެ އުނދަގުލުން ސަލާމަތްވާކަށް ނެތް. މުއްދަތު ޖަހަން ކޯޓަށް ގެންދިއުމާ ދޫކޮށްލުމާ ކުއް ސާބިތު ނުވުމާ މިއީ އެންމެން ދަންނަ ބޮޑު ސިއްރު
އަކްމެޑް
08 May 2019
ޖުޑިޝަރީ އެކަންޏެއް ނޫން. ގާނޫނުވެސް މާކަޑައީ. ޑިމޮކްރެޓިކް ގާނޫނުތައްވީމަ މިހެން ވާނެ. ކެކެކެ
ލުތުފީ
08 May 2019
މިރާއްޖޭގެ ޚަޒާނާއިން ބޮޑު މުސާރަ ނަގާގެން ތިބެން މަރުބަލާ ކޮމެޓީ ލަދެއް ނުގަނޭތަ؟ ގޮތްނޭގޮތަށް މަރުވީ އެއްމެ ދެމީހުންނެއްނޫނޭ. ދެންވެސް މަރުވީ ދިވެހިން. ހެޔޮނުވާނެ.
ފޫހޖ
08 May 2019
ރަށުގައި ފޭރި ދެން ހުޅުމާލެއަށް. މީހާރުވެސް އޭނައަށް އެނގޭނެ ބަންދުގައި ހުންނަން ޖެހޭނީ އެންމެ 10 ދުވަހުކަން. ކޮންކަމަކާ ހާސްވާންވީ. މިފަދަ ކުއްކުރާ މަދުބަޔަކު މުޅިއެންމެހާ ރައްޔިތުންނަށް ބަލާވެރިކަން ޖައްސާ މުސީބާތަކަށް މިވަނީ. މިފަދަ މީހުންނާއި ބަންގްލާދޭޝް މީހުންގެ ދަށުވެފަ ސަރުކާރުތައް އަޖައިބެއްނުވާނެތަ?
އަލިބެގެ އަލީ
08 May 2019
ތިޔަ އޮތީ ޖަސްޓިސް ނިޒާމް ފެއިލްވެފައެވެ. މިހެން ބުނާ ކޮންމެ މީހަކު ސްޕްރީމް ކޯޓަށް ގެންގޮސް ބަޔާން ނެގީމަ ރާއްޖޭގައި އިންސާފު ޤާއިމުކުރެވުނީކަމުގައި ބަލާ އުޅެއެވެ. މިއީ ލައްކަ ވާހަކަ.
ޙަމްޒާ
08 May 2019
ރަނގަޅެއްނުން އަދިވެސް ޢާއްމުންނަށް އުނދަގޫ ކުރަން ދޫކޮށްފަ ބަހައްޓާ