ފިނޭންސް ބިލްޑިން ކައިރީގައި ހެދި އާ ޕާކިން ޒޯން
07 މެއި 2019 - 21:12
އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ކައިރީގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ހަދައި، އަމީނީމަގުގެ ބައެއްގައި ޕާކު ނުކުރެވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
އެ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފިނޭންސް ބިލްޑިންގެ ކައިރީގައި އޮންނަ ހުސް ޖާގައިގައި، ދެ ފުރޮޅުލީ އުޅަނދުތަކަށް މިހާރު ޕާކު ކުރެވޭނެ ކަމަށެވެ. އެކަމަކު ފެން ބިލްޑިންގުގެ އިރުމަތީ ކަންމަތިން ފެށިގެން، ގިޔާސުއްދީން ސްކޫލާ ހަމައަށް އަމީނީމަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށް އެ ތަނުން ބުންޏެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ އަލަށް ހެދި ޕާކިން ޒޯނަށް އަމީނީ މަގުން ވަދެވޭނެ ކަމަށާއި އެތަނުގައި 350 އެއްހާ ސައިކަލް ޕާކު ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް ބިލްޑިންގުގެ ފުރަގަހުން، އާސަހަރާ ކުރިމައްޗަށްވާ ގޮތަށް، ހަތަރު ފުރޮޅުލީ ވެހިކަލް ޕާކް ކުރެވޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށެވެ.
ފިނޭންސް ބިލްޑިން ކައިރީގައި ހަދާފައިވާ އާ ޕާކިން ޒޯން
އޭނާ ވިދާޅުވީ މިއީ ރޯދަ މަހާ ދިމާކޮށް ގެނައި ބަދަލެއް ނޫން ކަމަށާއި ދާއިމީ ބަދަލެއް ކަމަށެވެ.
ރޯދަމަހާ ގުޅިގެން މާލޭގެ އެކި ހިސާބުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މާލޭގައި އެންމެ ބާރުބޮޑުވާނެ 15 ސަރަހައްދެއް ބަލައި، އެތަންތަނުގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެންމެ ބާރުބޮޑު ކަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައި ވަނީ ބާޒާރުމައްޗާއި މަޖީދީ މަގުގެ އެކި ހިސާބުތަކާއި ސޯސަން މަގެވެ. އެހެންވެ، ބާރުބޮޑުވާ ހިސާބުތައް ބަލަހައްޓަން ޓްރެފިކް ފުލުހުންނާއި އެހެން ޑިޕާޓްމަންޓުތަކުގެ ފުލުހުން މަގުތަކަށް ނެރޭނެ ކަމަށް ފުލުސް އޮފީހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުލޭހާ
08 May 2019
ކޮބާހޭ ފުލެޓު ކޮމިޓީ..6 މަސްވަނީ މުސާރައެގޮތަށް ނަގާތާ... ކުޑަމިނުން ލިބޭ މުސާރަ ރައްޔިތުންނަށް އެނގެން ޖެހޭ
ފުލޮޕް
08 May 2019
ވެލާނާގެ ކައިރީ ދުވާލު 7:00 އިން އިރު އޮއްސެ 18:00 ވަންދެކަ ހަތަރު ފުރޮޅުލީ އުޅަދު ޕާކު ނުރެވޭ ގޮތް ހަދާ އިތުރަށް ޕާކިން އޭރިޔާ އިތުރުކުރަންވީ ނޫންނަމަ ކައުންޓަ ހިދުމަތް ދޭ އޮފީސް ތައް މާލޭ ގެ އެހެން ސަރަހައްދު ތަކަށް ބަދަލު ކުރަން ވީ.ހުރަވީ ބިލްޑިން ހަމަ ތަޅާލަންވީ މީހަށް ގެއްލުމެއް ނުވަނީސް
ވާލުސޮރު
08 May 2019
ހޭލުންތެރި ކަމަކީ އަތުގަ އޮންނަ ފޯނަށް އެކަނި އަންނަ އެއްޗެއް ނޫން. ބޭރުގަ އުޅޭ ދިވެހިންނަށް ނުފެންނަނީ ތޯ ރަސްމީ ޕާކިންގ ގަ ޕާކުކޮށްލާފަ ހިނގާލާފަ ދާން ޖެހޭތަން. މާލޭގަ ބޭނުންވާނީ އެދާ ތަނެއްގެ ދޮރުމަތީގަ ޕާކުކުރަން. ނާތަހުޒީބުވާނީ މި ވަރަކަށް
System Administrator
08 May 2019
ވެލާނާގެ ކައިރިއަށް އަވަސް ހައްލެއް ބޭނުންވޭ. ހަމައެކަނި ޚިދުމަތް ހޯދަން އަންނަ މީހުންގެ ސައިކަލުތަކުންވެސް މިހާރު ހުރި ޖާގަތައް ފުރޭ
އަހުމަދު
08 May 2019
މާލޭގެ މަގު ތަކުގަ ތާރު އަޅާނީ ކޮން އިރަކުންބާއޭ ހިތައްއަރާ. ގާތައްމަތީގަ ސައިކަލުދުއްވާމަ އަންނަ ކުދިކުދި ލޮޅުމުގެ ސަބަބުން މައިބަދައިގެ މައްސަލަ ޖެހޭ ޒުވާނުން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން. ކިތަންމެ ރަނގަޅަށް ގާއެތުރިއަސް ކޮންމެ ދެގާދޭތެރޭގަ ހުންނަ ކެނޑުމުން ވެސް ލޮޅުން އުފައްދާ. އިހުސާސް ވަގުތުން ނުވިއަސް ދިގު މުއްދަތުން މިކަން އެނގޭނެ. މާލޭގަ އުޅޭ ގިނަމީހުންގެ މައިބަދައިގެ މައްސަލަ ޖެހެނީ މިހެންވެގެން ކަމަށް ގަބޫލުކުރެވޭ.
ހައްލުލު
08 May 2019
ތިޔަ ގޮތަށް ދުވަހަކުވެސް ޕާކިންގެ މައްސަލަ ހައްލުނުވާނެ. 25 ސައިކަލުގެ ޕާކިން ޒޯނެއްހަދާފަ 45 ސައިކަލުޖެހޭ ސަރަހައްދެއް ޕާކު ނުކުރެވޭގޮތަށް ހަދަނީ. ދެން ކޮންތާތު މި ޖެހެނީ. ކަމެއް ކުރާކަން ދައްކަން ކުރާ ކަމެއް. ތީ ކުރިންވެސް ތިތާ ހަދާފަ އޮތްތަނެއް. ތިތަން ފުރިގެންނޭ އަމީނީ މަގުގައި މީހުން ޕާކުކުރަނީ. ރޯނު އެދުރުން ކަންކަމާހަވާލުވީމަ ވަނީ ތިޔަހެން.
ބިން ކަދުރު
08 May 2019
ސައިކަލް ނުދުއްވަބަލަ! ރަނގަޅު އެއްވެސް ގޮތެއް ނެތެއްނު!
މުވައްޒަފު
07 May 2019
މީހުން ނޫޅޭ ހިސާބު ތަކުގަ ޕާކިން ހަދާގެން ކޮން ސަކަރާތެއް ގަންނާކައް. ހެޔޮނުވާނެ ވެލާނާގެ ކާރީގަ ޕާކު ކުރެވޭނެ ގޮތެއް ހަދާބަލަ
ޙިނި
07 May 2019
ޕާކިން އޭރިޔާ ތައް މެނޭޖުކުރަން ކުންފުންޏެއް ހަދަން ވީނުންތޯ. ޢެމްޓީސީސީ އިން ކުރިން ހިންގި ހަރުދަނާ ޕާކިން އޭރިޔާއެއް، އެތަނުން ޖާގަވެސް ލިބޭ 5 ރުފިޔާ އައް ޕާކު ކުރެވޭ. ސަކްސެސް ކޭސް ތަކުން ކަމެއް ދަސްކުރަމާ ބަހީ، އަދި އެ ތަރައްގީ ކޮއް ފުޅާކުރަންވީ. ޢެ މޮޑެލް ވެސް މިވައްޓާލީ ދިވެހި ތާރީހުގެ ޑަސްޓް ބިންއައް
އާދަމް ބާއީ
07 May 2019
މީ ރައީސްމީހާގެ ހެޔޮފުޅުކަމުން ކުރި ކަމެއްތޯ؟
ކާސިމު
08 May 2019
ވެރިކަމުގައި ހުރީ އޭނަތަ..ހޭލަބަލަ...ނޫނީ އަދިވެސް ރޯދަތަ؟
ކާޖާ
07 May 2019
މަގުމަތީގެ ތޮއްޖެހުމަކަށް ކުޑަކޮށްވެސް ބަދަލެއް މިއަދަކު ނާދެއެވެ. މަގުމަތި ތޮއްޖެހުމަށް އޮތް ހައްލަކީ ބައެއް މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހެދުމެވެ. ހާއްސަކޮށް ދެފަރާތުގައެވެ. ފުލުހުން މަގުތަކަށް ނެރެގެންވެސް މިކަން ކުރަންޖެހެއެވެ. ހަމައެކަނި ކޯން ބަހައްޓާލައިގެން ނުވާނެއެވެ.