ތިލްމީޒާގެ ސަފީރު ކަމުގެ ފަތްކޮޅު އަރުވަނީ.
08 މެއި 2019 - 11:22
އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސެއިން، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި އެވެ.
ތިލްމީޒާ، އިއްޔެ ވަނީ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީއެއް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޗީފް އޮފް ޕްރޮޓޮކޯލް، ޝޯ ޕީ ލޯލާ އަށް އަރުވައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަސްމީކޮށް ފަތްކޮޅު އަދި އަރުވާނެ އެވެ.
ތިލްމީޒާ މިހާތަނަށް ހުންނެވީ ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުގަ އެވެ. މީގެ ކުރިން އޭނާ ވަނީ އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ކުރައްވައިފަ އެވެ. ތިލްމީޒާ މަތީ ތައުލީމް ހާސިލްކުރެއްވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ އިން އެމެރިކާގެ ޔުނިވާސިޓީއަކުންނެވެ.
އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވި އެވެ. ހާއްސަކޮށް، އެމެރިކާ އަކީ، ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި އެއް ގައުމެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ވަރުގަދަވެފަ އެވެ.
ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެމެރިކާ ސަރުކާރުން 20 މިލިއަން ޑޮލަރު (310 މިލިއަން ރުފިޔާ) ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވެސް ދާދި ފަހުން ވަނީ ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލާ އަލީ
08 May 2019
ނިކަން ރަނގަޅު ފިސާރިމީހަކު ތިތަނައްލާބަލަ
ކައްމަތިން
08 May 2019
ލަނޑަޔާވާނީ ލަނޑާ. އެވެރިންގެ ސިޔާސަތުތަން މިތަނަށް ރަނަގޅެއް ނުވާނެ އެހެންވެ ކުރީ ސަރުކާރުން އެކަން ވަރަށް ރަނަގަޅަށް ކުރި
ހަކުޅި ޕޮލިޓިުސް
08 May 2019
އެންޑީޕީ ކުދިން ނިކަން ޔޫރަޕްވާނެ. ރާއްޖޭގައި ބޭނުންކުރާ ރަސްމީ ހެދުމެއް ލުމަކީ އެމީހުންނަށް ވާނީ ކަޓު ކަމަކަށް. މަގޭ ތަޖްރިބާއަކީ ރާއްޖޭން ބޭރުގައި އުޅޭއިރު އަމިއްލަ ސަގާފީ ރަސްމީ އެއްޗެއް ލާއިރަށް އެތާ އުޅޭ މީހުން އަހަރެމެންނާ ވަރަށް ލޯބިން އުޅޭކަން.
ޖައުހަރީ
08 May 2019
އަޅުގަނޑަށް ތިލް ، އާއެކު މަސައްކަތް ކޮށްލުމުގެ ފުރުޝަތު ލިބުނު... ވަރަށް ސަޅި،، ތަފާތު.. އެދުވަހުން ފެށިގެން ވަރަށް ބަލަން ތިލް އުޅޭތަން ވަޒީފާ އަދާކުރާން މައުލޫމާތު ވަރަށް ހޯދަން ،، ކޮންމެވެސް ވަރަށްވީ. ވަރަށް އުފަލުން މިހުރިވެސް ސަފީރުކަން ދިނުމުންވެސް.... އަޅުގަނޑުމެން ދެމީހުންގެ ތަފާތަކީ ދެ ފިކުރެއް.. އެކަމަކު ވަރަށް،،، ރަނގަޅު ހިތްހިޔޮ،،،،،،،
ހަސަން ނުވަވަނަ
08 May 2019
ކޮބާ މީނަގެ ފޮރިން ޑިޕްލޮމަސީގެ ފެންވަރަކީ އަލިނީ ވަކިކޮށްފަ މަގާމު ދިންއިރު. ބިގް ޓައިމް ފެއިލިއަރ
ޙިނި
08 May 2019
އާޓިކަލް ކިޔާލާ، އޭރުން އިންގޭނެ
ބިސްބެ
08 May 2019
އަލިނީ ދެންދޭ ފަރަށް ބޮލިހިލަން. ލޮލް
ކަނޑާ
08 May 2019
އާޓިކަލް ކިޔާލައިފިން. ނެތް ޑިޕްލޮމަސީގެ ރޮނގުން އެކައްޗެއްވެސް. ވަކި މީހެއްގެ މީހަކަށްވީތީ ލާފަހުރި މީހެއްކަމަށް ފެންނަނީ. އެޖަންކްޓް ޕްރޮފެސަރުންނަކީ އަސްލު ޕްރޮފެސަރުންނެއްނޫން. އެޔަށްވުރެ މާ އާދައިގެ ބައެއް. ދެން ހުރީ އަޑުވެސް ނާހާ ކޮމިޓީތަކެއްގެވެސް "ކޯ-ޗެއަރ"ކަން ކޮށްފައި. ޑެޕިއުޓީ ރެޕް އާ ނޮން ރެޒިޑެންޓް ރެޕުންނަކީ ކިހިނެއް އުޅޭ ބައެއްކަން އެނގޭނެ ދިރާސާކޮށްލީމާ. ދާދިފަހުން ފިލުމުސްޓާރަކަށްވެސް އެކަހަލަ ރެޕުކަމެއް ލިބުނު އަޑު އިވުނު.
ނިޔާމް
08 May 2019
ކުރިން ހުރީ ޖެފުރީ ކިޔާ ސޮރެއް. އެސޮރު ގެ ވާހަކަ މޮޅު .އެކަމަކު ހުދުމުހުތާރު ކޮރަޕްޓް ވެރިޔަކު ދިފާއުކުރެއްވޭނީވެސް ވަކި ވަރަކަށް. ފަހުން އެކަން ވީ އެންމެންނަށް ޖޯކަކަށް
6666
08 May 2019
މި މަންޖެއަށްވެސް ދިގު ހެދުންގަނޑެއް ނުލިބުނު ދޯ! ރާއްޖޭގެ ބޭޜުގައި އުޅޭ މާލޭ ބޭފުޅުން ދައުލަތުގެ ޚަރަދުގައި އާއިލާ ގެންގުޅެލަން ސަފީރުކަމަށް އައްޔަތް ކުރުމުގެ ކުޅިވަރު ހުއްޓަންވެއްޖެ. އަސްލު ރާއްޖޭގައި އުޅޭ ރާއްޖެތެރޭގައި އުޅޭ ރަތްލާޖެހި ދިވެހިން މިކަމަށް އައްޔަން ކުރަންވެއްޖެ. އޭރުން ދިވެހިންގެ އަސްލު ހާލަތު އެނގޭނީވެސް ދިވެހިން އުޅޭ ގޮތަށް އުޅޭނީވެސް. ދިވެހި ރަގަޅަށް ޕްރޮމޯޓްކުރެވޭނީވެސް.
ސާމީ
08 May 2019
ތިހާ މާލެމީހުނާ ޖައްސައިލައިގެން ތިއުޅެނީ މާލެ ބިޓެއް ކެޓީމަތަ؟މޭލެ އުފަންނޫން ޕޮލިތީސަނުން ގުނާލަބަލަ. މާގިނަވަނެ.
އަލްމާ
08 May 2019
ޖަޒީރާ ރާއްޖޭގެ ހެދުމުގައި މިހާރު އެހެރީ، ބަލައިގަންނަން ޖެހެނީ. ތި ސޮރުގެ ވޯޓާ އެކު އެހެރީ ހޮވައިފަ
ޒަހީން
08 May 2019
މިމަނޖެ އަކީ ރާއްޖެތެރޭ ކުއްޖެކޭ
ޙަސަދަ
08 May 2019
ވަރަށް ހިތަށް އަސަރު ކޮށްފިތާ. ބަލަމީހުން މިކަހަލަ މަގާމު ތަކަށް ހޮވަނީ ތަަަަޖުރިބާ އާ ތައުލީމީ ފެންވަރަށް ބަލާފަައޭ.ކޮންމެ ކަމަކަަށް މާލެ ރާއްޖެތެރެއޭ ކިޔައިގެންވާހަކަ ދެއްކި އަކަސް ނުފުދެއޭ.
ްއަދުރޭ
08 May 2019
ކޮނެމެހެން ދިގުހެދުންގަނޑު ލާންޖެހޭތަ؟
ބޑބލާސެނާ
08 May 2019
ކޯއްޗެކޭ ކިޔާކަށް. މުޅިންވެސް ހޮވާފައި ހުރީ ރާޢްޖޭގެ ބޭރުގައި އާއިލާ ގޮވައިގެން އުޅޭ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އަންނަ މީހުން. މި މަގާމަކީ އަހަރެމެން ދައްކާ ޓެކުހުން އެމީހުން ރާޢްޖޭން ބޭޜުގައި ދިރުއުޅެ އުލޫން ހަމަޖައްސަން އޮންނަ މަގާމަކަށް ވެއްޖެ. ކިތަން މީހުން ރާއްޖޭގައި ދިރިއުޅޭ ސަފީރުކަމަށް ހޮވީ؟ ވިސާމް އުޅެނީ މެލޭޝިއާގައި. ފަރަހަ އަކީ ޔޫކޭ މީހެއް. މީނާޢަކީ އެމެރިކާގައި އުޅޭ މީހެއް. މީ ދެން ބޮޑޫވެއްޖެ ކަމެއްނު.
ފާތުން ނޮޓް މެޑަމް
08 May 2019
ފޮރިން މިނިސްޓަރަކަށް ހުރީ މާލޭ ބޭފުޅެކޭ! އަހަމު އެތަނަކީ ވަރަށް ތަފާތު ކޮށް ނަސްލީވެގެން މީހުން ވައްދާ ތަކެއްކަމަށް. ވައްދަނީވެސް ބޭފުޅުން ބަލާފަޔޯ. އެއީ ތެދެއްތަ؟
ރ . ވައިނުޖެހޭގެއާގެ
08 May 2019
ރައީސް މުހައްމަދު އަމީން އުފެއްދެވި ހެދުމެއް ދިގުހެދުކީ ރ. އަމީން ކިޔަވާ ވިދާޅު ވީ ލަންކާ ގެ ސެއިންޓް ޖޯސަފް ކިޔާ ކެތަލިކު އިސްކޫލް އަކުން. އެހެންވެގެން ކަންނޭންގެ އެހެދުން ކްރިސްޓިއަނުން ގެ ނަނުން އަޅާފަ ތިބޭ ހެދުމާ ވައްތަރީ. ޗާރޗު ތަކުގައި ތިބޭނެ އަންހެނުން ބޮލުފޮތިކޮޅު ވެސް އަޅައިގެން. ލާ ދީނޭ ގޮވާ ޒަމާނެއް ވީމާ ކަންނޭންގެ ތިލް އެކަހަލަ ކްރިސްޓިއަނުންގެ ނަނުން ގެ ހެދުމާ ވައްތަރު ދިގުހެދުން ނޭޅީ. މިހެން ވެސް ބުނެވި ދާނެ !!!
އެކްސިސް
08 May 2019
ދެކުނިންތަ އެއްވެސް ފިރިހެން އެމްބެސަޑަރެއް ޤައުމީ ހެދުން ލާތަން ؟
ޤަނުކި
09 May 2019
ޢާ ހުރިހާ ފިރިހެނުން ރަސްމީ ކޮންމެ ކަމެއްގައަި ބޮޑު ގިރުވާނު ގަމީހާ މުންޑު ނޫނީ ފޭލިވިއްޔައަންނަނީ