މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަނަންޔާ: އޭނާގެ ދެވަނަ ފިލްމަކީ "ޕަތީ ޕަތުނީ އޯރް ވޯ".

މިދިޔަ ހުކުރު ދުވަހު ޝޫޓިން ފެށި ފިލްމު "ޗެހެރޭ" ގައި އަމީތާބް ބައްޗަން ފެނިގެންދާ ގޮތް ދައްކާލައިފި އެވެ.

ފިލްމުގެ ޓީމުން ވަނީ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ދައްކާލައިފަ އެވެ. އޭގައި ފެންނަނީ އަމީތާބް ދިގު ނުރަ ތުނބުޅިއަކާ އެކީގަ އެވެ.

ރޫމީ ޖެފްރީ ޑައިރެކްޓް ކުރާ ސަސްޕެންސް ތުރިލާ "ޗެހެރޭ" ގައި އާމީތާބާ އެކު، އިމްރާން ހާޝީމީ، ކްރިތީ ކަރްބަންދާ އަދި ރިއާ ޗަކްރަބަތީ ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގަ އެވެ.

ދީޕިކާ، ރިޝީ އަށް ޒިޔާރަތްކޮށްފި

އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރު ދެކިލަން، ބަތަލާ ދީޕިކާ ޕަދްކޯން ޒިޔާރަތްކޮށްފި އެވެ.

އެ ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ރިޝީގެ އަންހެނުން ނީޓޫ ސިންގް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ ދީޕިކާއާ އެކު އެ މީހުން ހޭދަކުރީ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ.

ދީޕިކާއަކީ އެކްޓަރު ރަންވީރު ސިންގްއާ ކައިވެނި ކުރުމުގެ ރިޝީ އާއި ނީޓޫގެ ދަރިފުޅު ރަންބީރު ކަޕޫރާ ވެސް ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާއެކެވެ.

ރިޝީ ވަނީ 2009 ގައި ރިލީޒްކުރި "ލަވް އާޖް ކަލް" ގައި ދީޕިކާއާ އެކު މަސައްކަތްކޮށްފަ އެވެ.

ރިޝީ އެމެރިކާގައި ފަރުވާ ހޯދަމުން އަންނަ އިރު، މި ފަހުން އެމެރިކާ އަށް ދާ ބޮލީވުޑްގެ ހުރިހާ ފަންނާނުންހެން ރިޝީ ދެކިލަން ދެ އެވެ. ދީޕިކާ މި ވަގުތު އެމެރިކާގައި ހުރި މިދިޔަ ހަފުތާގައި ބޭއްވި މެޓް ގާލާ ބައިވެރިވާން ކުރި ދަތުރުގެ ތެރެއިންނެވެ.

އަނަންޔާ އަކީ ސަނަމްގެ ފޭނެއް

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަނަންޔާ ޕާންޑޭއަކީ ވަރަށް ބޮޑު ފޭނެއް ކަމަށް އެ ފިލްމަށް ލަވައެއް ކިޔައިދިން ސަނަމް ޕޫރީ ބުނެފި އެވެ.

އަނަންޔާ އާއި ޓައިގާ ޝްރޮފް އެކީގައި ފެނިގެންދާ ލަވަ "ފަކީރާ" އަކީ ރާއްޖޭގައި ޝޯތަކެއް ވެސް ދިން ސަނަމް އާއި ނީތީ މޯހަންގެ އަޑުން ކިޔާފައިވާ ލަވައެކެވެ.

ސަނަމް ބުނީ އެ ލަވަ ރިކޯޑް ކުރި އިރު ވެސް އަނަންޔާ ސްޓޫޑިއޯގައިން ކަމަށާއި ވަރަށް ވެސް ހިތްވަރު ވެސް ދިން ކަމަށެވެ. އަދި "ފަކީރާ" އަކީ އަނަންޔާގެ އަލަތު ފިލްމަށް ކިޔައިދޭ ލަވައަށްވާތީ ލަވަ ވީހާ ވެސް ފުރިހަމަކޮށް ކިޔަން ވަރަށް މަސައްކަތް ކުރި ކަމަށް ބުންޏެވެ.

ސަނަމް ބުނި ގޮތުގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނިތު މަލްއުތުރާއަކީ ވެސް ވަރަށް ސަޕޯޓިވް މީހެކެވެ.

ސަލްމާނާއި ޝާހްރުކް އަލުން އެކީގައި ފެނިދާނެ

ސަލްމާން ހާނާއި ޝާހްރުކް ހާން ހިމަނައިގެން ފިލްމެއް ހަދަން ވިސްނާ ކަމަށާއި ދެ ތަރިންނަށް ހާއްސަ ސްކްރިޕްޓެއް ލިޔެވޭ ދުވަހަކުން އެ ފިލްމު ހުށަހަޅާނެ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ސަލްމާނާއި ޝާހްރުކް ތިބީ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ކަމަށާއި ދެ ތަރިންގެ ރޯލް ބެލެންސް ވާ ކަހަލަ ސްކްރިޕްޓެއް ލިޔުމުގެ ޝައުގުވެރިކަން ބޮޑު ކަމަށެވެ.

އަންނަ މަހު ރިލީޒް ކުރާ ސަލްމާންގެ "ބާރަތު" ގެ ޑައިރެކްޓަރު ބުނި ގޮތުގައި އެ ދެ ތަރިން އެކީގައި ސްކްރީނަށް ގެނައުމަކީ ކުރިން ވެސް ހިޔާލުތަކުގައި އެނބުރޭ ކަމެކެވެ.

ޝާހްރުކާއި ސަލްމާން ވަނީ އެކީގައި "ކަރަން އަރުޖުން" އާއި ކުޗް ކުޗް ހޯތާ ހޭ" އަދި "ހަމް ތުމާރޭ ހޭ ސަނަމް" ގައި މަސައްކަތްކޮށްފަ އެވެ. އަދި ދެ ތަރިން އެކަކު އަނެކެއްގެ ބައެއް ފިލްމުތަކުގައި ހާއްސަ ފެނިލުންތަކުން ފެނިފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454