އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ: އޭނާ ވަނީ 2009 ގައި މަހިބަދޫ ދާއިރާ ކާމިޔާބުުރެއްވި ---
20 މެއި 2019 - 12:34
މަހިބަދޫ ދާއިރާގެ ކުރީގެ މެންބަރު ރުގިއްޔާ މުހައްމަދު، އެންސްޕާގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަން ކުރައްވައިފި އެވެ.
ރުގިއްޔާ އެ މަގާމަށް އައްޔަން ކުރެއްވި ސީދާ ދުވަހެއް ނޭނގެ އެވެ. ނަމަވެސް އޭނާ އަންނަނީ ވަޒީފާއަށް ނުކުންނަވަމުންނެވެ.
ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބަލަހައްޓާ، އެންސްޕާ މިހާރު ހިންގަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ރުގިއްޔާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތިމާގެ ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އަނބިކަނބަލުން ވެސް މެ އެވެ.
އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަޖިލިހުގައި މަހިބަދޫ ގޮނޑި ކާމިޔާބުކުރެއްވިޔަސް 2014 ގެ އިންތިހާބުގައި އޭނާއަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއާ އެވެ. މި އަހަރު އޮތް އިންތިހާބަށް އޭނާ ނުކުންނަވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަޓިސްޓް، ރ.ވާދޫ
21 May 2019
ހާދަ ފޫހިވާ މީހާގަނޑެކޭތީ.
ރަނގަބީލު
20 May 2019
އަމައްޔާތް
ވަން
20 May 2019
ހައި ރުގީ!!
ރައީސް އޮފީސް
20 May 2019
މި ވެރިކަމުގައި ބޭބެ ދޮންތަ ދައްތަ ކޮއްކު ތިއްތި އަށް ވެސް ވަޒީފާ ލިބޭނެ
ބާސެލޯން
20 May 2019
ތައުލީމީ ފެންވަރު އެނގެން ނެތް. ތިމާގެވީމާ ދިނީ. ހިސާންގެ ދައްތަ ތިލްމީޒާއަށްވެސް ކުރި މަސައްކަތެއް ވީ ޤުރުބާނީއެއްނެތި އެމެރިކާގަ އުފަލުގަ ހުއްޓާ މާސިންގާ މަގާމެއް ދީފި. އެއީ ހިސާން މަޖިލިހަށް ހޮވުނީމާ. އޭނާ ރުއްސަން އަބްދުﷲ ޝާހިދު ކުރެއްވިކަމެއް. ފަރަހަނާޒަކީ އިސްލާހަށް މަސައްކަތްކުރެެއްވި ބޭފުޅެއް. ވީމާ އެ އެޕޮއިންޓްމަންޓް ރަނގަޅު. ގިނައީ ނެޕޯޓިޒަމް.
ހަސަން ނުވަވަނަ
20 May 2019
ޖަޒީރާގ އޯކޭވާނެ. އެޖެންޑާ19 ސަޅިވާނެ
ކޮރަލް
20 May 2019
ތައުލީމީ ފެންވަރު ހާމަ ނުކޮށް ނޫހުގަ ސިޔާސީ މަގާމް ތަކުގެ ވާހަކަ ނުޖެހުމަށް އަދަބު ވެރި ކަމާ އެކު ދަންނަ ވަމެވެ. ރައީސް އޮފީހުން ހަބަރު ފޮނުވާގޮތައް އަކުރުން އަކުރައް ނުލިޔުނަސް ރަނގަޅުވާނެއެވެ. ނޫސްވެރީން މުރާލި ވާން އެބަޖެހެއެވެ.
އާރ1
20 May 2019
އެއް އާއިލާއެއްގެ މީހުންނަށް ސަރުކާރުން މާގިނަ ބައި އެޅުން އެއީ ގޯހެއް. އެމްއެމްޕީއާރުސީ، އެންސްޕާ މިއީ ޔާމީނު ވެރިކަމުގައިވެސް އެންމެ ގިނަ ނާޖާއިޒް ފައިދާނެގި ދެތަން. މި ދެތަނުގަ ދެކަނބަލުން. އަދިވެސް ވަރަށްގިނަ
ބޭޑް ބޯއި
20 May 2019
ނެޕޯޓިޒްމް އެޓް ދި ބެސްޓް އެމްޑީޕީ އާންމު މެމްބަރުންނާއި މަރު ދަންޖެހުނު ކިޔަވައިގެން ތިބި މީހުން ފިތާލަން މިޖެހުނީ
ރަދީފް
20 May 2019
އެންސްފާގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޝަރުތު ހަމަވާވަރުގެ ކޮލިފިކޭޝަނެއް އޮތްނަމަ ވަރަށް މަރުހަބާ.މަށަށް / މަގޭ ދަރިއަކަށް ލިބެން މައެދޭ ފަދަ ނިއުމަތެއް އަނެއް މުސްލިމް އުހްތާއަށް ލިބުނީމަ އުފާކުރަން.ވ.ވެދުން