ޚަބަރު / އެމްޑަބްލިއުއެސްސީީ

ކޮންސްޓްރަކްޝަން ސައިޓްތަކުގެ ފެން ހިންދުން ހަރުދަނާކުރަން އެމްޑަބްލިއުއެސްސީއަށް ބިމެއް ދީފި

މާލޭގެ ޑީވޯޓަރިން ނިޒާމު ހަރުދަނާ ކުރަން އެމްޑަބްލިއުއެސްސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި މުއިއްޒު (ކ) އާއި ފަޒުލް (ވ) ސޮއިކުރައްވަނީ. އަށް މަސް ތެރޭގައި މި ނިޒާމު ގާއިމު ކުރެވޭނެ ކަމަށް ފަޒުލް ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ ޑީވޯޓަރިން ނިޒާމު ހަރުދަނާ ކުރުމަށާއި ޕަމްޕް ސްޓޭޝަންތަކެއް ގާއިމު ކުރަން އިންޑަސްޓްރިއަލް ވިލެޖުން އެމްޑަބްލިއުއެސްސީއަށް ބިމެއް ދިނުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑީވޯޓަރިން ނިޒާމު ހަރުދަނާ ކުރުމަށާއި އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދިނުމުގެ ދެ އެއްބަސްވުމުގައި ސޮއިކުރި އެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ސޮއިކުރެއްވިއިރު، އެމްޑަބްލިއުއެސްސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ.

މާލޭގެ ޑީވޯޓަރިން ނިޒާމު ހަރުދަނާ ކުރަން =އިންޑަސްޓްރިއަލް ވިލެޖުން އެމްޑަބްލިއުއެސްސީއަށް ބިމެއް ދޭން ބޭއްވި ރަސްމިއްޔާތު. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެމްޑަބްލިއުއެސްސީން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. އަދި މިއީ ދައުލަތުން އެއްވެސް ހަރަދެއްކޮށްގެން ހިންގާ މަޝްރޫއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީ ވޯޓަރިން ނިޒާމަކީ ކޮންސްޓްރަކްޝަން ސައިޓުތަކުން ފެން ހިންދުމަށް ބޭނުން ކުރާ ނިޒާމެކެވެ. މާލޭގައި މިހާރު ޑީވޯޓަރިން ކުރަނީ މަގުތައް މަތިން ހޮޅިއަޅައިގެންނެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ޑީވޯޓާ ކުރާއިރު ހޮޅި ޕޭވްމަންޓް މަތިންނާއި މަގު ހުރަސްކޮށް އޮތުމުން އެކަމުގެ ދަތިކަން އާންމުންނަށް ކުރިމަތިވޭ. އެކަމުގެ ސަބަބުން އެކްސިޑެންޓް ދިމާވޭ. ޑީވޯޓަރިން ނިޒާމު ބިމުގެ އަޑިއަށް ދާނެ ގޮތަށް ހަމަޖެހިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން އައިޖީއެމްއެޗާއި ވެސްޓްޕާކް ދިމާލުގައި ހުރި ސީއައުޓް ފޯލްތައް އެ ހުރި ދިމާލުން ކެންސަލްކޮށް އިންޑަސްޓްރިއަލް ވިލެޖްގެ ތެރެއަށް ހޮޅި ޑައިވާޓް ކުރެވޭނެ އެވެ. އަދި މިއީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ލުޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގައި ގާއިމު ކުރާނީ ވަރުގަދަ ޕަމްޕް ސްޓޭޝަނެއް ކަމަށާއި އިންޑަސްޓްރިއަލް ވިލެޖަށް ތިން ޕަމްޕް ސްޓޭޝަނެއްގެ ޕައިޕް ރީލޮކޭޓް ކުރާނެ ކަމަށެވެ. އަދި މިކަމާ ބެހޭ ތަފްސީލު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މި މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ހަމައަކަށް އަޅުވަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް މިކަމަށް ދާ ހަރަދެއް މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީން ހާމައެއް ނުކުރެ އެވެ.

މާލޭގެ މަގުތައް އަލުން ރީޑިޒައިންކޮށް ހެދުމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ފަށަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތަށް ބޭނުންވާނެ މެޝިނަރީތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ މަޝްރޫއުގެ ސަބަބުން މުޅި މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިޔާލް123

04 September 2016

ތިޔަ އިންޑަސްޓްރިއަލް ވިލެޖުން އަމިއްލަ މީހަކަށް ތަންކޮޅެއްދޭން ބާކީ އޮންނާނެބައި، ނަމުގައި މާލޭގައި ހުރި ބޮޑެތި ގުދަންތަށް އެއްތަނަކަށް ގެންދަން ހިއްކިބިމުން މިހާރު އެސްޓީއޯ އަށާ، އެމް ޓީސީސީ އަށާ ދެންވެސް ސަރުކާރުގެ ތަންތަނަށް ދީފަބަކީ ތަންކޮޅެއް އާއްމު ރައްޔިތަކަށް ދެވޭނެބައި..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454