ހުޅުމާލޭގެ 16 އަދި 18 ނަމްބަރު ފްލެޓު ދޭތެރޭގައި މިރޭ ގޮއްވާލި ފުޅި.---ފޮޓޯ: ޕޮލިސް
22 މެއި 2019 - 01:04
ހުޅުމާލޭގެ ފްލެޓްތަކެއްގެ ކައިރީގައި މިރޭ ބަޔަކު ފުޅިއެއް ގޮއްވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ 16 އަދި 18 ނަމްބަރު ފްލެޓު ދޭތެރޭގައި ކުޑަ ފުޅިއެއް ގޮއްވާލާފައި ވަނީ އޭގެ ތެރެއަށް ސާފް ލިކުއިޑު އަޅައިގެން ކަމަށެވެ. ފުލުހުން އާންމުކުރި ފޮޓޯ އިން ފެންނަ ގޮތުގައި ގޮއްވާލާފައި ވަނީ ފެން އަޅާ ފަސް ލީޓަރުގެ ފުޅި އެކެވެ.
ފުލުހުން ބުނިގޮތުގައި 16 ނަމްބަރު ފްލެޓު ކައިރިން ބާރުގަދަ އަޑެއް އިވިގެން މިރޭ 10:10 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބުމާ ގުޅިގެން ގޮސް ބެލިއިރު އެ ސަރަހައްދުގައި ފުޅިއެއް ގޮއްވާލާފައި ވެ އެވެ. އެކަމަކު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ނެތް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ފުޅިއެއް ގޮއްވާލިއިރު، ސަލާމަތީ ބާރުތަކުން މިރޭ ވަނީ މާލޭގައި ތަމްރީނުތަކެއް ފަށައިފަ އެވެ.
އެ ތަމްރީނުތައް ފެށީ ޓެރަރިޒަމް ހަމަލައެއްގެ މައުލޫމާތު ލިބިގެން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ ވަކި ކަމެއް މެދުވެރިވެގެން ފެށި ތަމްރީނުތަކެއް ނޫން ކަމަށެވެ.
"އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާ ނަމަ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިލޭ ގުޅޭ ނަމްބަރު 119 އަށް ގުޅުއްވައި، މައުލޫމާތު ހިއްސާ ކުރުމަށް އިލްތިމާސް ކުރަމެވެ،" އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ ތަމްރީނާ ގުޅޭ ގޮތުން ސިފައިން ނެރުނު ބަޔާނުގައި ވެ އެވެ.
މިރޭ ފެށި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވުމުގެ އިތުރުން ސިފައިންނާއި ފުލުހުން ގުޅިގެން އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ވެސް ބަލައި، ފާސްކުރާނެ ކަމަށް އެމްއެންޑީއެފުން ކުރިން އޮތީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިގޮ
22 May 2019
ތިޔަކީ ސަމާސާއެއްވެސް ނޫން މަޖާކަމެއް ވެސް ނޫން ހެޔޮވިސްނުން އިސްކުރޭ ތިފަދަކަންކަން ކުރާ ބަޔާކާ ދިމާވެއްޖެ ނަމަ ނަސޭހަތް ތެރިވޭ މިއީ އެންމެންގެ ޒިންމާއެއް އަހަރެމެން ނަށް ހެޔޮނޭދޭނެ އެހެންބަޔަކު މީ އަހަރެމެންގެ ގައުމު
ހާމިދު ޝާހިދު
22 May 2019
ސީސީޓީވީ އަކަށްވެސް އެބަޔަކު އަރާފައި ނެތީތޯ؟ ނޫނީ އެމީހުންގެ ފިންގަރ ޕްރިންޓްއެެއްވެސް ނެތީތޯ؟ އަައިބެއްކަހަލަ ކަމެއް. ފުލުހުން އެބަޖެހޭ މަޢުލޫމާތު ދޭއިރުގައިވެސް ތަފްސީލު ކޮށްދޭން.
1234
22 May 2019
މިފަދަ ނުރައްކާތެރިކަންކަން ސަމާސާއަކަށް ނަމަވެސް ނުކުރަން ހުރިހާ ފާރާތްތަކަށް ދަންނަވަން. މިގައުމުގެ ޓޫރިޒަމް ހަލާކުވެއްޖެނަމަ ބަނޑައްޖެހި އިތޯޕިޔާއަށް ވުރެ ހާލުގަ ދިވެހިން ތިބެންޖެހިދާނެ.. ދެން އޮތީ އިންޑިޔާގެ އަޅުވެތިކަންޡ
ނަޒީހާ
22 May 2019
މިތާގަ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި މިތަނައް އަންނަ ޓުއަރިސްޓު ޣައިރު މުސްލިމުންނާއި ވަކިތަފާތެއް އެބަހުރިތަ.. މިތާގަ ނުބައިކަންކަން ހުއްޓުވާތަ ރޯމާދުވާލު އެކަންކަން ހިނގާއިރު.. ބަލާބަލަ ރާއްޖެ ޓީވީއިން ދައްކާ އިސްތިހާރުތަކުގައި ދިވެހީން ޖައްސާ ވައްތަރު..ބަލާބަލަ އިންޓަނެޓުގައި ދިވެހީން އުޅޭވައްތަރު.. މިތާގަ މިކަންކަން ހުއްޓުވަން ތިބިބަޔަކު އެކަންކަން ހުޓުވާތޯ..މިއީ ފިތުނައިގެ ކޯރެއް މިހާރު. ފީނައް ފުރައްސާރަ އެބަ ކުރޭ ފާޅުގައި..