ސެއިން ޕީޓާސްބާގް، ރަޝިއާ: ޖޫން 26، 2018: ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ އާ ނައިޖީރިއާ ކުޅުނު މެޗުގެ ތެރެއިން: މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް މާކޯސް ރޯހޯ ޖެހި ގޯލުން 2-1 އިން ނައިޖީރިއާ ބަލިކޮށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް އާޖެންޓީނާ އިން ވަނީ ހޯދައިފައި. --ފޮޓޯ: އޭއެފްޕީ
22 މެއި 2019 - 11:36
ބީނޯޒް އޭރީޒް (މެއި 22) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ނެގި އާޖެންޓީނާ ޓީމުގެ އެޓޭކް ބެލެހެއްޓުން ބާސެލޯނާގެ ލިއޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއާ ހަވާލުކުރި އިރު، އިންޓަ މިލާނުގެ މައުރޯ އިކާޑީ އާއި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އަށް ފުރުސަތެއް ނެތެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ މާޗު މަހު އަލުން ޓީމާ ގުޅުނީ މި މުބާރާތުގައި ކުޅުމަށެވެ. އަދި މިއީ ވޯލްޑް ކަޕުގެ ފަހުން އަގުއޭރޯ އަށް ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މެސީއާ އެއްގޮތަށް ވޯލްޑް ކަޕަށް ފަހު ބްރޭކެއް ނަގައި މާޗު މަހު އަލުން ޓީމާ ގުޅުނު ޕީއެސްޖީގެ ވިންގާ އެންހެލް ޑި މަރިއާ އަށް އަދި ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ ވެސް ޓީމުގައި ހިމެނެ އެވެ.
އާޖެންޓީނާގެ އެންމެ މުހިއްމު އެއް ފޯވާޑުގެ ގޮތުގައި ބެލެވުނު އިކާޑީ އަށް ފުރުސަތު ނުލިބުނީ، ކްލަބް ލެވެލްގައި ކުޅުމުގެ ފުރުސަތު ނުލިބޭތީއާ އެކު އެވެ. އާ ކޮންޓްރެކްޓެއް ހެދުމަށް އިންޓައާ އެކު އެއްބަސްވުމަކަށް ނާދެވި މައްސަލަތަކެއް ދިމާވުމުން އެ ކްލަބުން އޭނާ އަތުން ކެޕްޓަން ބޭންޑް ނެގުމުން ހިތްހަމަނުޖެހިގެން ދެ މަހެއްހާ ދުވަހު ނުކުޅެ ހުއްޓެވެ. އޭނާ ޑިސެމްބަރުގެ ފަހުން އޯޕަން ޕްލޭގައި ލަނޑެއް ޖަހާފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި އިންޓަ އިން ފުރުސަތު ދިން ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒަށް ސްކޮޑުން ޖާގަ ވަނީ ލިބިފަ އެވެ.
ޔުވެންޓަސްގެ ލޯނެއްގެ ދަށުން މި ސީޒަނުގެ ފުރަތަމަ ބައިގައި އޭސީ މިލާނަށް އަދި މިހާރު ޗެލްސީ އަށް ކުޅެމުން އަންނަ ހިގުއައިންގެ ފޯމް މި ސީޒަނުގައި ވަނީ ދަށްވެފަ އެވެ. މީގެ ކުރިން އޭނާ ކްލަބް ލެވެލްގައި މޮޅަށް ކުޅުނު ނަމަވެސް ގައުމީ ޓީމުގެ މުހިއްމު މެޗުތަކުގައި ފުރުސަތުތައް ބޭކާރުކޮށްލާތީ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ވެސް އޮވެ އެވެ.
ބްރެޒިލްގައި ޖޫން 14 އިން ޖުލައި 7 އަށް ބާއްވާ ކޮޕާ އެމެރިކާގައި އާޖެންޓީނާ ހިމެނެނީ ކޮލަމްބިއާ، ޕެރެގުއޭ އަދި ގަތަރާ އެކު ގްރޫޕް ބީ ގަ އެވެ. އޭޝިއާގެ ޗެމްޕިއަން ގަތަރުން މުބާރާތުގައި ވާދަކުރަނީ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނަ
23 May 2019
ތިޔަ ޓީމް ގޮވައިގެނެއް މެސީޔަކަށް ތަށްޓާ ހިސާބަކަށް ނުދެވޭނެ. ކޮބާ ލަންޒީނީ، ކޮރެއާ، އެވާ ބަނޭގާފަދަ ކުޅުންތެރިން. މުޅިންވެސް ތިތިބީ ޔޫރަޕުގެ އެކްސްޕީރިއަންސްނެތް ކުޅުންތެރިން. މެސީޔަށް މިފަހަރުވެސް ނާކާމިޔާބީޔާ ކުރިމަތިލާންޖެހެނީ.
އަންހެން ޑި މާރިޔާ
23 May 2019
އަޖައިބު މެސީއަށް އެއްވެސް ޓީމަކާއެކު ކާމިޔާބެއް ނުލިބޭނެ. މެސީ އިޒް ދަ ޕްރޮބްލަމް. އެއޮށް ވަރުގަދަ ސްކޮޑާއެކު ވޯރލްޑް ކަޕުގައި އައިސްލޭންޑް ބަލިނުކުރެވުނު. ފްރާންސުން ހަދާލީ ބޭނުން އެއްޗެއް. ކްރޮއޭޝިއާއިންވެސް ބޭނުން ގޮތެއް ހަދާލީ.
މީނަ
24 May 2019
އެންހެލް ޑި މާރިޔާ. ދޮންކަލޯ މެސީއަކީ ހުރިހާވެސް މައްސަލަނަމަ އޭނަ އާރޖެންޓީނާއިން ވަކިކުރަންވީނުން. މަށަށް ޔަޤީން މެސީނެތްނަމަ އާރޖެންޓީނާޔަށް ވާލްޑް ކަޕަށްވެސް ކޮލިފައިނުވީސް. އަދި ގިނަ މެޗުތަކުން ބޮޑު ތަފާތަކުން ބަލިވާނެ. ބާސާގަވެސް މިހާރު ތަފާތަކީ މެސީ. ދުނިޔޭގެ އުފެދުނު އެންމެ ޓެލެންޓަޑް އަދި އެންމެ މޮޅު ކުޅުންތެރިޔާ މައްސަލަޔަށް ވަންޏާ އެއްވެސް ކުޅުންތރިޔެއް ލައިގެން ކާމިޔާބެއް ނުލިބޭނެ. މެސީޔަށް އެއްކޮށް ޑިޕެމްޑްވުން ހުއްޓާލަންޖެހޭ.
އަމިނާ
22 May 2019
މެސީ ގެ ކަޑަކަން މިފަހަރުވެސް ފެނިގެންދާނެ.
ކަންޒު ކަހަބު
22 May 2019
ތިއީ ކުއް ހީއެއް
ހަމަ ބުއްދި
22 May 2019
ސުވާލު ނުއުފެދޭ ކަންކަން ސުވާލަކަށް ހަދަނީ ކީއްވެ ތޯއެވެ؟ މެސީ ކުޅެން ހުއްޓައި މެސީ ނުހިމަނައި އާޖެންޓީނާ ގެ ސްކޮޑް ނުނަގާނެ ކަން ޔަޤީން ކަށަވަރު ނޫން ތޯއެވެ؟
ރަދީފްްގެ ލީގަލް ޓީމް
22 May 2019
ތިދިޔާ ޗޮކުން