ޓެކްސީތަކެއް ދުއްވަނީ: ޓެކްސީ ޚިދުމަތަށް އެޕްލިކޭޝަނެއް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާން ކޮށްފައި -- ފޮޓޯ/މިހާރު
22 މެއި 2019 - 15:00
ޓެކްސީ ޚިދުމަތަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާންކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ޓެކްސީ ޚިދުމަތް ދިނުމަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރުކުރާނެ ބަޔަކު ބޭނުންވާނެ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 އަދި 30 ވަނަ ދުވަހު އެ އޮތޯރިޓީން މައުލޫމާތު ސާފު ކުރުމަށް ފަހު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށެވެ.
ޓެކްސީ ޚިދުމަތަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު، ސަރުކާރުން ކުރިން އޮތީ ޓެކްސީގެ ޚިދުމަތަށް އަގު ކަނޑައެޅުމަށް މީޓަރުގެ ގޮތުގައި އެޕްލިކޭޝަނެއް ބޭނުން ކުރަން ފަށާނެ ކަން އިއުލާންކޮށްފަ އެވެ.
އެ އެޕްލިކޭޝަނާ އެކު، ދަތުރުގެ ދިގުމިނަށް ބަލައި މީޓަރުގެ އަގުތައް ހުންނާނީ އާންމުންނާއި ޑްރައިވަރުންނަށް ވެސް އެކަށީގެންވާ އަދަދެއްގައި ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުން
22 May 2019
ޕާޓީކުދިންކޮޅަކައް ލާރިކޮޅެއްބޭނުންވީތޯ؟. ހެދުނު އިއުލާނުކުރާނެ ހަވީރު ބުނާނެ ސުންގަޑި ޖެހިއްޖޭ. ކޮބައިހޭ އަގުހެޔޮކުރަންބުނި ކަރަންޓުބިލް.
އަލީޔ
22 May 2019
މިހާރުވެސް ހުރޭ އެޕްލިކޭޝަން. އެ އެއްޗެހި ބަލާފަ ބޭނުންވާ ބަދަލެއް ގެނެސް ހުއްދަ ނުދެވޭނީތޯ އަނެއްކާ އަލުން އެއްޗެއް ހަދަން ތި އުޅެނީ؟ އެ ކަންކުރަނީ ކުދި ވިޔަފާރި ގޮތަށް. ސަޕޯޓު ދިނިއްޔާ ތަންކޮޅެއް މަދުވަނީތޯ؟
ސްމޭޝް
22 May 2019
މިހަަރު ހުރީ ބަޔެއްގެ އަމިއްލަ އެޕް ތަކެއް. ބަޔަކަށް އަގުދީގެން މިނިސްޓްރީއަށް އެޕެއް ހެދުމުން ނޫނީ މިނިސްޓރީގެ ބާރެއް އެއަކަށް ނޯންނާނެ. އެޕްހަދާ މީހުން އަތުއި ކޯޑްސެޓް ހުންނާނެ، އެމީހުން އެހަދާދޭނީ މިނިސްްރީން ބުނާ މިންގަނޑަކަށް...
މަރޭމިތުރު
22 May 2019
ސަރުކާރުން މިހިދުމަތުގެ ތެރެއަށް ވަންކަމަށްވިޔަސް ހަނދާން ނައްތައިގެން ނުވާނެ ކަމަކީ ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަވެސް ޓެކްސީގެ ހިދުމަތް ދިނީ އާއްމުން ކަން. ޕްރައިވެތް ދެކާރަކުންކަން. ޓެކްސީ ސެންތަރު އުފަންވީވެސް މިހިދުމަތަކީ ސަރުކާރުން ގެނައި ހިދުމަތެއްނޫންކަން.
މަރޭމިތުރު
22 May 2019
މިހާރު އޮތް ސުވާލު؟ ޓެކްސީތަކަށް ގުޅަން ބޭނުންކުރި ނަމްބަރުވެސް އުވެނީތާ؟ ޓެކްސީ ސެންޓަރުތަކުގެ ބޭނުން ދިޔައީތާ؟ ޓެކްސީ ސެންޓަރުތަކުގެ ވެރިންނަށް ވާނީ ކިހިނެތްބާ؟ އެމީހުންނަށް ދިން ހުއްދަ ވާނީ ދެން ބާތިލުބާ؟
ނަން
22 May 2019
މަރޭ ސުވާލު ކުރަން ހާދަ މޮޅޭ ދޯ؟
އަލީން
22 May 2019
އެއް ނަންބަރަކުން ޓެކްސީއަށް ގުޅޭގޮތް ހެދީމަ ރަނގަޅުވާނެ. ކޮންމެ މީހެއް ޖެހެެނީ ހުރިހާ ސެންޓަރުތަކަުގެ ނަންބަރު ހިތުދަސްކޮށް ފަހަރަކު ސެންޓަރަކަށް ގުޅަން ހުސް ކާރެއް ލިބޭތޯ. ކޮންމެ ސެންޓަރެއްގައިވެސް އެހާ ގިނަ ކާރެއް ހުންނަކީ ނޫން. އިތުރު ބުރަތައް އުފުލާކަށް ނުޖެހި ވަގުތު ސަލާމަތްވާނެ. ޓެކްސީ ބުކް ކުރަން އެއް އެޕާއި. އެއް ހޮޓަލައިން ނަންބަރެއް ބޭނުން ކޮށްގެން.
ދޮންކަލޯބެ
22 May 2019
ދުނޭޔޭ އެއްމެ ކުރިއަރާފައިވަ ޤައުމުތަކުގައި ވެސް މާގިނަ ޓެކްސީ ސެންޓަރެއް ނުހުންނާނެ. ޓެކްސީ ސެންޓަރުތައް ހުރުމުގެ ބޭނުމެތް ވެސް ނެތް. ޓެކްސީ ދުވާނެ ޑްރައިވަރުންނާއި ޓެކްސީ ހުރީމަ ނިމުނީ. ދެން ބޭނުންވާނީ ޓެކްސީ ހަޔަރ ކުރެވޭނެ ގޮތެއް. އެޕެއް ނޫނީ ވަކި ހާއްސަ ނަންބަރެއް،.