ދޯނި ހުއްޓުވައި ސިފައިން ފާސްކުރަނީ: އޭގައި ތިބީ ހުސް ބިދޭސީން.
23 މެއި 2019 - 14:05
ސިފައިންނާއި ފުލުހުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި، ސ. ފޭދޫން މުދާ ބަރުކޮށްގެން ދަނިކޮށް އިއްޔެ ހިފެހެއްޓި ދޯނީގައި ތިބި ގަވާއިދާ ހިލާފަށް އުޅޭ ދެ ބިދޭސީން ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މައުލޫމާތު ސާފުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ މީހުންނާ ގުޅޭ މައުލޫމާތު އިމިގްރޭޝަނަށް އަޅުގަނޑުމެން ފޮނުވާނަން،" އޮފިޝަލް ވިދާޅުވި އެވެ.
އެ ދޯނީގައި ހުރީ ހުޅުމީދޫގެ ފެނަކަ އަށް ގެންދާ 6،000 ލިޓަރުގެ ޕެޓްރޯލާއި ފިހާރައަކަށް ގެންދިޔަ އައިސް ކުކުޅުތަކެކެވެ. އެ މީހުންގެ އަތުގައި ވޯކް ޕާމިޓެއް ވެސް ނެތް ކަމަށް ސިފައިން އިއްޔެ ބުނެފައި ވެ އެވެ.
ދެ ބިދޭސީން ފިޔަވައި އިތުރު ބަޔަކު އެވަގުތު ދޯނީގައި ނެތް ކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އެފަދަ މީހުން ފެނިއްޖެ ނަމަ ހަވާލު ކުރަންޖެހޭނީ މޯލްޑިވްސް އިމިގްރޭޝަނަށެވެ.
ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި އިމިގްރޭޝަނާ ކުރިން ހަވާލު ކުރަމުން އައި ކަމަށެވެ. އެކަމަކު، ވަސީލަތް ނެތުމުގެ ސަބަބުން އިމިގްރޭޝަނުން އެ ބިދޭސީންނާ މިހާރު ހަވާލު ނުވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު ހާން
28 May 2019
ޤާނޫނާއި، ޤަވާއިދާ ޚީލާފަށް ދިވެހިން އުޅެންޏާ ހިފަހައްޓާނެ، ނޭގިގެންވެސް ސައިކަލް ޕާރކުކުރުްން މަނތަނެއްގައި ޕާރކްކޮށްފިންމަ ސްޓިކާ ނުޖަހާނެ ކަމަށް ބުނާނަމޭ ކިޔާފައި މި ކޮށްލާވަރެއް.
އަހައްމާ
24 May 2019
ސާކަލްތަކުގައި ސްޓިކަރ ޖަހާނެ ވަސީލަތްތަށް ވަރަށް ބަރާބަރު ތިއޮތީ ގައުމު ހިންގިފާ ރައްޔިތުން އޮބިއަޅައިގެން ވެސް ބަޖެޓް ފޫބެއްދޭތޯ ބަލާތި؟ މުޅިންވެސް ވެރިކަމަށް މިއަންނަނީ ހިހޫތަނުން ކާގޮތަށް ގާނޫނާއި ގަވާއިދު އަމަލުކުރާނީ އެމީހަކަށް ފެންނަގޮތަކަށް.
ކަކުނިބޯ
23 May 2019
ކޮބާމަ ބުނީމެއްނު ތިއޭ ހަޤީޤި ރައްޔިތުންނަކީ ފުއްޕޭނީ ދިވެހި އައިޑީކާޑުހިފައިގެން އުޅޭފަރާތްތަކާ އެއީ ރެފިޔުޖީކާޑު
ލޯލާނަޝީދު
23 May 2019
ކޮބާހޭ މިވެރިން ވަގަށްގެނެސް އުކާލި އިމިގްރޭޝަން ކޮންޓްރޯލާ އަންވަރާ އޭނަގެ ބައިގަނޑު؟ މިމައްސަލަ ބަލަން ކޮމިޝަނެއް އުފައްދާކަށް ނުވޭތަ؟
ރައްޔިތެއް
23 May 2019
ތިދެމީހުން މިހާރު ތިރަށަކުނުތިބޭނެ. މިހާރު ތިބޭނީ ކޮންމެވެސް އެހެންރަށަކަށްގޮސް. އަހަރުމެން އާދައިގެ ރައްޔިތެއް މިފަދަ މަނާކަމެއް ކޮށްފިނަމަ، އެމީހަކު އިނދަޖައްސާފައިނޫނީ ފުލުހުން މައިތިރިއެއްނުވާނެ. އެމީހުން އިމިގްރޭޝަނއި ޙަވާލުކުރެވެންދެން އެމީހުން ބައިތިއްބަންޖެހޭނީ ފުލުހުންގެ ބެލުމުގެދަށުގައި. ތިދޫކޮށްލުމުގައި ނުކިސްވަރުކަމެއް އެބައުޅޭ!
ކޮތަރު
23 May 2019
ރާއްޖޭގަ އެންމެ ފުޅާދާއިރާއެއްގަ ދަނޑުވެރިކަންކުރަނީ ގަވާއިދާހިލާފަށް އުޅޭބޭރުމީހުން. އެމީހުން އެކަންކުރަނީ ދިވެހިންގެ އެއްބާރުލުމާއެކު.
މެންޓެލި
23 May 2019
ކީއަކުރަން ހައްޔަރު ކުރީ. މި ގައުމުގެ އަސްލު ރައްޔިތުންނޭ އެއީ.އެމީހުންނަކާ ނުކުޅެވޭނެ.
މެންޓެލި
23 May 2019
ކީއަކުރަން ހައްޔަރު ކުރީ. މި ގައުމުގެ އަސްލު ރައްޔިތުންނޭ އެއީ.އެމީހުންނަކާ ނުކުޅެވޭނެ.
ބިދޭސީ
23 May 2019
ބެޭރުމީހުން ކުއްވެރިއެއް ނުވާނު މީހަކު މެރިޔަސް, މީ މި ރާއްޖޭންފެންނަމުންދާ މަންޒަރު
ރަދީފް
23 May 2019
ބިދޭސީން ރާއްޖޭގަ ދަނޑުވެސް ހައްދަނީ.